އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވައްޓާލެވިދާނެ ކަމުގައި އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާ އަށް ގެންދިޔަ އަސީރުން މިނިވަން ކުރުމުގައި އިސްރާއީލްގެ ސަރުކާރު ނުކުޅެދިފައިވާތީ އެ ގައުމުގެ ވެރިންގެ އިސްތިއުފާދީ އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިސްރާއީލްގެ ގިނަ ބަޔަކު ރޭގައި ވެސް ވަނީ މުޒާހަރާކޮށްފައެވެ. އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއްވެފައިވާ އިރު، މުޒާހަރާ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަނީ

އިސްރާއީލްގެ އިދިކޮޅު ލީޑަރު ބުނީ ނަތަންޔާހޫގެ ސަރުކާރު ނިމުމަކަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް އެކަމުގައި އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅެން ޖެހޭ ކަމަށެވެ. އަދި އެއީ އެއް ބަޔަކަށް ވާނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވަނީ ބުނެފައެވެ.

"މި ސަރުކާރު އެބަ ޖެހޭ ވައްޓާލަން. އެކަމަކު، އެކަން ވާނެ ހެން ހީވަނީ،" އިސްރާއީލްގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ލެޕިޑް ބުންޏެވެ.

"މިހާރު ގަންޓްޒް ވަނީ ސަރުކާރާ ވަކިވެފައި، މާނައަކީ އަހަރުމެން އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނީ ސަރުކާރު ވައްޓާލުމަށް،"

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ބެނީ ގަންޓްޒް އާއި ގަޑީ އެއިސެންކޮޓް ދާދި ފަހުން ވަނީ އެ ކެބިނެޓުން އިސްތިއުފާ ދީފައެވެ. އެ މީހުން އިސްތިއުފާ ދިން ފަހުން، ނަތަންޔާހޫ ވަނީ އިސްރާއީލްގެ ހަނގުރާމައިގެ ކެބިނެޓް އުވާލައިފައެވެ.

އިސްރާއީލުގެ ހަނގުރާމަ މަތީ ކެބިނެޓް އުވާލި ނަމަވެސް އެ ކެބިނެޓުގައި ތިބި މީހުން ހިމެނޭ ގޮތަށް މުހިންމު އޮފިޝަލުންނާ އެކު ހަނގުރާމައާ ގުޅޭ "ސެކިއުރިޓީ ކޮންސަލްޓޭޝަން" ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ހަނގުރާމަ މަތީ ކެބިނެޓުން ބައެއް މީހުން އިސްތިއުފާ ދީފައިވަނީ، ހަނގުރާމަ އާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެންނެވެ. ކެބިނެޓް އުވާލުމުގެ ކުރިން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ހިޔާލު ހޯދައެވެ. އަދި އެފަދަ ހިޔާލުތަކަށް ބަލައިގެން ހަމަލާ ދޭކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަވަށުމީހުން

    މިކޮޅުގައި އެބަތިބި ވެރިކަންތައް ވައްޓާލަން ވަރަށް މޮޅުމީހުން އެކަމް ތިތަނުން ދެންވެސް ވެރިކަމަށް އަރާނީ ފަލަސްތީނުގެ ރައްޔިތުންގެ ލެޔަށް ފެންބޮވާގަނެފައި ތިބޭމީހުން

    6
    1