ސައުދީ އަރަބިއްޔާގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ދަނިކޮށް އުރުދުން އާއި އީރާނުގެ 19 ހައްޖާޖީން ނިޔާވެފައިވާ ކަމަށް އެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް އުރުދުންގެ 14 ހައްޖުވެރިން ނިޔާވެ، 17 މީހަކު ގެއްލިފައިވާ ކަމަށެވެ.

އީރާނުގެ ރެޑް ކްރެސެންޓްގެ ވެރިޔާ ޕިރްހުސެއިން ކޫލިވަންދު ވިދާޅުވީ "މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މިހާތަނަށް މައްކާ އާއި މަދީނާގައި އީރާނުގެ ފަސް ހައްޖުވެރިންގެ ފުރާނަ ގެއްލިފައިވާ" ކަމަށެވެ. އެ މީހުން ނިޔާވީ ކިހިނެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

މި އަހަރު ގާތްގަނޑަކަށް 1.8 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާއިރު، ސައުދީގެ ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައެވެ.

ނިޔާވި މީހުންގެ އެއްވެސް މައުލޫމާތެއް ސައުދީ އަރަބިއްޔާއިން ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ

    އަލްހަމްދު ދިވެހި ހައްޖްވެރިން ބަލަހައްޓާ މެޑިކަލް ޓީމުގެ ހީވާގި މަސައްކައްކަތައް ސާބަސް. އެއީ ވަރައް ބުރަ ކަމެއް(ތަޖުރިބާ ކުރެވިފަ ހުރީ)