އިންޑިއާގެ ވެރިކަން ކުރާ ސިޓީ ކަމަށްވާ ނިއުދިއްލީއަށް ވަރަށް ބޮޑަށް ހޫނު ގަދަވެ، ފާއިތުވެދިޔަ ދެ ދުވަސް ތެރޭގައި ފަސް މީހަކު މަރުވެ، 12 މީހަކަށް ރާމް މަނަހޮރް ލޯހިއާ ހޮސްޕިޓަލުގެ ލައިފް ސަޕޯޓްގައި ފަރުވާ ދޭން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހީޓްސްޓްރޯކްގެ ސަބަބުން ދިއްލީގައި ބައެއް މީހުންނަށް އެނދުމަތިކޮށްގެންވެސް ފަރުވާ ދެމުން ދެއެވެ.

އެ ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިޓެންޑެންޓް ޑރ. އަޖޭ ޝުކްލާ ވިދާޅުވީ، ހީޓްސްޓްރޯކްގެ ސަބަބުން 22 މީހަކު އެނދުމަތިކޮށްގެން ފަރުވާދެމުންދާ ކަަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފަސް މީހަކު މަރުވެ، 12 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.

އިސް ޑޮކްޓަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޑރ. ޝުކުލާ އިންޒާރުދެއްވިގޮތުގައި ހީޓްސްޓްރޯކްގެ ސަބަބުން މަރުވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

"އެ މީހަކު ހޮސްޕިޓަލަށް ލަހުން ގެނެސްފިނަމަ، ގުނަވަަނަކަށް ފަހު ގުނަވަނެއް ދާނީ ފެއިލްވަމުން. މިއީ ހޭލުންތެރިކަން ނެތުމުން ވާ ގޮތް. އާއްމުކޮށް މިގޮތަށް ގެންނަ މީހުންނަކީ އަމިއްލަ އަވަށް ދޫކޮށް މަސައްކަތް ކުރުމަށް ހިޖުރުކޮށްފައިވާ ލޭބަރުން. އަދި ހީޓްސްރޯކްގެ އަލާމާތްތައް އެހެން ސިއްހީ މައްސަލަތަކާއިވެސް ގުޅުވައިގެންވެސް އުޅޭ. ހޮސްޕިޓަލަށް ދާން ޖެހޭނީ އަނބުރައިގެން ވެއްޓޭ ހިސާބުން ކަމަށް އާއިލާ މީހުން ގަބޫލު ކުރޭ،". އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ، ހީޓްސްޓޯކް އާ ގުޅުވައިގެން މީހުން ހޭލުންތެރި ކުރުވަން ޖެހެއެވެ. އެ މީހަކު ހޮސްޕިޓަލަށް އަވަހަށް ގެނައުމުގެ ކުރިން އެ މީހަކު ފިނި ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. މިގޮތުން ފެނާއި އައިސް ބޭނުންކޮށްގެން އެކަން ކުރެވިދާނެއެވެ.

ހީޓްވޭވްގެ ސަބަބުން އިންޑިއާގެ އެކި ހިސާބުތަކުގައި ހާދިސާތައް ހިންގަމުންދާތާ މަހެއް ވެއްޖެއެވެ. ދިއްލީގައި ފިނިހޫނުމިން އާއްމު ގޮތެއްގައި 35 ޑިގްރީ ސެލްޝިއަސްގައި އުޅޭއިރު، 45 އާ ހަމައަށްވެސް އަރައިގެން ދާ ފަހަރު ދެއެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރު އިންޑިއާގެ ބޮޑު ބަޔަަކަށް ހޫނު ގަދަވެދާނެއެވެ. އޭގެ ފަހުން މަޑުޖެހެމުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާހުމަދު

    އަދިވެސް ބުދަށް އަޅުކަން ކުރާތި

  2. ގެރިބެ

    އަދިވެސް ބުރުގާ އެޅުން މަނާ ކޮށްފަ، މުސްލިމުންނަށް ދުއްތުރާކޮށް، އެއްވެސް ކުށެއްނެތި މުސްލިމުން މަރައި، މުސްލިމުންގެ މަދަރުސާތަކާއި، ގެތަކާއި، މިސްކިތްތަކާއި ގެތައް ތަޅައި ކަންކަން ކުރީމާ ﷲ ގެ ކުޅަދުންވަންތަ ކަމުން ބަލާއާއި މުޞީބާތް ކަލޭމެންނަށް ކުރިމަތި ނުވާނެކަމަށް ކަލޭމެން ދެކެނީ ހެއްޔެވެ!