މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއިން ދިފާއުވުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ނާކާމިޔާބުވި ނާކާމިޔާބީވުން ތަހުގީގު މެދުކަނޑާލަން އިސްރާއީލުގެ ހައިކޯޓުން އަމުރުކޮށްފިކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ގައުމުގެ ދާހިލީ ޖާސޫސީ އަދި އެތެރޭގެ ސަލާމަތް ބަލަހައްޓާ އެޖެންސީ ޝިން ބެޓް ގެ އިހްމާލުމް އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގެ ނާކާމިޔާބީގެ ތަހުގީގު މެދުކަނޑާލަން އިސްރާއީލްގެ ހައި ކޯޓުން ނެރުނީ ވަގުތީ އަމުރެކެވެ

ޔަހުދީންގެ އަނިޔާވެރި ސަރުކާރުން އެ މައްސަލައިގެ ތަހުގީގު ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އިސްރާއީލްގެ ހައި ކޯޓުން ނެރުން ވަގުތީ އަމުރުގައި ވާގޮތުން ހައި ކޯޓުގެ ފަނޑިޔާރު ގިލާ ކެންފީ-ސްޓެއިނިޓްޒް އެންމެ ފުރަތަމަ މިދިޔަ މެއި މަހުގެ ތެރޭގައި ނިންމި ނިންމުމަށް ވަނީ ރިޢާއަތް ކޮށްފައެވެ.

އިސްރާއީލްގެ ކޮމްޕްޓްރޯލާގެ ތަހުގީގު ހުއްޓާނުލާނެ ކަމަށާއި ނަމަވެސް ސަލާމަތީ އިދާރާތަކުން ސިއްރު ޖަވާބެއް ލިބުމުން، އެ މައްސަލައިގެ ހައި ކޯޓުގެ އަޑުއެހުމެއް ޖުލައި މަހު އަލުން ބޭއްވެންދެން ތަހުގީގު މެދުކަނޑާލަން އިސްރާއީލްގެ ތަހުޤީޤީ އިދާރާތަކަށް އަމުރު ކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޗާ

    ގައުމެއްގެ ކުށެއް ނެތް ބަޔަ ބަރަމުން ހަގުރާމައޭ ކިޔާފަ ދުނިޔޭގެ އެންމެ ޒަމާނީ ވަސީލަތް ތަށް ބޭނުން ކޮށްގެން ކިއް މިކުރަނީ.

  2. އަޖާއިބު

    ހައިކޯޓުންތަ މައްސަލަ ތަހުގީގު ކުރަނީ. ސުރުޚީ އޮތްގޮތުން އެ މާނަ ދޭހަވަނީ