ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ކުށްތަކެއް ކަމަށާއި އެކަމުގެ ޒިންމާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނަގަން ޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަހަރަކު އެއްފަހަރު ބާއްވާ ހައްޖު ރިސެޕްޝަނުގައި ވާހަކަ ދައްކަވަމުން ވަނީ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ހިމާޔަތުގައި ތިބި ކަމަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ބައިނަލްއަގްވާމީ މުޖުތަމައުން އެޅުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ވަލީއަހުދު ވިދާޅުވީ ނަތަންޔާހޫ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ޣައްޒާ ހިސޯރުކުރުން ހުއްޓާލައި، 1967 ވަނަ އަހަރުގެ ބޯޑަރާ ހަމައަށް ފަހަތަށް ޖެހި، "ފަލަސްތީނުގެ ދައުލަތް"” ބަލައިގަތުމަށް އޭނާ ގޮވާލެއްވިއެވެ.

ފަލަސްތީނުގެ ދައުލަތުގެ ރައްޔިތުންނަށް ޝަރުއީ ހައްގުތައް ހޯދައިދީ ފުރިހަމަ، އިންސާފުވެރި އަދި ދެމިއޮންނަނިވި ސުލްހައެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން މަސައްކަތްތަކެއް ކޮށްދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ހޯމަ ދުވަހު މީނާ ގަނޑުވަރުގައި ސަލްމާން ރަސްގެފާނުގެ ފަރާތުން ބޭއްވި މި ރިސެޕްޝަންގައި ބައެއް ވަލީ އަހުދުންނާއި އިސް އިލްމުވެރިންނާއި ޖީސީސީގެ އިސް އޮފިޝަލުންނާއި މިނިސްޓަރުންނާއި އަސްކަރީ ދާއިރާތަކުގެ ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ހައްޖުގެ ބައިވެރިންނަށް މަރުޙަބާ ކިޔައި ވަލީއަހުދު ވަނީ ހައްޖުވެރިންގެ ކަންތައްތައް ބައްލަވައި، ސަލާމަތާއި ރައްކާތެރި ކަމާއެކު ހައްޖުގެ ދަތުރު ފުރިހަމަ ކުރުމުގައި ފަސޭހަ އަދި ހައްޖުގެ އަޅުކަން ލުއި ފަސޭހަ ކޮށދެއްވުމަށް ދުއާ ދަންނަވައިފައެވެ. ހަމަ އެއާއެކު މާތް ވެގެން ތަންތަނަށް ހިދުމަތް ކޮށް އެތަންތަނަށް ޒިޔާރަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި މުހައްމަދު ވަނީ މާތްﷲ އަށް ހަމްދު ކުރައްވައިފައެވެ.

މީގެ އިތުރުން މުހައްމަދު ވިދާޅުވީ މި ބޮޑު ވާޖިބު ކުރިއަށް ގެންދިއުމަކީ ސައުދީން ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި ހައްޖުވެރިން އައުމާއި އެމީހުން ފުރަންދެން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރުމުގައި ހުރިހާ ގާބިލްކަމެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މަސްރަހު ފިނިކޮށްލަން އިސްލާމީ އުންްމަތް ގުނބޯ ހައްދާނެކަމެއް ނެތް. މަނިކުފާނުމެންގެ ވިޔަފާރިއާއި އެއްބަސްވުންތައް ހުރީ އިސްތިޢުމާރީ ބާރުތަކާއި އެކު. އެމީހުންގެ ޕަޕެޓުން ތިޔައީ. އެހެންވީމާ ހުރިހައި ހަތިޔާރަކާއި ބާރެއް ހުރެ ތިޔަ ޒާތުގެ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން.

  2. Anonymous

    މިހާރު ކުރިއެކޭ އެއްގޮތޭ ނުބުނެވޭނެ. މިހާރު މައްކާގެ ޙަރަމުގައި ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވަރަށް ހަރުކަށި. ގިނަ ސިފައިންގެ ރަޙުމެއްވެސް ނުހުރެ. މަސްޖިދުލް އަޤްޞާއަށް މުސްލިމުން ވަންނުމުން ކޮއްޕާ ގަޅުވާ ހަދާހެން ބައެއްފަހަރު އެބަހަދާ، އަދި ޖަހަންވެސް އެބަޖަހާ އަމަން ބަލަހައްޓާ ސިފައިން ކަމަކުނުދެ. ހަމަޖެހިލައިގެން ޙަރަމްތެރޭ އަޅުކަންވެސް ނުކުރެވެ

  3. ހުސޭނުބޭ

    ކަލޭމެންގެ ކަމަކީ ހުސްއަނގަތެޅުން. ތިކަމަށް އޮތް ހަމައެކަނި ހައްލަކީ އިސްލާމީ މުޖާހިދުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން. އެމީހުންނަށް 100 ވަރަކަށް މިސައިލް ފޯރުކޮށްދީބަލަ!

    24
    1
  4. ނަތަންޔާހޫ

    މީ ފައްކާ ދެފުއްކެހެރިއެއް

  5. ާާާޢަލީ

    ނިދިފަތަ ...މިއޮއްހުރިހާދުވަހު
    ﷲމޮޅަށް ދެނެވޮޑިގެންވޭ

    14
  6. އަށްޒާމު

    ހުސްއަނގަ ނުތަޅާ އެމެރިކާ ސައިޒު ކޮށްބަލަ ތިޔަކަން ނިމުނީ އޭރުން

  7. މީމަ 893

    ސީދާ މުނާފިގެއް

  8. ވަހީދު

    މި އަބޫޖަހުލުއާއި މިސުރުގެ މިހާރުގެ ފިރުއައުނު އަކީ ޔަހޫދީންގެ އެޖެންޓުން. މި ބައިގަނޑުގެ ވެރިކަންތަށް ވައްޓާލައިގެން ނޫން ގޮތަކަށް ދެން މުސްލިމުންނަށް ހަމަނޭވާވެސް ނުލެވޭނެ.

  9. 6734

    ދޭތެރެއަކުން މޮޅުއެއްޗެއްބުނެލާނެ މި ފިނޑިމީހާ.