23:58

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކުގައި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި ރެއިޑްތައް ކުރިއަށް ގެންގޮސްފައިވަނީ ނަބްލުސްގެ ދެކުނުން އޮންނަ އަސަރިން، އުއްމު ސަފާ، އަލް-މުޣާޔީރް އަވަށްތަކުގައި.

23:37

ޔަމަނުގެ ބޮޑު ބައެއް ގައި ވެރިކަން ކުރަމުންދާ ހޫތީ ޖަމާއަތަށް ވަފާތެރި ޖަމާއަތް ތަކުން ޑުރޯން އަދި އަސްކަރީ ހަތިޔާރު އުފެއްދުން އިތުރުކުރާނެ ކަމަށް ބުނެފި

 

23:27

ނިރުބަވެރި އިސްރާއީލުން ޚާން ޔޫނިސްއަށް ދީފައިވާ ގެއްލުން ފޮޓޯތަކުން. ފަލަސްތީނުގެ ރައްޔިތުން އަންނަނީ ސުންނާފަތިވެފައިވާ ސަރަހައްދުތައް ސާފުކޮށް، މަގުތައް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން

22:00

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނު ފުޓްބޯޅަ ކުޅުންތެރިއަކާއި އޭނާގެ އާއިލާ ޝަހީދުކޮށްލައިފި

 

21:43

ޑެޑް ސީ ގެ އައްސޭރީގައިވާ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އިރާޤްގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓޭންސް އިން ބުނެފި

 

21:29

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޔޫއެންއާރްޑަބްލިއުއޭއަށް ދިން ހަމަލާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 8 އަށް އަރައިފި.

21:18

ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ރައްދު ހަމަލާދޭން ފަށައިފި.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ޖަންގަލީގެ ސަރަހައްދަށް. އެގޮތުން ފޮސްފޮރަސް ބޮމް ބޭނުން ކޮށްގެން ހަމަލާތަކެއް ދިނުމުން އެސަރަހައްދުގައި ވަނީ އަލިފާން ރޯވެފަ.

21:17

ޣައްޒާގައި ތިބި އެކިއެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންގެ ތެރެއިން ކެންސަރު ބަލީގެ 9،000 އަށްވުރެ ގިނަ މީހުންނަށް ރަނގަޅު ފަރުވާ ނުލިބި މަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި

 

20:44

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޒަހަމްވެފައިވާ މީހަކު އެމީހުންގެ އަސްކަރީ ޖިޕެއްގައި އައްސައިގެން "އައްޑަނަ" އަކަށް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

 

20:03

ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ ޚާން ޔޫނިސްގައި ފަލަސްތީނުގެ ރައްޔިތުން ހަރަކާތްތެރިވަނީ

19:49

ޣައްޒާގެ ރަފާހަށް ވަދެގަނެގެން އުޅުނު އިސްރާއީލް ސިފައިންގެ ބަޔަކާއި ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑްސްއިން ކުރިމަތިލައިފި.

ޤައްސާމް ބްރިގޭޑްސްއިން ބުނި ގޮތުގައި އިސްރާއީލްގެ ސިފައިންނާއި އެމީހުންގެ އަސްކަރީ ވެހިކަލްތަކެއް ގެންގުޅުނު ސަރަހައްދަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް.

19:11

ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ސިފައިންގެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

 

18:36

ލުބުނާނުގެ ހިޒްބުاللهއިން އިސްރާއީލަށް ދިން ހަމަލާގައި އިސްރާއީލުގެ ބައެއް ގެތަކުގައި ރޯވެފައި

18:10

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ބައެއް ސަރަހައްދުގައި ރޯވެ އަނދަން ފަށައިފި

 

17:52

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ނަބްލުސްއަށް ވަދެގެންފި. އާންމުވެފައިވާ ވީޑިއޯތަކުން އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އެސަރަހައްދަށް ވަދެގެންދާ މަންޒަރު ފެނޭ.

17:51

ލުބުނާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއްދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އިސްރާއީލުގެ އުތުރުގެ ސަރަހައްދުތުގައި އަލިފާން ރޯވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އަލިފާން ރޯވެފައިވަނީ ލުބުނާނުން ފޮނުވާލި ހަމަލާތައް އިސްރާއީލުގެ ވައިގެ ތެރެއަށް ގޮއްވާލުމުން، ވެއްޓިފައިވާ ބައިތަކުން ކަމަށް. އަދި މިހާރު ރޯވެފައިވާ އަލިފާންޑު ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ.

17:03

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ބުރީޖް ރެފިއުޖީ ކޭމްޕަށް ހަމަލާތަކެއްދީ ފަލަސްތީނުގެ އަންހެނަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލައިފި.

16:46

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

 

16:28

ނިރުބަވެރި އިސްރާއީލުން ޣައްޒާ ސިޓީގައި ހުންނަ ޔޫއެންއާރްޑަބްލިއޭގެ ހެޑް ކުއާޓާސްއަށް ދިން ހަމަލާގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި.

16:27

ނިރުބަވެެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،598 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި. މިނިސްޓްރީން ބުނީ މި މުއްދަތުގައި އިތުރު 86،032 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް.

16:22

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ހައްޔަރު ކުރާ ފަލަސްތީނުގެ ރައްޔިތުންނާއި މެދު އިސްރާއީލްގެ ޖަލުތަކުގައި އަމަލުކުރަމުންދަނީ އެމެރިކާ އިން ގުއަންޓަނާމޯ ބޭ ޖަލުގައި މުސްލިމުންނާއި ދެކޮޅަށް އަމަލު ކުރި ފަދަ އަނިޔާވެރި ގޮތަށް ކަމަށް ގުއާންޓަނާމޯ ބޭ ޖަލުން މިނިވަންވެފައިވާ މުސްލިމު ގައިދީ އަކު ބުނެފި

 

16:08

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޓައިވާނުގައި ކުރިއަށް ގެންދިޔަ މުޒާހަރާ

16:07

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖެރިކޯގެ ތިން ގެއެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވަފާ ނޫހުން ބުނެފި.

ވަފާ ނޫހުން ބުނެފައިވަނީ ބުލްޑޯޒަރު ބޭނުން ކޮށްގެން ނިރުބަވެރިން އެގެތައް ސުންނާފަތިކޮށްލާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު ދައުރުވަމުން އަންނަ ކަމަށް.

15:30

70 ޓްރަކް ހިމެނޭ އުރުދުންގެ އިންސާނީ އެހީގެ ގާފިލާއެއް ޣައްޒާގެ އުތުރުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް އުރުދުންގެ ރޯޔާ ނިއުސް ޑިޖިޓަލް ނޫހުން ބުނެފި.

އެ ގާފިލާގައި ކާބޯތަކެތީގެ ޒަރޫރީ ޕާރުސަލްތަކާއި ކޮންސިއުމަބަލްސް އާއި މެޑިކަލް ސާމާނާއި ބޭސްތައް ހުރި ކަމަށާއި އެއީ އުރުދުންހެ އަސްކަރިއްޔާ އާއި ޖޯޑަން ހަޝިމައިޓް ޗެރިޓީ އޯގަނައިޒޭޝަން (ޖޭއެޗްސީއޯ) އިން ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އާ ގުޅިގެން ފޮނުވި ގާފިލާއެއް ކަމަށް ރިޕޯޓުގައިވޭ.

15:29

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭން ފެށިގެން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

އެ ޖަމާއަތުން ބުނީ އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ހެބްރޮން ގަވަރުނަރޭޓްގައި ކަމަށާއި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ރާމަالله، ކަލްކިލްޔާ، ޖެރީކޯ އަދި ޓޫބާސްގެ ގަވަރުނަރޭޓްތަކުން ކަމަށް.

އިސްރާއީލުން އެންމެ ފަހުން ހައްޔަރުކުރި މީހުންނާއެކު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 9،345 އަށް އަރާފައި.

15:19

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީގައި އޮންނަ ޖެރީކޯ ސިޓީގައި ފަލަސްތީނުގެ ތިން ގެއެއް އިސްރާއީލުން ތަޅާލައިފި - ފޮޓޯ: ސުލަައިމާން އަބޫ ސްރޫރް
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީގައި އޮންނަ ޖެރީކޯ ސިޓީގައި ފަލަސްތީނުގެ ތިން ގެއެއް އިސްރާއީލުން ތަޅާލައިފި - ފޮޓޯ: ސުލަައިމާން އަބޫ ސްރޫރް
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީގައި އޮންނަ ޖެރީކޯ ސިޓީގައި ފަލަސްތީނުގެ ތިން ގެއެއް އިސްރާއީލުން ތަޅާލައިފި - ފޮޓޯ: ސުލަައިމާން އަބޫ ސްރޫރް
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީގައި އޮންނަ ޖެރީކޯ ސިޓީގައި ފަލަސްތީނުގެ ތިން ގެއެއް އިސްރާއީލުން ތަޅާލައިފި - ފޮޓޯ: ސުލަައިމާން އަބޫ ސްރޫރް

15:15

ޣައްޒާގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ހުރިހާ ސްކޫލެއްގެ 69 އިންސައްތައަކީ ހަނގުރާމައިގެ ތެރޭގައި "ސީދާ ގެއްލުން ލިބިފައިވާ ނުވަތަ ގެއްލުން ލިބިފައިވާ" ސްކޫލެއް ކަމަށް ގްލޯބަލް އެޑިއުކޭޝަން ކްލަސްޓާއާ ހަވާލާދީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީން ބުނެފި.

ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މައި ޖަމާއަތް ކަމަށްވާ ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ ހިޔާތަކަށް ވެސް ތަކުރާރުކޮށް ހަމަލާދީ އެ ތަންތަނުގައި ހިޔާވަހިކަން ދެމުން ދިޔަ 500 އަށް ވުރެ ގިނަ މީހުން ޝަހިދުވެފައިވާކަމަށް އެ އެޖެންސީން ބުނޭ.

14:55

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ހަމަލާތަކެއް ދީ 10 ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

14:33

އިސްރާއިލުގެ ހައިފާ ބަނދަރުގައި ބަނދަރުކޮށްފައި އޮތް ހަތަރު އުޅަނދަކާ ދެކޮޅަށް އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންސްއާ ގުޅިގެން ޔަމަނުގެ ހޫތީން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފި.

ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ބަނދަރުގައި ހުރި ދެ ސިމެންތި ޓޭންކަރާއި މުދާ އުފުލާ ދެ އުޅަނދަކަށް ޑްރޯން ފޮނުވާލީ "ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް" ވަނުން މަނާކޮށްފައި އޮތް ގޮތާ ހިލާފުވެފައިވާ ކަމަށް ބުނެ ކަމަށް.

13:09

ޣައްޒާގައި މިހާރު ހިނގަމުންދާ އިސްރާއީލު ޖަރީމާއަށް ބައިޑަން ސަރުކާރުން ތާއީދުކުރާތީ އެމެރިކާގެ އެކްޓިވިސްޓުން އިހުތިޖާޖު ކުރަނީ

13:08

ޣައްޒާ ސިޓީގެ އަލްސަބްރާ އަވަށުގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ އަށް މީހަކު ޝަހީދުވެއްޖެ.

13:07

ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ އިސްރާއީލުގެ ޖަރީމާތަކުގެ ސަބަބުން ހަލާކުވަމުންދާ މަންޒަރު.

13:06

ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލް އިމާރާތްތަކުގެ 69 އިންސައްތަ އަށް އިސްރާއީލުގެ ސިފައިން ބޮން އަޅާފައި ނުވަތަ ސީދާ އަމާޒުކޮށްފައިވާ ކަމަށް އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނެފި

11:46

ޣައްޒާގެ އުތުރަށް އިތުރު އެހީގެ ޓްރަކްތައް ދަތުރުކުރަމުން އަންނައިރު، ޣައްޒާގެ ދެކުނުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި އުތުރަށް ނުދެވި ފައިވާ ކަމަށް ޑަބްލިއުއެފްޕީ ފަލަސްތީނުގެ ކަންޓްރީ ޑައިރެކްޓަރު މެތިއު ހޮލިންގްވޯތު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ.

11:44

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ހިޒްބުﷲއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމާ ގުޅޭގޮތުން އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރުމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އެމެރިކާއަށް ފުރައިފި.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ބުނި ގޮތުގައި ގަލަންޓް ގިނަބަޔަކާއި ބައްދަލު ކުރާނެ ކަަމަށް ބެލެވޭ.

  • އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން
    އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން
    ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް
  • ސްޕެޝަލް އެންވޯއީ އަމޮސް

10:44

ޔަމަނުގެ ހުދައިދާގެ ހުޅަނގުން 65 ނޯޓިކަލް މޭލު (120 ކިލޯމީޓަރު) ދުރުގައި އޮތް ވިޔަފާރީގެ އުޅަނދަކަށް ޑްރޯނަކުން ދިން ހަމަލާއެއްގައި ގެއްލުންވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭ އެމްޓީއޯ) އިން ބުނެފި..

އަދި ބޯޓު ދަތުރުކުރަމުން ދަނީ ދެން އޮންނަ ބަނދަރަށް ކަމަށާއި "ހުރިހާ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ރިޕޯޓް ކޮށްފައިވާ" ކަމަށް ވެސް އެ ބަޔާނުގައި ވޭ.

10:43

ރޭ ހިޒްބުﷲގެ ހަނގުރާމަވެރިންނާއި އިމާރާތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އިސްޜާއިލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއިލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައިވަނީ ލުބުނާނުގެ ދެކުނުގެ ކްފަރު ކިލާ ސަރަހައްދުގައި ހުންނަ ހިޒްބުﷲ އޮބްޒަވޭޝަން ޕޯސްޓަކަށް.

އިސްރާއިލް ސިފައިންލުބުނާނުގެ ދެކުނުގެ އަލް ތައިބާ ސަރަހައްދުގައި ވެސް ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ހަމަލާދީފައި ކަމަށް އަސްކަރިއްޔާއިން ބުނޭ.

09:59

ޔަމަނުގެ ހޫތީން ހޮނިހިރު ދުވަހު އިތުރު ދެ ހަމަލާއެއް އުޅަނދުތަކަށް ދީފައިވާއިރު އޭގެ ތެރޭގައި އިސްރާއީލުގެ ބަނދަރަކުން ނުކުންނަ ވިޔަފާރި އުޅަނދަކާއި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އުޅަނދެއް ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

08:51

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަރް-ރާމް އަވަށުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބަޑީގެ ހަމަލާތަކެއް ދީ، ހަ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފި.

 

08:50

އިސްރާއިލުގެ ވައިގެ ހަމަލާތަކާއި ބޮޑު ބަޑީގެ ހަމަލާތަކެއް ދެކުނުގެ ރަފަހް ސިޓީއަށް ދީފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފި.

އަލްޖަޒީރާގެ ނޫސްވެރިން ބުނީ ރަފަހްގައި އިސްރާއީލު ސިފައިން ގެތައް ގޮއްވާލަމުންދާ އިރު، އިސްރާއީލުގެ ހެލިކޮޕްޓަރުތަކާއި ޓޭންކުތައް އެ ސިޓީގެ މެދުގައި ހަރަކާތްތެރިވެ ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް.

08:26

ޖައްބާރު ޔަހޫދީން އިސްރާއީލުގެ އިތުރު ސިފައިންގެ މީހަކު މަރާލައިފި.

08:09

އިސްރާއީލުގެ ތެލްއަވީވްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ މައި މަރުކަޒު ކައިރީގައި މަގު ހުރަސްކުރަމުން ދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ރޫޅާލުމުން އިސްރާއީލުގެ ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ މުޒާހަރާގެ ބައިވެރިން މަގު ބަންދުކޮށް އަލިފާން ރޯކޮށް، މަގުމަތިން ދާ މީހުންނަށް "ނުރައްކަލެއް" ކުރިމަތިކުރުވި ކަމަށް.

 

08:06

ތެލްއަވީވްގައި ހުންނަ ލިކޫޑް ހެޑްކުއާޓާސްގެ ބޭރުގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ރޯކޮށްލައިފި - ފޮޓޯ: އަނަޑޯލް
ތެލްއަވީވްގައި ހުންނަ ލިކޫޑް ހެޑްކުއާޓާސްގެ ބޭރުގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ރޯކޮށްލައިފި - ފޮޓޯ: އަނަޑޯލް
ތެލްއަވީވްގައި ހުންނަ ލިކޫޑް ހެޑްކުއާޓާސްގެ ބޭރުގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ރޯކޮށްލައިފި - ފޮޓޯ: އަނަޑޯލް
ތެލްއަވީވްގައި ހުންނަ ލިކޫޑް ހެޑްކުއާޓާސްގެ ބޭރުގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ރޯކޮށްލައިފި - ފޮޓޯ: އަނަޑޯލް

08:04

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަޒް ޒަވައިދާއަށް ބޮޑެތި ގެއްލުންތަކެއް - ފޮޓޯ: އަނަޑޮލް
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަޒް ޒަވައިދާއަށް ބޮޑެތި ގެއްލުންތަކެއް - ފޮޓޯ: އަނަޑޮލް
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަޒް ޒަވައިދާއަށް ބޮޑެތި ގެއްލުންތަކެއް - ފޮޓޯ: އަނަޑޮލް
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މެދުތެރޭގެ އަޒް ޒަވައިދާއަށް ބޮޑެތި ގެއްލުންތަކެއް - ފޮޓޯ: އަނަޑޮލް

08:02

އިސްރާއީލުން ޣައްޒާ ސިޓީއަށް ރޭގަނޑު ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ފަސް މީހަކު ޝަހީދުވެއްޖެ

ފަަލަސްތީނުގެ ޝާތީ ރެފިއުޖީ ކޭމްޕާއި އެ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ ތޫފާހްގައި ނިރުބަވެެރި އިސްރާއިލުުން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 42 މީހުން ޝަހީދުވުމާ ގުޅިގެން އުތުރު ޣައްޒާގައި ސަލާމަތްވި މީހުންނާ ހަމައަށް ވާސިލްވުމަށް އިމަޖެންސީ ގައި މަސައްކަތް ކުރާ މީހުން ދަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ.

ރެޑްކްރޮސްގެ އޮފިޝަލަކާ ހަވާލާދީ ރެޑްކްރޮސްގެ އޮފިޝަލަކު ވިދާޅުވީ ބޮމުގެ ހަމަލާތައް ދީފައި ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ އަލްމަވާސީ ކޭމްޕަށް ދިން ހަމަލާއެއްގައި 25 މީހުން ޝަހީދުވެ، އެތައް ބަޔަކު ޝަހީދުކޮށްލި ފަހުންނެވެ.

މިއީ މި ފަހުން އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ސަރަހައްދަކުން ޝަހީދުކޮށްލައި، ބޮޑު ލޭ އޮހޮރުވުމެއް ހިންގި ފަހަރެވެ.

ޝާތީ ރެފިއުޖީ ކޭމްޕުން ޝަހީދުކޮށްލި 24 މީހުންނާއި އެ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ ތޫފާހް އަވަށުުންވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 37،551 މީހުން ޝަހީދުވެ 85،911 މީހުން ވަނީ ޒަހަމްވެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.