00:00

ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި ބަޔަކު ޝަހީދުކޮށްލައިފި

23:17

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ދެކު އިސްރާއީލްގެ އާންމު ރައްޔިތުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މީހުން މިހާރު ރުޅި އަންނަ ކަމަށް އިސްރާއީލްގެ މިނިވަން މީޑިއާއެއް ކަމަށްވާ ހާރެޓްޒް އިން ބުނެފި.

23:01

ދުނިޔޭގެ އެންމެ ބޮޑު އެއް އެގްޒިބިޝަން ކަމަށްވާ ޔޫރޯސެޓަރީ އާމްސް އެންޑް ޑިފެންސް އިންޑަސްޓްރީ އެގްޒިބިޝަންގައި އިސްރާއީލުގެ ކުންފުނިތަކަށް ބައިވެރިވުން މަނާކުރަން ފްރާންސުން ނިންމި ނިންމުމަށް ކޯޓުން ތާއީދުކޮށްފި.

22:15

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގެ ގާތްގަނޑަކަށް 60-70 އިންސައްތައާ ދެމެދުގެ ސަރަހައްދެއްގެ ކޮންޓްރޯލް އިސްރާއީލު އަސްކަރިއްޔާއިން ހަރުކަށިކޮށްފައިވާ ކަމަށްއެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި.

22:07

ޔަހޫދީ އިސްރާއީލްގެ މުސްތަޤްބަލު ހަމަ މަގަށް އެޅުވުމަށާއި ހަނގުރާމައިގެ ސަބަބުން ގެއްލިފައިވާ އިސްރާއީލްގެ އާންމު ރައްޔިތުންގެ ސަލާމަތްތެރިކަން އަލުން އިޔާދަ ކުރުމަށް މި ވަގުތު މުހިއްމީ ހަނގުރާމައިގެ ކެބިނެޓް އިވާލުމަށް ވުރެ އިސްރާއީލްގެ ސަރުކާރު އުވާލުން ކަމަށް އިސްރާއީލްގެ އިދިކޮޅު ލީޑަރު އެސްރައެލް ލަޕިޑް ބުނެފި.

21:26

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި އިސްރާއީލްގެ އަސީރުންގެ ތެރޭގައި ހިމެނޭ ރަޝިޔާ މީހުން ދޫކޮށްލުމަށް ރަޝިޔާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ގޮވާލައިފި.

21:24

އެމެރިކާގެ ރައީސް ސްޕެޝަލް އެޑްވައިޒަރު އަމޯސް ހޮޗްސްޓެއިން މި ވަގުތު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް ކުރަމުންދާ ރަސްމީ ދަތުރުގައި ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށްފި.

21:03

އިސްރާއިލުގެ ބައެއް ކުދިން ދޫކޮށްލާފައިވާއިރު، އިތުރު 240 ކުދިން އަދިވެސް ތިބީ އިސްރާއީލުގެ ބަންދުގައި ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތައް ބަޔަކަށް އަނިޔާކޮށްފައިވާ ކަމަށް.

20:09

އިސްރާއީލާއި އެމެރިކާ އިން ޣައްޒާގެ ކާރިސާފަދަ ހާލަތު އިތުރަށް ގޯސްކުރަމުން ދަނީ "ސިޔާސީ ޕްރެޝަރުގެ ހަތިޔާރެއްގެ ގޮތުގައި އިންސާނީ އެހީ ހިފަހައްޓައިގެން" ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ތުހުމަތުކޮށްފި.

މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ޓަކައި އިސްރާއީލާއި އެމެރިކާ ސަރުކާރުން ޣައްޒާގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްކުރަމުންދާ ކަމަށް.

20:08

ލުބުނާނުގެ ދެކުނުގެ ޗެހަބިއްޔާގެ ބޭރުގައި އޮތް ކާރަކަށް އިސްރާއީލުގެ ޑްރޯނަކުން ހަމަލާދީ މީހަކު ޝަހީދުކޮށްލައިފި.

ހިޒްބުالله އިން މިހާރު ކަށަވަރުކޮށްދެނީ އެ ހަމަލާގައި ޝަހީދުކޮށްލާފައި ވަނީ އެ ޖަމާއަތުގެ އެއް މެމްބަރެއް ކަމަށްވާ މުހައްމަދު މުސްތަފާ އައްޔޫބް ނުވަތަ ޖަލާލް ކަމަށް..

އޭނާގެ އުމުރަކީ 45 އަހަރު ކަމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

19:10

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓް އުވާލުމަށް ނަތަންޔާހޫ ނިންމި ނިންމުމާއި ގުޅިގެން ރައްދުދީ، އޭގެ ބަދަލުގައި ވެރިކަން ގެއްލެނީ ނަތަންޔާހޫގެ ސަރުކާރަށް ކަމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ބުނެފި.

18:32

ހިޒްބުاللهއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ހާއްސަ މަންދޫބު އަމޯސް ހޮޗްސްޓެއިން އިސްރާއީލަށް ދިއުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުގެ އިސް ވެރިންނާއި އިދިކޮޅު ލީޑަރުންނާ ބައްދަލުކުރާނެ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި.

17:28

ޣައްޒާގައި ރަހީނު ކޮށްފައި ތިބި ރަޝިއާ މީހުން ދޫކުރުމަށް ރަޝިއާގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ގޮވާލައިފި.

17:08

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފި

 

16:32

ނިރުބަވެރި އިސްރާއީލުން ރަފާހުގެ އުތުރުން އޮންނަ ޚާބެޓް އަލް އަޑަސް އަށް ހަމަލާތަކެއްދީ އެކަކު ޝަހީދު ކޮށްލައިފި.

16:10

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދު ތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕުގެ އުތުރުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި.

16:06

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،347 އަށް އަރައިފި

 

15:53

ލުބުނާނުގެ ދެކުނުން އޮންނަ ޝެހަބިޔާގެ ކާރަކަށް ނިރުބަވެރި އިސްރާއީލުން ޑްރޯން ހަމަލާތަކެއް ދީފި.

15:51

ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ޣައްޒާއިން 10 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި.

މިނިސްޓްރީން ބުނީ މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،347 އަށް އަރާފައިވާ ކަމަށް. އަދި ޒަހަމްވި މީހުންގެ އަދަދު 85،372 އަށް އަރާފައިވާ ކަމަށް.

14:20

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން އދ. ގެ ޔޫއެންއާރްޑަބްލިއުއޭގެ 193 މުވައްޒަފުން ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން ބުނެފި.

14:14

ޣައްޒާގެ ދެކުނުގެ ސަރަހައްދެއްގައި ފަލަސްތީނުގެ މުޖާހިދުން ޝަހީދުކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

14:13

ހުޅަނގު އައްސޭރީގެ ރަމައްﷲގައި ނިރުބަވެރި އިސްރާއީލުން ވަރުގަދަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި. މި ރެއިޑްތަކުގައި 3 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވަފާ ނޫހުން ވަނީ ރިޕޯޓް ކޮށްފަ.

14:05

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް އުވާލައިފި

 

12:31

މިސްރާއި ރަފާހު ގުޅޭ ބޯޑަރުގެ ބައެއްގައި ނިރުބަވެރި އިސްރާއީލުން ރޯކޮށްލައިފި

 

11:35

ފަހުގެ ތަފާސް ހިސާބުތައް:

  • 50 އިންސައްތް ގެތަކަށް ވަނީ ގެއްލުން ވެފަ.
  • 80 އިންސައްތަ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަންތަނަށް ވަނީ ގެއްލުން ވެފަ.
  • އަޅުކަން ކުރާ 267 ތަނަކަށް ވަނީ ގެއްލުން ވެފަ.
  • 35 ހޮސްޕިޓަލުގެ ތެރެއިން 17 ތަނަކުން ފަރުވާ ދެވެނީ ހަމަ ކިރިޔާ
  • 130 އެމްބިއުލާންސަށް ގެއްލުން ވެފަ.
  • 88 އިންސައްތަ ސްކޫލްތަކަށް ގެއްލުން ވެފަ.

 

11:33

ހިޒްބުﷲއިން ދިން ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އިސްރާއީލުގެ މީހުންނަށް ކޮންމެ ވެސް އެއް ގޮތަކުން އެ ގެތަށް ލިބޭނެ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގަރީ ބުނެފި.

11:31

ޣައްޒާގެ ސިޓީގެ އުތުރުގައި ހުންނަ ގެއަކަށް ބޮމުގެ ހަމަލާއެއްދީ ދެ މީހަކު ޝަހީދު ކޮށްލައިފި.

ނިރުބަވެރިން ދިން މި ހަމަލާގައި 13 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ. ނިރުބަވެރިން މި ހަމަލާދީފައިވާއިރު، މި ހަމަލާގެ އިތުރުން ވެސް ޣައްޒާ ސިޓީގެ ޝެއިޚް ރަޑްވަން ސަރަހައްދަށް ހަަމަލާދީ ވަނީ ތިން މީހަކު ޝަހީދު ކޮށްލާފަ.

11:29

ނިރުބަވެރި އިސްރާއީލުން ބުރީޖް ކޭމްޕަށް ދިން ހަމަލާގައި ޝަހީދުކޮށް، ޒަަހަމްކޮށްލި ކުޑަކުދިން އަޤްސާ ހޮސްޕިޓަލަށް ގެންދަނީ

11:28

ނިރުބަވެރި އިސްރާއީލުން ރޭ ޣައްޒާ ސިޓީގެ ޝެއިޚް ރަޑަވަން ސަރަހައްދަށް ދިން ހަމަލާގައި އަންހެނަކު ހިމެނޭހެން ތިން މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ވަފާ ނޫހުން ރިޕޯޓް ކޮށްފި. އެ ނޫހުން ބުނި ގޮތުގައި މި ހަމަލާގައި އިތުރު ބަޔަކަށް ވަނީ އެކިވަރުގެ ޒަަހަމްތައް ވެފަ.

11:26

ފަހުގެ ތަފާސް ހިސާބުތައް:

އިސްރާއީލް:

  • މަރާލި މީހުންގެ އަަދަދު: 1،139
  • ޒަހަމްވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުކޮށްލި މީހުންގެ އަދަދު: 37،296
  • ޒަހަމްވި މީހުންގެ އަދަދު: 85،197

ހުޅަނގު އައްސޭރި:

  • ޝަހީދުކޮށްލި މީހުންގެ އަދަދު: 548
  • ޒަހަމްވި މީހުންގެ އަދަދު: 5200

 

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ވަކި ބަޔަކަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ނޫނެވެ. މީގެ ކުރިން ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިސްރާއީލުގެ ސިފައިން ބުނި ނަމަވެސް އެއީ އެކަން ވަމުން އަންނަ ގޮތެއް ނޫނެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

މި ހަމަލާތަކަށް މިއަދާއި ހަމައަށް ހުއްޓުމެއް އައިސްފައި ނުވާއިރު، ރޭ ވެސް ނިރުބަވެރިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީ ބަޔަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު ވެސް 15،000 އަށްވުރެ މައްޗަށް އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު