ހޫނުގަދަ ދުވަސްތަކަކަށްފަހު ސައުދީ އަރަބިއްޔާގެ މައްކާއަށް ބޯކޮށް ވާރޭ ވެހިއްޖެއެވެ.

އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މައްކާގެ މިނާ އާއި މުޒްދަލިއާ އަދި އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހިފައި ވެެއެވެ. މިއާއެކު ހޫނުގަދަ ދުވަސްތަކަކަށް ފަހު އެ ސަރަހައްދަށް ފިނިކަމާއި ލުއި އިހުސާސް ވާން ވަނީ ފަށައިފައެވެ.

އަދި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ހޫނުމިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށައިފައެވެ.

މައްކާއަށް ބޯކޮށް ވާރޭ ވެހެނީ - ފޮޓޯ: ލައިފް އިން ސައުދި އަރަބިއްޔާ

މިއާއެކު މިހާރު ކުރިއަށްދާ ހައްޖުގެ އަޅުކަންތަކަށް ބޮޑު ފަސޭހައަކާއި ލުއިކަން ލިބިގެންދާނެއެވެ.

މައްކާގެ ވަށައިގެންވާ އަވަށްތައް ހިމެނޭ ގޮތަށް މައްކާގެ ބައެއް ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހުނުކަމަށް ރިޕޯޓްތައް ބުނެއެެވެ.

މައްކާއަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، މީގެ ކުރިން އާދަޔާ ޚިލާފަށް ހޫނުގަދަވެ ހައްޖާޖީން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށް ޖަމްރާތައްވެސް ބަންދު ކުރިއެވެ. އެގޮތުން ސައުދީ ހައްޖު މިނިސްޓްރީން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރާ ހަމަޔަށް ބޭރަށް ނުނިކުމެ އެކޮމޮޑޭޝަން ބްލޮކްތަކުގައި ތިބުމަށް ހައްޖުވެރިންނަށް އަންގާފައެވެ.

އެ ގައުމުގެ މޫސުމާއިބެހޭ އިދާރާގެ ލަފާގެ މަތިން މިގޮތަށް އެންގިއިރު، މައްކާގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާ، އިހުސާސް ކުރެވޭ ހޫނުމިން 70 އާއި ގާތްކުރިއެވެ.

އަދި ހޫނު ގަދަވުމުގެ ސަަބަބުން މައްކާގައި ބަޔަކު ނިޔާވެސް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުފާވެއްޖެ

    އަލްޙަމްދުﷲ. މާތްﷲގެ ރަޙްމަތް އަބަދުވެސް ތަނަވަސް ވެގެންވޭ..

    41
    0
    • މޮޔަނިމޮސް

      ހޫނު ވީ އިރު

  2. ޙުސެން ސަރ

    ހަދާންވަނީ މޫސާގެފާނުގެ ޒަމާނުގައި ހިގައިދިޔަ މިފަދަ ހާދިސާމަތިން

    10