ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި ޔަހޫދީ އިސްރާއީލާއި ދެމެދު ހަނގުރާމަ އެއް ފެށިއްޖެ ނަމަ ހިޒްބުﷲ ޖަމާއަތާއި އެކީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ލުބުނާންގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބުނެފިއެވެ.

ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ދެކޭ ގޮތުގައި ހިޒްބުﷲ ޖަމާއަތާއި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ބޯޑަރު ހުރަސްކޮށް މިހާރު ހިނގަމުންދާ ހަމަނުޖެހުން ތައް ދެފަރާތުގެ ދެމެދު ކުރެވޭ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެއްޖެ ހާލަތެއްގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އެމީހުންނަށް ހަމަލާދޭނެއެވެ.

ލުބުނާންގެ ވެރި ރަށް ބެއިރޫތުގައި ހުންނަ ފަލަސްތީނުގެ ޝަތިލާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ ބަޔަކު ބުނެފައިވަނީ އެމީހުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ ދެކެ ކުޑަކޮށް ވެސް ބިރުނުގަންނަ ކަމަށާއި ޔަހޫދީ އަނިޔާވެރި ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާ ދެކޮޅަށް ހިޒްބުﷲ އަށް ތާއީދުކޮށް އެ ޖަމާއަތާއި އެކީ ހަނގުރާމަ ކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ގިނަ ރައްޔިތުން ބުނެފައިވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ޖައްބާރު އަސްކަރިއްޔާގެ އަނިޔާވެރި ސިފައިން އެމީހުންގެ އަސްލު ވަޒަން ފަލަސްތީނަށް އެ ހަދަމުންދާ ގޮތުން ލޭ ކެކޭ ކަމަށާއި ކާފަރު ނަޖިސް ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކޮށް ޖިހާދުގެ މައިދާނުގައި ޝަހީދުވުމަކީ އެމީހުންނަށް ލިބޭނެ ޝަރަފެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އާ ދެމެދު ހަނގުރާމަ އެއް ފެށިއްޖެ ހާލަތެއްގައި ޔަހޫދީ އަނިޔާވެރި އިސްރާއީލުން ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ރެފިއުޖީ ކޭމްޕްތައް ފަދަ އާބާދީ ބޮޑު މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދީފާނެކަމުގެ ބިރު އެބަ އޮތް ކަމަށް މެދުއިރުމަތީގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.