ޗައިނާގައި ބޮށް ވާރޭ ވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެތައް ހާސްބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.

މިދިޔަ ހަފްތާ ބަންދުގައި ޗައިނާގެ އިރުދެކުނު ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ. މި

ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 35،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދު ތަކުން ބަދަލުކޮށްފައެވެ. ހޯމަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ގުއަންޑޮންގް ޕްރޮވިންސްގެ އެންމެ ބޮޑަށް ފެންބޮޑުވި ސިޓީ ކަމަށްވާ މެއިޒޯގައި 10،000 އަށް ވުރެ ގިނަ މީހުން ވަނީ ބަދަލުކޮށްފައެވެ.

ފެނުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައިވާގޮތުގައި ރިކޯޑް އަދަދަކަށް ފެންބޮޑުވެފައިވުމާއި ގުޅިގެން 17 ކޯރެއް ބަންޑުންވިއެވެ.

ހަތް މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ގުއަންޑޮންގް ޕްރޮވިންސަކީ ޗައިނާގެ ދެކުނުގެ ސަރަހައްދުތަކުގައި، ކޮންމެ އަހަރަކުވެސް އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޕްރޮވިންސެކެވެ. މި ސަރަހައްދަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފައިވާއިރު، މި ދުވަސްވަރު ޗައިނާގެ ދެކުނުގެ ސަރަހައްދަށް އަންނަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ނުރައްކާތެރި ހާދިސާތައް ދިމާވަމުންނެވެ.

އިރުމަތީ ގުއަންޑޮންގްގެ މެއިޒޯ ސިޓީގެ މީސް މީޑިއާ ވީޑިއޯތަކުން ފެންނަ ގޮތުގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ފެންގަނޑު ބްރިޖްތަކާއި ބައެއް ބޮޑެތި ވެހިކަލްތަކުގެ މައްޗަށް އަރައެވެ.

މި ވިއްސާރައާ މިއަދުގެ ނިޔަލަށް އެ ސަރަހައްދުގެ 130،000 އަށް ވުރެ ގިނަ ގޭބިސީތަކުން ކަރަންޓް ކެނޑިފައިވާއިރު، ސްކޫލްތަކުގެ ކިޔެވުންވެސް މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ ބައެއް އަވަށްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު