22:38

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދޭ އެއްވެސް ހަމަލާއެއްގައި ސައިޕްރަސް އިން އެހީތެރިކަން ފޯރުކޮށްދީފި ނަމަ ނުވަތަ އެގައުމުގެ ސަރަހައްދެއް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް ބޭނުން ކުރަން ދީފި ނަމަ ސައިޕްރަސް އަށް ހަމަލާދޭނެ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނުމުން ސައިޕްރަސްގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި.

21:44

ލުބުނާންގެ ދެކުނުގެ ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަން އިސްރާއީލްގެ އަސްކަރިއްޔާ އިން އިއުލާންކޮށްފި. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ވައިގެ މަގުން ހަމަލާދިނީ ހިޒްބުﷲ ގެ މެމްބަރުންނަށާއި ސައިޓުތަކަށް.

21:40

ޣައްޒާގެ ކުޑަ އަވަށެއް ކަމަށްވާ ތުފާހް ސަރަހައްދުގެ އެންމެ ފަހުގެ ހާލަތު.

21:39

ރަތް ކަނޑުން ދަތުރު ކުރި އުޅަނދަކަށާއި ރަތް ކަނޑުން ދަތުރު ކުރި އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށް ހޫތީ ހަނގުރާމަވެރިން ބުނެފި. ހޫތީ ހަނގުރާމަވެރިން ބުނި ގޮތުގައި އެ ތަނުން އެއް އުޅަނދަކީ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއް. އަރަބި ކަނޑުން ހަމަލާދިނީ ބޮޑު ބޯޓަކަށް.

އެ ހަމަލާ ދިނީ ކޮންއިރަކު ކަމެއް ހޫތީ ހަނގުރާމަވެރިން ނުބުނޭ.

21:36

ސްޕެއިންގެ ފޮރިން މިނިސްޓަރު އަދި ގަތަރުގެ ބޮޑުވަޒީރު ގުޅިވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނެވެން އޮތް ހަމައެކަނި މަގަކީ ޑިޕްލޮމަސީގެ މަގު ހިޔާރު ކުރުން ކަމަށް.

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ނިމުމަކަށް ގެނައުމަށް އެކިއެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް.

"ގަތަރުން ވާނީ އަނިޔާވި 2،000 އަށް ވުރެ ގިނަ މީހުންނާއި ބަލި މީހުން، އެމީހުންގެ އެހީތެރިންނާ އެކުގައި ގެނެސްދީފައި. އަދި 115 މަތިންދާ ބޯޓުގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނާއި ރިލީފް ސާމާނާއި ހިޔާވަހިކަން ލިބޭނެ ސާމާނު ފޮނުވާފައި،" ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި.

"ގަތަރުން މަސައްކަތް ކުރަމުން މި އަންނަނީ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލު ކުރުމަށް އެއްބަސްވުމަކާ ހަމައަށް އާދެވޭތޯ."

19:53

ޝާތީ ރެފިއުޖީ ކޭމްޕުން ޒަހަމްވި މީހުންނާއި އަނިޔާވި މީހުންނާއި ޝަހީދުވި މީހުންގެ ހަށިގަނޑުތައް އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ގެނެސްފައި.

 

19:24

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން މިއަދު ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އަންޑަނަ އަކަށް ބޭނުން ކޮށްފި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފި.

18:33

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި މިހާރު ހަމަލާދެމުން ދަނީ ސީދާ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނަށް އަމާޒު ކޮށްގެން ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ހިތްވަރާއި އެކު ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފި.

18:30

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އޮންނަ އަލް-ޝާތީ ރެފިއުޖީ ކޭމްޕަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ ގިނަ ބަޔަކު މިއަދު ޝަހީދުކޮށްލައިފި.

18:09

އެމެރިކާގައި އިސްރާއީލާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކޮށްފި. މި މުޒާހަރާގައި ބައީވެރިވި ގިނަ ބަޔަކު ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓާލުމަށް ގޮވާލާފަ

 

17:40

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އިސް މެމްބަރަކު ޝަހީދުކޮށްލައިފި

 

17:31

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ހަފްތާއެއް ތެރޭގައި ބަނޑުހައި ހޫނުކަމުގައި ހަތަރު ކުޑަކުދިން ވަނީ ޝަހީދުވެފައި. މީގެ ކުޑައިރުކޮޅެއް ކުރިން ނާސަރީ ޑިޕާޓްމަންޓްގައި އޮތް ކުޑަކުއްޖަކު ވެސް ދުނިޔެއާ ވަކިވެފައިވާ ކަމަށް ވިދާޅުވި.

17:30

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޝާތީ ކޭމްޕަށް ދިން ހަމަލާގެ ފަހުން އެތަނުގެ ހާލަތު

17:28

ކަމާލް އުދުވާން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކުދިންގެ ތެރެއިން ބަނޑުހައިހޫނުކަމުގައި ހަފްތާއެއްހާ ދުވަސް ތެރޭ ހަތަރު ކުދިން ދުނިޔެ ދޫކޮށްގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

16:47

ޣައްޒާގައި ބޭރަށް ހިނގުމުގެ ވޭދަނަތައް އާދަޔާހިލާފަށް 25 ގުނަ އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

16:41

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ އުތުރުގައި އޮންނަ ބެކާ ސަރަހައްދަށް ދިން ހަމަލާއެއްގައި ލުބުނާނުގެ މީހަކު ޝަހީދުކޮށްލައިފި.

16:33

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ރަމައްﷲގައި ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން ބަޑިން ހަމަލާދީ ޒަހަމްކޮށްލި ފަލަސްތީނުގެ ކުޑަ ފިރިހެން ކުއްޖަކު ފަރުވާ ދެމުން ދަނިކޮށް ދުނިޔެ ދޫކޮށް ގޮސްފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި 12 އަހަރުގެ އެކުއްޖާގެ ބަނޑަށް ނިރުބަވެރިން ބަޑިން ހަމަލާދީފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން.

16:32

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޓުފާ ސަރަހައްދަށް ދިން ހަމަލާގައި 42 މީހަކު ޝަހީދުކޮށްލައިފި

ރިޕޯޓްތަކުން ބުނާ ގޮތުގައި މީގެ ތެރެއިން 24 މީހަކު ޝަހީދުކޮށްލާފައިވަނީ އަލް-ޝާތީ ސަރަހައްދުގެ 7 ގެއަކަށް ދިން ހަމަލާގައި. އަނެއް 18 މީހުން ޝަހީދުކޮށްލާފައިވަނީ އަލް-ޓުފާ ސަރަހައްދަށް ދިން ހަމަލާގައި.

16:30

ނިރުބަވެރި އިސްރާއީލްގެ ސިފައިން ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އެޅައި، އިންސާނީ އެހީ ފޯރުކޮށްދޭން ދެކޮޅު ހެދުމުގެ ސަބަބުން ބަނޑުހައިހޫނު ކަމުގައި ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެ

 

15:56

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ 40،000 މަތީ ސާނަވީ ކިޔަވާ ދަރިވަރުންނަށް އިމްތިހާނު ނުހެދިފައިވާ ކަމަށް އދ އިން ބުނެފި

 

15:50

ބަނޑުހައިނޫހު ކަމާއި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގެ ކަމާލް އުދުވާން ހޮސްޕިޓަލުގައި ޝަހީދުވި ތުއްތު ކުއްޖެއް

 

15:46

ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ޣައްޒާގެ 3 ސަރަހައްދެއްގައި ގަތުލުއާންމު ހިންގައި 101 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

15:45

ލުބުނާނުގެ ހުޅަނގު ބެކާގައި އޮތް ކާރެއް ނިރުބަވެރި އިސްރާއީލުން ގޮއްވާލައިފި.

 

15:43

ނިރުބަވެރި އިސްރާއީލުން އަލް-މަވާސީ ޓެންޓް ކޭމްޕަށް ދިން ހަމަލާއާއި ގުޅިގެން އެސަރަހައްދުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަމީހުން އެތަން ދޫކޮށް ދަނީ

15:15

ނިރުބަވެރި އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ޣައްޒާއަށް ދިން ހަމަލާތަކުގައި 101 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި

 

14:54

ހުޅަނގު އައްސޭރީގައި ތިބި އިސްރާއީލް އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ދޫކޮށް ގޮސްފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފި.

14:30

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،551 އަށް އަރައިފި

 

13:59

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީން 552 މީހަކު ޝަހީދުކޮށްލައިފި. ހަމަ މި މުއްދަތުގައި އިތުރު 5،200 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެސް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނީ،

ރިޕޯޓްތަކުން ބުނީ މިމުއްދަތުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީން 9،300 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް.

13:23

ހުޅަނގު އައްސޭރީގައި ނިރުބަވެރި އިސްރާއީލުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން ޖެނިންއިން ފަލަސްތީނުގެ ތިން މީހަކު ހައްޔަރު ކޮށްފި.

13:05

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިރު ދެކުނުން އޮންނަ ޒައިތޫން ސަރަހައްދަށް ހަމަލާތަކެއްދީ ފަލަސްތީނުގެ 2 މީހަކު ޝަހީދު ކޮށްލައިފި.

12:42

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ސުންނާފަތިވެފައިވާ ސްކޫލް އިމާރާތްތަކާއި ޝަހީދުކޮށްލާފައިވާ ސްކޫލް ދަރިވަރުންގެ ތަފާސް ހިސާބުތައް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކޮށްފި

  • 430 ހައި ސްކޫލް ދަރިވަރުން ވަނީ ޣައްޒާގައި ޝަހީދުކޮށްލާފަ
  • 12،500 ދަރިވަރުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ދީފަ
  • 350 ޓީޗަރުން ވަނީ ޝަހީދުކޮށްލާފަ
  • 307 ސްކޫލް އިމާރާތްތަކުގެ ތެރެއިން 286 އިމާރާާތެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ

 

12:41

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ޖަބްރިޔަތް ސަރަހައްދަށް އަސްކަރީ މީހުން ފޮނުވުމާއި ގުޅިގެން ޖެނިން ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

12:26

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ގުޅިގެން ދެކުނު އެފްރިކާއިން އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިސްރާއީލާއި ދެކޮޅަށް ކިއުބާއިން ނުކުންނަން ތައްޔާރުވެއްޖެ

 

12:06

ދެކުނު ލުބުނާނުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފި

 

11:59

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ މީހެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފި.

 

11:55

ނަބްލުސްގައި އިސްރާއީލް އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން ފަލަސްތީނުގެ މީހަކަށް އަނިޔާ ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

11:54

ހޫތީންނާއި ދެކޮޅަށް އެމެރިކާއިން ހިންގާ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އަސްކަރީ ވައިގެ އުޅަނދުތައް އުފުއްލާ ކެރިއާ އަނބުރާ ގައުމަށް އައުމަށް އެމެރިކާއިން އަމުރު ކޮށްފި.

11:29

ހުޅަނގު އައްސޭރީގައި ޕަލަސްތީނުގެ އުމުރުން ދުވަސްވީ ފިރިހެނަކަށް ޔަހޫދީ އިސްރާއީލްގެ ސިފައިން އެއްވެސް ރަހުމެތްނެތި އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ

 

11:29

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް-މަވާސީ ޓެންޓް ކޭމްޕުގައި ބޮޑު ގަތުލުއާންމެއް ހިންގައިފި

 

11:24

ލުބުނާނުގެ ދެކުނުގެ ހަތަރު ސަރަަހައްދަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުން ބުނި ގޮތުގައި ވައިގެ މަގުން ހަމަލާތަކެއް ދީފައިވަނީ ޚިއަމް އަވަށް، މިއެސް އެލް-ޖަބަލް ސަރަހައްދަށް، ތައިބާގެ އަވަށުގެ ބައެއް ތަންތަނުގެ އިތުރުން ޓަލޫސާއަށް. މި ހަމަލަގައި ހިޒްބުﷲގެ ބައެއް އަމާޒުތަކަށާއި ނިރުބަވެރި ބައެއް އަމާޒުތަކަށް ހަމަލާދީން ކަމަށް ވަނީ ބުނެފަ.

11:20

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 39،000 އާއި ގާތްކުރާ އަދަދެއްގެ ކުދިންނަށް އެސަރަހައްުދގައި ހަދަމުން އަންނަ ޖެނެރަލް ސެކަންޑަރީ އިމްތިހާނު، އާންމު ނަމުން ނަމަ ތައުޖިހި އިމްތިހާނު ނެހެދޭ ކަމަށް އދ. އިން ބުނެފި.

އދ. އިން ބުނި ގޮތުގައި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 625،000 ކުއްޖެއްގެ ކިޔެވުން ވަނީ ނިމުމަކަށް އައިސްފަ.

11:18

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނަށް ދީފައިވާ ވަރުގަދަ ހަމަލާތަކެއް ސަބަބުން އެސަރަަހައްދުތައް ވަނީ ހަނަފަސް ތަންތަނަށް ބަދަލުވެފަ، ގިނަ ތަންތަނުން އިސްރާއީލުގެ އަނިޔާވެރިކަން ފެނިގެންދޭ

11:07

ނިރުބަވެރި އިސްރައީލުން ޚާން ޔޫނިސް ސަރަހައްދަށް ދިން ހަމަލާއެއްގައި އެ ސަރަހައްދުގެ ސްކޫލަކަށް ލިބިފަިއވާ ގެއްލުން

11:05

އިސްރާއީލާއި ދެކޮޅަށް އެމެރިކާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަމަށް ތާއިދުކުރާ ބައެއް ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ސިފަކޮށްފި.

11:04

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގުއައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ބަލައި ފާސް ކުރުމުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި، ބައެއް ރައްޔިތުން ހައްޔަރު ކޮށްފި.

ނިރުބަވެރިން ރެއިޑްތައް ކުރިއަށް ގެންދިޔަ ސަރަހައްދުތަކުގެ ތެރޭގައި

ހެބްރޮންގެ އުތުރުން އޮންނަ ބެއިތް އުމަރް
ޤަލްޤިލްޔާގެ އިރުމަތީގައި އޮންނަ އައްޒުން އަވަށް ހިމެނޭ.

11:03

ކާބޯތަކެތި ނުލިބި، ބަނޑުހައި ހޫނު ކަމުގައި ޣައްޒާގެ އެތަކެއް ކުޑަކުދިން މަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް އދ. އިން ބުނެފި.

އދ. އިން ބުނި ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވަމުން އަންނަނީ، ހަނގުރާމައިގެ ސަބަބުން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން.

11:01

މަވާސީ ކޭމްޕް ހަމަލާގެ ވާހަކަ ފަލަސްތީނުގެ މީޑިއާތަކުން ދައްކަން ފެށުމާއި އެކީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެމީހުންގެ ސިފައިން މަވާސީ ކޭމްޕް ސަރަހައްދަށް ހަމަލާތަކެއް ދީފައި ނުވާނެ ކަމަށް ބުނެފަ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ މިހާރު ކުރެވުނު ތަހުގީގުން އިސްރާއީލް ސިފައިން އެތަނަށް ހަމަލާދީފައިވާކަން އެނގިފައި ނުވާ ކަމަށް. ނަމަވެސް އިތުރަށް އެކަން ބަލަމުން އަންނަ ކަމަށް.

10:59

އިއްޔެގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މަވާސީ ކޭމްޕަށް ދިން ހަމަލާގައި ޖުމްލަ 45 މީހަކު ޝަހީދުކޮށްލާފައިވާއިރު، އެ ސަރަހައްދަކީ ޣައްޒާގެ އެހެން ސަރަހައްދުތަކުން ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެކި ދުވަސްމަތިން ޣައްޒާގައި ހުންނަ ކޭމްޕްތަކަށް ހަމަލާތައް ދެމުން އަންނަ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. މިއަދު ވަކި ކޭމްޕަކަށް ހަމަލާއެއްދީފިނަމަ، އެހެން ދުވަހަކު ވެސް ހަމަ އެކޭމްޕަށް ހަމަލާތަކެއް ދޭނެކަން މިހާރު އޮތީ ވަރަށް ޔަގީން ވެފައެވެ.

މިފަދަ ގޮތަކަށް ޣައްޒާގެ ހާލަތު މިހާރު އޮތްއިރު، ނޭނގޭ ކަމަކީ އެފަދަ ހަމަލާއެއް ދޭނީ ކޮން ދުވަހަކު ކަމެވެ. ހަނގުރާމައަށް މިއަދާއި ހަމައަށް 260 ދުވަސް ވެގެން ގޮސްފައިވާއިރު، އިއްޔެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނުން ރަފާހް ކައިރީގައި އޮންނަ އަލް-މަވާސީ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއްދީފައެވެ.

ފުލުފުލުގައި ދިން މި ހަމަލާގައި ޖުމްލަ 25 މީހަކު ޝަހީދުކޮށްލާފައިވާއިރު، އިތުރު 50 މީހަކަށް އެކި ވަރުގެ ޒަހަމްތަކެއް ވަނީ ވެފައެވެ.

މަވާސީއަށް ދިން ހަމަލާ ފެނުނު ބައެއް ފަރާތްތަކުން ބުނީ، އިސްރާއީލުން އެތަނަށް ހަމަލާތަކެއްދީފައިވަނީ އެމީޙުންގެ އަސްކަރީ ޓޭންކުތައް އުސް ތަނެއްގެ މައްޗަށް އެރުވުމަށްފަހު ކަމަށެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު