ނިރުބަވެރި އިސްރާއީލުގެ 70،000 އަސްކަރީ ސިފައިން ނުކުޅެދޭ މީހުންނަށް ވެއްޖެއެވެ.

އިސްރާއީލުގެ ނޭޝަނަލް ނިއުސް އިން ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިވިޝަންގައި ފަރުވާ ދެމުންދާ ނުކުޅެދުންތެރިކަން ހުންނަ އައިޑީއެފް ސިފައިންގެ އަދަދު ފުރަތަމަ ފަހަރަށް 70،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޒަހަމްވި 8،663 ފިރިހެނުންނާއި އަންހެނުންވެސް ހިމެނެއެވެ.

އޭގެ ތެރެއިން 35 އިންސައްތަ މީހުންނަކީ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ މީހުން ކަމަށާއި މިއީ 21 އިންސައްތަ މީހުންނަށް ލިބޭ އެންމެ ބޮޑު އަނިޔާ ކަމަށް ބުނެފައި ވެއެވެ.

އެވްރެޖްކޮށް ކޮންމެ މަހަކު ހާހަކަށްވުރެ ގިނަ މީހުން އެ ޑިވިޝަނަށް ގެންދެއެވެ. މީގެ އިތުރުން މީގެ ކުރިން ކުރި ހަނގުރާމަތަކުން ލިބުނު އަނިޔާތައް ބެލުމަށް 6500 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިވިޝަނުން ވަނީ ހަނގުރާމަ ފެށުނީއްސުރެ މި އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 20،000 ސިފައިން ގެނައުމަށް ތައްޔާރުވެފައެވެ.

އިސްރާއިލުގެ މެޑިކަލް ކޮންފަރެންސްގައި ހުށަހަޅާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ މަހަކު ވެސް 1،000 އަށް ވުރެ ގިނަ ޒަހަމްވެފައިވާ ފިރިހެނުންނާއި އަންހެނުންނަށް އެ ޑިވިޝަންގައި ފަރުވާ ދެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ މީހުންނަކީ ނަފްސާނީ ރިއެކްޝަންތަކާއި ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) އާ ގުޅިގެން ފަރުވާ ދެމުންދާ މީހުންނެވެ.

ޕްރޮފެޝަނަލް އެނަލިސިސްއަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވާގޮތުގައި މި އަހަރު ނިމުމުގެ ކުރިން އެޑްމިޓް ކުރާނެ ޒަހަމްވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނަށް ނަފްސާނީ ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށާއި އޭގެ ތެރޭގައި އެންޒައިޓީ، ޑިޕްރެޝަން، ޕޯސްޓް ޓްރޯމާ، އެޑްޖަސްޓްމަންޓް ދަތިތަކާއި، ވާހަކަ ދެއްކުމުގެ ދަތިތައް ފަދަ ކަންކަން ހިމެނެއެވެ. ރިހެބިލިޓޭޝަން ޑިވިޝަންގައި ފަރުވާ ހޯދަމުން އަންނަ އިސްރާއީލުގެ ހަނގުރާމަތަކުން ޒަހަމްވި ގާތްގަނޑަކަށް 70،000 ނުކުޅެދުންތެރިކަން ހުންނަ އައިޑީއެފް ސިފައިންގެ ތެރެއިން 9،539 ސިފައިންނަކީ ޕީޓީއެސްޑީ އާއި ނަފްސާނީ މައްސަލަތަކާއި ގުޅުން ހުރި މީހުންނެވެ.

ނިރުބަވެރިން ޣައްޒާގައި މިހާރުވެސް ބޮޑެތި ގަތުލު އާންމުތަކެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތައްވެސް ހިމެނެއެވެ. މި ކުރިމަތިލުންތަކުގައި ސިފައިންގެ ގިނަބަޔަކު މަރުވެސް ވެފައި ވެއެވެ. ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުތަކުގެ ބަދަލުގައި ހަމާސް ޖަމާއަތުން ދަނީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިފަހަކުން ދިން ހަމަލާއެއްގައި ނިރުބަވެރި އަށް ސިފައިން އެއްފަހަރާ މަރާލާފައި ވެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ކުރިއަށްގެންދާ ގަތުލު އާންމުގައި، ނިރުބަވެރި ސިފައިންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ވަނީ ލިބިފައެވެ. އަދި ނިރުބަވެރިންގެ އެތައް ވެހިކަލެއް ވަނީ ސުންނާފަތިކޮށްލާފައެވެ.

ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު 311 އަށް ވަނީ އަރައިފައެވެ

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ތިޔައީތެދުޚަބަރެއްކަމަށްވަނީނަމަ ބުނެވޭނީ އަލްހަމްދުލިﷲ އޭ.. އަދި ހިތްވަރުގަދަ މުޖާހިދުންނަށް އައްސަރިބަހާއި ސާބަސް

    134
    2
  2. ބޭބެ

    ޢަލް ޚަމްދު ލިއްލާހް

    109
    1
  3. ާަމަރީ

    އެމީހުން ބުނާނީ ދެގުނަ މަދުކޮއްފައި

    93
    2
  4. ާާާޢަލީ

    އަލްޙަމްދުﷲ
    ﷲއަކުބަރު..
    ތިވަރުމާމަދު

    101
    1
  5. ހުސޭނު

    އަލްހަމްދު ލިއްލާހި

    39
  6. فاطمة

    الحمدلله الله اكبر

    38
    1
  7. ބުރުގާ

    ބުހުތާނު ދޮގު. ދިވެހިން ލައްވާ މޮޔަހައްދައި ފަލަސްތީނައް ފަންޑުފޮށި ބަހައްޓައިގެން ހޯދި ފައިސާއަކީ މަދު ދިވެހިންތަކެއްގެ ޖީބައް ދިޔަހާ ފައިސާ.

    7
    29
  8. ކުކުޅޭ

    ޔަހޫދީން ނެތިކުރަށްވާދޭވެ އަދި އެބައިމީހުންނަށް ހަމަލާދިނުމަށް ނުބައިވަށްތަރުތަކުގެ ކުއްތާތަށް ފާޅުކުރަށްވާންދޭވެ ހަމަކަށަވަރުން އެއީ އަނިޔާވެރިންނެވެ .

    38
  9. ه

    الحمدلله

    13
  10. Anonymous

    الحمد لله

  11. Anonymous

    الحمد لله الله اكبر

  12. ށީމް

    ޢަލްހަމް ދުލިއްލާހ

  13. ޝީމް

    الحمد لله الله اكبر

  14. ޕިސް

    الحمد لله الله اكبر

  15. ގަބޫލު ނުކުރެވޭ

    އުއްމީދަކީ ދުޢާއަކީ ޔަހޫދީ ބިންފޭރޭ ބައިގަނޑުގެ މައްޗަށް ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ލިބުން. އެކަމަކު ތީ އެއްވެސް މަންތިޤެއް އޮތް ޚަބަރެއް ނޫން. ތީ ހަމަ ހުސް ހަށިގަނޑާ ހަތިޔާރެއް ކީއްކުރާން ކާއެތިކޮޅުވެސް ނުލިބި ތިބި ރައްޔިތުންތަކެއް ކަތިލާ ޗިސްކުރަމުން އެއީ ނުރައްކާ ބަޔަކާ ކުރާ ޢަދުލުވެރި ހަނގުރާމައަކަށް ހަދަން ފަތުރާ ޕްރޮޕެގެންޑާ! ޒަޔޮނިސްޓް މަކަރުވެރިން ފަޟީޙަތްވެ ޕަބްލިކް ސަޕޯޓް ކުޑަވާތީ އެއުޅެނީ!