23:21

ޣައްޒާ ސިޓީގައި ހަރަކާތްތެރިވަމުން ދިޔަ ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ ޓޭންކަރއަކަށް ހަމަލާދީފައިވާ ކަމަށް ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ޤައްސާމް ބްރިގޭޑްސްއިން ބުނެފި.

21:56

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރަށް ދިން ހަމަލާގައި ބައެއް މީހުން ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޣައްޒާގެ ޓުފާ ސަރަހައްދުގެ އިމާރާތަކަށް ނިރުބަވެރި އިސްރާއީލުން ވައިގެ މަގުން ދިން މި ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް މީހުން ވަނީ ޝަހީދުކޮށްލާފަ. ނަމަވެސް ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ޔަގީން ވެފައެއް ނުވޭ.

21:54

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމަށް ނުރައްކާވާ ކަމަށް ތުރުކީވިލާތުން ބުނެފި.

20:08

އުވާލާފައިވާ އިސްރާއީލުގެ ހަނގުރާމާއި ބެހޭ ކެބިނެޓުގެ ބައްދަލުވުމެއް މިރޭގެ ވަގުތެއްގައި ބާއްވަން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި.

20:08

ޣައްޒާގައި ތިބި ކެންސަރަށް ފަރުވާ ހޯދަން ޖެހިފައިވާ 21 ބަލި މީހަކު ފަރުވާއަށް މިސްރަށް ގެންދެވިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުން މިސްރަށް ގެންދެވިފައިވަނީ ކެރެމް ޝަލޮމް ކްރޮސިން މެދުވެރިކޮށް.

އަދި ދެން އެމީހުންގެ ފަރުވާ އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ފޮނުވޭނެ ކަމަށް ވެސް ވަނީ ބުނެފަ.

18:42

ނިރުބަވެރި އިސްރާއީލުން ވައިގެ މަގުން ލުބުނާނުގެ އައިތަރޫން ސަރަހައްދަށް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ނިރުބަވެރިންގެ މި ހަމަލާގައި ބައެއް އިމާރާތްތައް ބިމާހަމަވި ނަމަވެސް ބަޔަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވޭ.

18:08

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ މި ދަނޑިވަޅުގައި އިސްރާއީލުގެ އަސްކަރިއްޔާގެ ޓޭންކަރުތައް ޣައްޒާގެ ޝުޖަޔާ ސަރަހައްދަށް ވަންނަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

18:07

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ބޯހިޔާހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއާއި ގުޅިގެން އެސަރަހައްދު ދޫކޮށް ފަލަސްތީނުގެ ރައްޔިތުން އެހެން ދިމަދިމާލަށް ދަނީ-- ފޮޓޯ: ރޮއެޓާސް

17:42

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު 47 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި

 

15:35

ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން ވަށައިގެން ނަރުދަމާއާއި ކުނި - ފޮޓޯ: އޭޕީ
ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން ވަށައިގެން ނަރުދަމާއާއި ކުނި - ފޮޓޯ: އޭޕީ
ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން ވަށައިގެން ނަރުދަމާއާއި ކުނި - ފޮޓޯ: އޭޕީ
ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުން ވަށައިގެން ނަރުދަމާއާއި ކުނި - ފޮޓޯ: އޭޕީ

15:08

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ކާނާ ނުލިބި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވެ ފަލަސްތީނުގެ އަންހެން ކުއްޖެއްގެ ފުރާނަ ގެއްލިއްޖެ.

14:31

ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ 21 ކުއްޖަކު ވަށާލާފައިވާ އެންކްލޭވްއިން ނުކުތުމުގެ ކަންކަން ކޯޑިނޭޓް ކުރުމަށް އެމެރިކާގެ ކުޑަކުދިންގެ އެހީއަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެއްބާރުލުން ދީފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

14:19

އިސްރާއީލު ސިފައިން އެންމެ ފަހުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަންތަކުގައި 28 މީހަކު ހައްޔަރުކޮށްފި

14:19

ޔަމަނުގެ ހުދައިދާއާ ގާތްގަނޑަކަށް 84 ނޯޓިކަލް މޭލު ބޭރުގައި އޮތް ޕްރޮޖެކްޓަލެއްގައި ރަތް ކަނޑުގައި އޮތް ވިޔަފާރި އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާމް އަމްބްރީ އިން ބުނެފި.

ސައުދީ އަރަބިއްޔާގެ ބަނދަރު ސިޓީއެއް ކަމަށްވާ ދައްމާމަށް ދަތުރުކުރަމުން ދިޔަ މި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ.

13:54

އިސްރާއީލު ސިފައިން ޣައްޒާގެ މެދުތެރޭގެ ބުރެއިޖް ކޭމްޕް ކައިރީގައި ހުރި ގެއަކަށް ބަޑީގެ ހަމަލާތަކެއް ދީ، އެކަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

13:52

ފާއިތުވި މަސްތަކުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ރިޒާވް ސިފައިންގެ ހަތަރު މީހަކު ހައްޔަރުކުރުމާ ގުޅިގެން އަސްކަރިއްޔާއިން "ސަސްޕެންޑް" ކޮށްފައިވާ ކަމަށް އިސްރާއީލުގެ ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފި.

13:43

ތެޔޮ ހުސްވުމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ރެސްކިއު މިޝަންތައް ކޮންމެ ވަގުތަކު ވެސް ހުއްޓިދާނެ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފި.

12:20

އިސްރާއީލުގެ ޣައްޒާ ސިޓީގެ ގެއަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެ، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ބުނެފި.

12:15

އިސްރާއީލުގެ ޔެޑިއޯތު އަހްރޯނޯތު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ގަތުލުއާންމު ކުރަން ފެށި ފަހުން 35،000 އަށް ވުރެ ގިނަ ދާއިމީ އިމާރާތްތަކާއި 84،000 ވަގުތީ އިމާރާތް ތަޅާލާފައިވޭ.

12:01

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ނުހައްޤުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަހަރެއް ކަމަށްވާ ޖެނިންގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ވަރުގަދަ ހަަމަލާއެއްގައި ޔަހޫދީ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:29

އިސްރާއީލުގެ ހަތިޔާރު ބޯޓުތަކުން ރަފަހްގެ އަލް މަވާސީއަށް ބަޑި ޖަހައިފި

11:07

ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ކުނިތަކުގެ ތެރޭގައި ދިރިއުޅޭ ފަލަސްތީނު މީހުން - ފޮޓޯ: އޭއެފްޕީ
ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ކުނިތަކުގެ ތެރޭގައި ދިރިއުޅޭ ފަލަސްތީނު މީހުން - ފޮޓޯ: އޭއެފްޕީ
ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ކުނިތަކުގެ ތެރޭގައި ދިރިއުޅޭ ފަލަސްތީނު މީހުން - ފޮޓޯ: އޭއެފްޕީ
ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ކުނިތަކުގެ ތެރޭގައި ދިރިއުޅޭ ފަލަސްތީނު މީހުން - ފޮޓޯ: އޭއެފްޕީ

11:05

އިސްރާއީލުން ޣައްޒާގެ ވޭސްޓްވޯޓާ ޓްރީޓްމަންޓް ފެސިލިޓީތަކުގެ އިތުރުން ފެން ޑީސެލިނޭޝަން ޕްލާންޓާއި ނަރުދަމާ ޕަމްޕިން ސްޓޭޝަންތަކާއި ވަޅުތަކާއި ރިޒާވަރތައް ހަލާކުކޮށްލުމާ ގުޅިގެން ފަލަސްތީނުން ސާފު ނޫން ފެން ގަންނަން ސަފުހަދައިގެން ތިބޭ ކަމަށް އޭޕީއިން ބުނެފި.

10:23

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ މެދުތެރޭގެ ގެއަކަށް ދިން ޙަމަލާއެއްގައި ދެމީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފި.

10:10

ޣައްޒާގައި "ގެއްލުނު އެތައް ހާސް ކުޑަކުދިންގެ ހަށިތައް އަދިވެސް ތިބީ ކުނިތަކުގެ ދަށުގައި ވަޅުލެވިފައި" ކަމަށް ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު ޓެޑް ޗައިބާން އދ.ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވެއްޖެ.

ޗައިބާން މިހެން ވިދާޅުވީ ހަތިޔާރުއެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން އދ.ގެ ޗީފް ދާދި ފަހުން ނެރުނު ރިޕޯޓާއި ގުޅޭ ގޮތުން ޔޫއެންއެސްސީގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން.

 

09:35

މިދިޔަ ހަފުތާގެ އެންމެ ތިން ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މަދުވެގެން 113 "ސާޗް އެންޑް އެރެސްޓް އޮޕަރޭޝަން" ހިންގާފައިވާއިރު، ޖޫން 20-23 ގެ މޮނިޓަރިންގެ މުއްދަތުގައި ފަލަސްތީނުގެ 80 އަށް ވުރެ ގިނަ މީހުން ހިފަހައްޓާފައިވާ ކަމަށް އދ.ގެ ރިޕޯޓްގައި ބުނެފި.

08:46

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ނުހައްޤުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަހަރެއް ކަމަށްވާ ޖެނިންގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ވަރުގަދަ ހަަމަލާއެއްގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ޒަހަމްވެއްޖެ.

08:36

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްގައި ހުރި ރާޑަރު ސައިޓެއް "ކާމިޔާބުކަމާއެކު ހަލާކުކޮށްލާފައިވާ" ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި.

08:35

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންނަށް ބޮމުގެ ހަމަލާއެއް ދީ، އެތައް ސިފައިންނެއް ޒަޚަމްކޮށްލާފައިވާ ކަމަށް މީޑިއާތަކުން ބުނެފި.

އިސްރާއިލުުގެ ސިފައިންގެ 12 މީހަކު ޒަހަމްވެފައިވާއިރު، ބައެއް ސިފައިންގެ ހާލު ސީރިއަސް ކަމަށް އެ މަސްދަރުތަކުން ދަނީ ރިޕޯޓް ކުރަމުން.

އިސްރާއިލުގެ ހެލިކޮޕްޓަރުތަކުން ޒަހަމްވި މީހުން އެތަނުން ނެރެމުންދާ މަންޒަރު ފެންނަ ކަަމަށްވެސް ވޭ.

08:32

އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަކާއި ޖެނިން ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ އަސްކަރިއްޔާއިން ކުރަމުންދާ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

08:31

ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނަށް އަނިޔާކުރާ ގައުމުތަކުގެ "ބްލެކްލިސްޓް" ގައި އިސްރާއީލު ހިމެނުމަށް އެހާ ގިނަ ދުވަސް ހޭދަވީތީ ހިތާމަކުރައްވާ ކަމަށް ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވެއްޖެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ބޮޑުބަޑީގެ ހަމަލާތައް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރާއި މެދުތެރެ އާއި ދެކުނުގެ އާބާދީ ބޮޑު އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދީފައިވާ ކަަމަށް އަލްޖަޒީރާއިން ބުނެފިއެވެ

މިއީ ޣައްޒާގައި ކޮންމެ ދުވަހަކުވެސް ހާލަތެވެ. މިފަދަ ކޮންމެ ހަމަލާއެއްގައިވެސް ޣައްޒާގެ އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި 24 ގަޑިއިރު ތެރޭގައި ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވިއިރު، އިސްރާއިލުގެ އެއްގަމު ސިފައިން ރަފަހްގައި މީހުން ދިރިއުޅޭ ގެތައް "ތަޅާލާފައިވާ" ކަަމަށްވެސް ބުނެފައި ވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ ބެއިޓް ލަހިޔާގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 37،718 މީހުން ޝަހީދުވެ، 86،377 މީހުން ވަނީ ޒަޚަމްވެފައެވެ.