23:48

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ޣައްޒާގެ އައްސޭރިފަށުގައި ހަދާފައިވާ ފާލަން، މޫސުން ގޯސްވުމުގެ ސަބަބުން ނަގާފައިވާ ކަމަށް އެމެރިކާއިން ބުނެފި.

23:18

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން އެސަރަހައްދުގައި ހުރި ގެއަކަށް ވަނުމުން އެތަން ގޮއްވާލައި، ފަސް ސިފައިން މަރާލައިފި

 

22:41

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހިންގަމުން އަންނަ ކަމާލް އުދުވާން ހޮސްޕިޓަލުގެ ހިދުމަތްތައް ކުރިއަށް އޮތް ވަގުތުތަކުގައި ހުއްޓުމަކަށް އައިސްދާނެ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރ، ހުސާމް އަބޫ ސަފީޔާއާއި ހަވާލާދީ އަނަޑޮލޫ ނޫހުން ރިޕޯޓް ކޮށްފި.

22:08

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިސްރާއީލް ސިފައިންނާ އެކު ވަރުގަދަ ކުރިމަތިލުންތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް.

21:20

އުރުދުންގެ ބައެއް ރައްޔިތުން ޣައްޒާއަށް ލޭ ހަދިޔާ ކުރުން-- ފޮޓޯ: ރޮއެޓާސް

20:49

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ އަސްކަރީ މަރުކަޒެއްގައި ރޯވެ އަނދަން ފަށައިފި

 

18:35

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ގިނަ އަދަދެއްގެ ކުނިތަކެއް ޖަމާވެ، ސަރަހައްދުތަކުގައި އެކި ކަހަލަ ބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑު ވެފައިވާ ކަމަށް އދ. ގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނެފި.

17:33

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޝުޖަޔާ ސަރަހައްދަށް ދިން ބޮމުގެ ހަމަލާގައި ޝަހީދުކޮށްލާފައިވާ 7 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް "އަލްޖަޒީރާ" ނޫހުން ރިޕޯޓް ކޮށްފި.

17:32

ނިރުބަވެރި އިސްރާއީލުގެ ބައެއް މީހުން ނުކުމެ ހުޅަނގު އައްސޭރީގެ ރަމައްﷲގެ އިރުއުތުރުގައި ހުރި ބައެއް ގެތަކަށް ގެއްލުން ދީފައިވާ ކަމަށް ވަފާ ނޫހުން ރިޕޯޓް ކޮށްފި. ވަފާ ނޫހުން ބުނި ގޮތުގައި ނިރުބަވެރިން ވަނީ އެގެތަކާއި ދިމާލަށް ގާ ފަދަ ތަކެތި އުކައި އަގު ބޮޑު ތަކެއްޗަށް ގެއްލުން ދީފަ.

15:49

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން ފަލަސްތީނުގެ 8 މީހަކު ހައްޔަރު ކޮށްފި.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ރޭ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ތުލްކާމް، ހެބްރޮން އަދި ނަބްލުސްގައި.

14:25

ޔަމަނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހުދައިދާގެ ހުޅަނގު އުތުރުން 150 ނޯޓިކަލް މޭލު (172 މޭލު) ދުރުން ރަތް ކަނޑުގައި އުޅަނދެއް ކައިރިއަށް ފަސް މިސައިލް ހަމަލާ އަމާޒުވެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަނަކު ރިޕޯޓްކޮށްފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި.

ޔޫކޭއެމްޓީއޯއިން ބުނީ މި ހާދިސާގައި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ ބޯޓު ދަތުރުކުރަމުން ދިޔައީ އުތުރަށް ކަމަށް

 

14:23

ޣައްޒާ ސިޓީގެ ޝުޖާޔޭ އަވަށުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފި.

އެ ނޫސްވެރިޔާ ބުނީ އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ އަވަށުގައި ޒަހަމްވި މީހުންނާ ހަމައަށް ސިވިލް ޑިފެންސް ޓީމުތަކަށް ނުދެވޭ ކަމަށް.

14:19

ޣައްޒާގެ 625،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާތާ މަދުވެގެން އަށް މަސް ވެފައިވާ ކަމަށް ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފ.

އޭގެ ތެރެއިން ތިން ލައްކަ ދަރިވަރުންނަކީ ހަނގުރާމައިގެ ކުރިން ޔޫއެންއާރުޑަބްލިއުއޭގެ ދަރިވަރުން ކަމަށް އެކްސްގެ ޕޯސްޓެއްގައި ބުނެފައިވޭ.

"ޔޫއެންއާރުޑަބްލިއުއޭގެ ޓީމުތަކުން ފޯރުކޮށްދޭ ކުޅިވަރާއި އުނގެނުމުގެ ހަރަކާތްތަކަކީ ކުދިން ސްކޫލަށް އެނބުރި އައުމަށް ތައްޔާރުކުރުމަށާއި ތައުލީމުގެ ހައްގު އަލުން ހޯދައިދިނުމުގައި ވަރަށް މުހިންމު ހަރަކާތްތަކެއް."

14:17

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމަށް އިސްރާއީލު ސިފައިން ސިވިލް ޑިފެންސްގެ ޓީމުތަކަށް އަމާޒުކުރަމުންދާ ކަމަށް ޣައްޒާގައި ހުންނަ ސިވިލް ޑިފެންސްގެ ސަޕްލައި ޑިޕާޓްމަންޓުގެ ޑިރެކްޓަރު މުހައްމަދު އަލް މޮގަޔާރު ވިދާޅުވެއްޖެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އިސްރާއީލުގެ ޓޭންކުތަކުން ބަންދުކޮށް، ޓީމުތަކަށް ބަޑީގެ ހަމަލާތައް ދެމުންދާތީ ބިމާ ހަމަކޮށްފައިވާ ސަރަހައްދުތަކަށް ވެސް ވަނުމުގެ ފުރުސަތު ނުލިބޭ ކަމަށް.

ރޭ އަލްޝަކޫޝް އަވަށުން 23 އިމަޖެންސީ ކޯލެއް އައި ނަމަވެސް އިސްރާއީލު ސިފައިން އެ މީހުންނަށް ވަނުމަށް ހުރަސް އެޅުމުން އެއްވެސް މީހަކަށް އެހީއެއް ނުވެވުނު ކަމަށްވެސް ވޭ.

13:44

އަލްމަވާސީއަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުވެ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން އަލްޖަޒީރާއަށް ވިދާޅުވެއްޖެ.

13:42

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ކޯޑިނޭޓަރު މަރުވާން އަލް ހަމްސް ވިދާޅުވެއްޖެ.

13:40

ޓެންޓް ކޭމްޕްތަކުގައި ފިނިހޫނުމިން މައްޗަށް ދިއުމުން ކުޑަކުދިން ހޫނުން ސަލާމަތްވުމުގައި - ފޮޓޯ: އަނަޑޯލް
ޓެންޓް ކޭމްޕްތަކުގައި ފިނިހޫނުމިން މައްޗަށް ދިއުމުން ކުޑަކުދިން ހޫނުން ސަލާމަތްވުމުގައި - ފޮޓޯ: އަނަޑޯލް
ޓެންޓް ކޭމްޕްތަކުގައި ފިނިހޫނުމިން މައްޗަށް ދިއުމުން ކުޑަކުދިން ހޫނުން ސަލާމަތްވުމުގައި - ފޮޓޯ: އަނަޑޯލް
ޓެންޓް ކޭމްޕްތަކުގައި ފިނިހޫނުމިން މައްޗަށް ދިއުމުން ކުޑަކުދިން ހޫނުން ސަލާމަތްވުމުގައި - ފޮޓޯ: އަނަޑޯލް
ޓެންޓް ކޭމްޕްތަކުގައި ފިނިހޫނުމިން މައްޗަށް ދިއުމުން ކުޑަކުދިން ހޫނުން ސަލާމަތްވުމުގައި - ފޮޓޯ: އަނަޑޯލް

11:40

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ތުލްކަރޭމްއިން ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ 4 ހައްޔަރުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި.

11:39

ޣައްޒާގައި ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ 21 ކުއްޖަކު މެޑިކަލްކޮށް ނެރުމުން އެކަމަށް ތައުރީފު ކުރައްވައި، އަދިވެސް 10،000 ބަލި މީހަކު އެ ކަމަށް ބޭނުންވެފައިވާ ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ފާހަގަކުރައްވައިފި.

މިދިޔަ މެއި މަހު އިސްރާއީލުން ރަފަހް ކްރޮސިން ބަންދުކުރި ފަހުން ފުރަތަމަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު 21 ކުއްޖަކު ނެރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ތިން ޗެރިޓީއަކާ ގުޅިގެން.

11:37

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ހުޅަނގު އުތުރުގައި އޮންނަ ބުރުގާ ނަމަކަށް ކިޔާ އަވަށަށް އިސްރާއީލު ސިފައިން ވަދެ، އެ މީހުންގެ ގެތައް ބަލައި ފާސްކޮށް ފަލަސްތީނުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީން ބުނެފި.

11:36

ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ސިވިލް ޑިފެންސް ޓީމް އެމީހުންގެ މަސައްކަތުގެ މާހައުލުގައި ރޭ ހަރަކާތްތެރިވަމުން ދަނިކޮށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި މަދަނީ ދިފާއީ ތިން މީހަކު ޝަހީދުކޮށްލާ އެތައް ބަޔަކު ޒަހަމްކޮށްލައިފި.

11:35

އިސްރާއީލުން މިދިޔަ މަހު ޣައްޒާގެ ދެކުނުގެ ސިޓީއަށް އެއްގަމު މަގުން އަރައިގަންނަން ފެށިފަހުން ހާލަތު ބަޔާންކޮށް ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ އާއިލާގެ މެދުގައި ކުރި ސާވޭއެއްގެ ތަފްސީލު ނޯވޭގެ ރެފިއުޖީ ކައުންސިލް (އެންއާރުސީ) އިން އާއްމުކޮށްފި. އޭގައި ވާގޮތުން

83 އިންސައްތަ މީހުން ވަނީ ކާބޯތަކެތި ނުލިބޭކަމަށް ބުނެފައި.
57 އިންސައްތަ މީހުންނަށް ސާފު ފެން ނުލިބޭ..
52 އިންސައްތަ މީހުން ވަނީ ބޯހިޔާވަހިކަން ނުލިބޭކަމަށް ބުނެފައި
އެވްރެޖްކޮށް ކޮންމެ ނުވަ މީހަކު އެއް ވަގުތީ ހިޔާއެއް ހިއްސާ ކުރަމުން ދިޔަ.

އެންއާރުސީގެ ސެކްރެޓަރީ ޖެނެރަލް ޖަން އެގެލޭންޑް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ބަނޑުހައިހޫނުކަން ފަދަ ހާލަތްތައް ކުރިމަތިވަމުންދާ ކަމަށް

10:10

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރުގައި އެއްގަމު އޮޕަރޭޝަނެއް ފަށައި، ޣައްޒާ ސިޓީގެ ޝުޖާޔޭ އަވަށުގެ ރައްޔިތުން ވަގުތުން ހުސްކުރުމުގެ އަމުރެއް ނެރެފި.

ފަހަކަށް އައިސް އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ރާޅުތައް ކުރިމަތިވެފައިވާ ޝުޖާޔޭގައި މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ޒަހަމްވި މީހުންނާ ހަމައަށް މީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނެފައިވޭ.

09:20

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގެ ތެރެއިން ނިރުބަވެރި ސިފައިންގެ މީހަކު މަރުފައިވާކަން އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ހާމަކޮށްފި.

08:18

އިސްރާއީލުން އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދޭން ޖެހޭނީ އެ ސަރަހައްދުގެ ހާލަތު ދެނެގަތުމަށް ކަމަށް ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް ވިދާޅުވެއްޖެ.

08:16

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 28 މީހަކު ހައްޔަރުކޮށްފި

08:14

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގޭގެ ބޭރުގައި ހުޅަނގު ގުދުސް އާއި ސިޒޭރިއަން ސިޓީގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ދަނީ ކުރަމުން.

މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާގޮތުގައި އިސްރާއީލުގެ ވެރިކަމުގެ ތެރޭގައި ބަދަލެއް އަންނަންދެން ކޮންމެ ދުވަހަކުވެސް މުޒާހަރާ ކުރާނެ.

08:13

އިސްރާއީލަށް ދޫކުރުން ހުއްޓާލާފައި އޮތް ބޮމުގެ ޝިޕްމަންޓްގެ ބައެއް އެމެރިކާއިން ދޫކޮށްލާނެ ކަމަަށް ރިޕޯޓްތައް ބުނެފި.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ތަނަކަށް ބޮން އަޅާ ސުންނާފަތި ކުރަމުން ދެއެވެ. ބޮމުގެ އަޑާއި ބިރުވެރިކަމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަަޔަކު ޣައްޒާގައި ދިރިއުޅެމުންދާއިރު، މާޔޫސް ކަމާއި ވޭނުގައި އުޅެމުންދާ މީހުން މަދެއް ނޫނެވެ.

ކޮންމެ ދުވަަހެއްގެވެސް މިފަދަ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުންދެއެވެ.

ފަހުގެ އަދާހަމަތަކަށް ބަލާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސިޓީއަށް ދެ ހަމަލާއެއް ދީ، ހަތަރު މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.

މިގޮތުން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދީރް އަލް ބާލާގެ އަލް-ބަރާކާ ސަރަހައްދުގެ ގެއަކަށް ބޮން އަޅައި، އަންހެނަކާއި ކުޑަކުއްޖަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ވަނީ ޒަހަމްކޮށްލާފައެެވެ.

އަދި އެ ސިޓީގެ އަލްބީއާ މަގަށް ދިން ވަކި ހަމަލާއެއްގައި ގެއަކަށް ބޮން އެޅުމުގެ ސަބަބުން ވެސް ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

ވަފާ ނިއުސް އެޖެންސީން ބުނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ދިން ބޮމުގެ ހަމަލާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މަދަނީ ދިފާއީ ބާރުގެ ތިން މީހަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.