ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ރިޒަރވިސްޓުން ރިޓަޔާކުރާ އުމުރު އިތުރުކުރުމުގެ ބިލުގެ ޑްރާފްޓަށް އިސްރާއީލުގެ ސަރުކާރުން ތާއީދުކޮށްފިއެވެ.

އިސްރާއީލުގެ އާންމުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް، ރިޒަރވިސްޓުން ރިޓަޔާކުރާ އުމުރު އިތުރުކުރުމަށް ހުށަހަޅާފައިވާ ބިލުގެ ޑްރާފްޓަށް ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ސަރުކާރުން ތާއީދުކުރުމުން މި ވަނީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ސަރުކާރާއި ދެކޮޅަށް އުފެދިފައިވާ ރުޅިވެރިކަން އިތުރުވެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީގެ ތާއީދު ލިބިފައިވާ މި ބިލުގައި ވަނީ ރިސާވިސްޓުންގެ އުމުރު މަތިކުރުމަށް ވަގުތީ ފިޔަވަޅެއް އެޅުމަށް އިސްރާއީލްގެ އަނިޔާވެރި ސަރުކާރަށް ގޮވާލާފައެވެ. އެ ފިޔަވަޅު ޖޫން މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް އެންމެ ފުރަތަމަ ބެލުނު ނަމަވެސް މިހާރު އަނެއްކާވެސް މި ބިލުގައިވާ ޤާނޫނީ ބަދަލުތައް ގެންނަށް މަހެއް ވަރު ވެދާނެ ކަމަށް ޔަހޫދީންގެ އަނިޔާވެރި ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓީރިއަލް ކޮމެޓީ ފޮރ ލެޖިސްލޭޝަންއިން ފާސްކުރަނީ ތިން މަސް ދުވަހުގެ މުއްދަތުގެ އެންމެ ލަސްވެގެން އެ ބިލު ފާސްކުރުމަށް އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލިސް ނެސެޓަށް ފޮނުވުމަށެވެ.

ނަމަވެސް އެ ނިންމުމަށް ވަނީ ނޭދެވޭ ތަރުހީބެއް އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ލިބިފައެވެ. ރިޒަރވިސްޓުންނަށް ގެ އުމުރު އިތުރުކުރަން ނިންމީ ސަރުކާރުން އަދިވެސް އަލްޓްރާ އޯތޮޑޮކްސް ޔަހޫދީން އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް ޑްރާފްޓްކުރަން ބޭނުންވާތީއެވެ.