އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓް އުވާލައިފިއެވެ.

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް އުވާލާފައިވާކަން އިއުލާނު ކޮށްފައިވަނީ އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއެވެ. މި ކެބިނެޓް އުވާލާފައިވަނީ އެ ކެބިނެޓުގައި ހިމެނޭ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލް، ބެނީ ގެންޓްޒްއާއި ގަޑި އެއިސެންކޮޓް އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް އުވާލިކަން ނަތަންޔާހޫ އިއުލާނު ކޮށްފައިވަނީ ރޭ ބޭއްވި ސިޔާސީ-ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމުގައެވެ. މި ކެބިނެޓް އުވާލާފައިވާކަން، "އަލްޖަޒީރާ"ގެ އިތުރުން އިސްރާއީލުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް އުވާލި ނަމަވެސް އެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް މުހިންމު އޮފިޝަލުންނާ އެކު ހަނގުރާމައާ ގުޅޭ "ސެކިއުރިޓީ ކޮންސަލްޓޭޝަން" ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓުން ބައެއް މީހުން އިސްތިއުފާ ދީފައިވަނީ، ހަނގުރާމައާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމަކާއި ގުޅިގެންނެވެ. ކެބިނެޓް އުވާލުމުގެ ކުރިން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ހިޔާލު ހޯދައެވެ. އަދި އެފަދަ ހިޔާލުތަކަށް ބަލައިގެން ހަމަލާ ދޭކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަތަންޔާހޫ

    ކެބިނެޓު އުވާލީ އައިސީޖީ ދެކެ ބިރުން. ހައްޔަރު ކުރުމުގެ އަމުރު ނެރެ ދާނެތީވެ ވަޒީރުންގެ މެދުގައި ޙިޔާލު ތަފާތުވުމުން.