ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ނުހައްޤުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަހަރެއް ކަމަށްވާ ޖެނިންގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ވަރުގަދަ ހަަމަލާއެއްގައި ޔަހޫދީ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 17 މީހަކު ވަނީ ޒަހަމްވެފައެވެ.

އަލްޖަޒީރާއިން ބުނީ އެތަނުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އިސްރާއީލު ސިފައިންގެ މީހަކު މަރުވެ، 17 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން ޒަހަމްވި މީހުން އެތަނުން ނެރެފައިވާ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ޖެނިންގައި ހިނގި ވަރުގަދަ ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިންނަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ހަމލާގައި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

އިސްރާއިލު ސިފައިން ވަނީ ބުލްޑޯޒާ، ޑްރޯން އަދި އަޕާޗޭ އެޓޭކް ހެލިކޮޕްޓަރުގެ އެހީގައި އެ ސަރަހައްދަށް ވަދެ ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކޮށް އެކަކު ޒަހަމްކޮށްލާފައެވެ.