00:14

ނިރުބަވެރި އިސްރާއީލުން ޣައްޒާ ތެރެއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިސްރާއީލް ސިފައިންގެ ދެ މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

 

23:50

އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް އިސްރާއީލުގެ ވެރިރަށް ޓެލް އަވިވްގައި ގިނަ ބަޔަކު މުޒާހަރާ ކުރަން ފަށައިފި.

އިސްރާއީލުގެ ގިނަ ބަޔަކު ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަނީ ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ މީހުން ސަލާމަތް ކުރުމަށް އިސްރާއީލުން މަސައްކަތް ނުކުރާ ކަމަށް ބުނެ.

 

23:38

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލް-ޝުޖާއިއްޔާ ސަރަހައްދަށް ދިން ހަމަލާއާއި ގުޅިގެން އަނިޔާވެފައިވާ މީހުން އެސަރަހައްދުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުން ބުނެފި.

23:24

ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންނާއި ހަނގުރާމަ ކުރަމުން ދަނިކޮށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ހިޒްބުﷲ ޖަމާއަތާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ ލުބުނާނުގެ ދެކުނުގައި ހިނގި ކުރިމަތިލުމެއްގައި ޝަހީދުކޮށްލާފައިވަނީ އުމުރުން 38 އަހަރުގެ އައްބާސް އަޓަވީ ކަމަށް.

22:53

ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް އިސްރާއީލުގެ ފަރާތުން ލިބިފައި ނުވާ ކަމަށް ހަމާސް ޖަމާއަތުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އޮސާމާ ހަމްދާން ވިދާޅުވެއްޖެ.

އޭނާ ވިދާޅުވި ގޮތުގައި ހަމާސް އިން އޮތީ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވޭ ކޮންމެ އެއްބަސްވުމަކަށް އިހުތިރާމުކޮށް ބަލައިގަންނަން ތައްޔާރަށް ކަމަށް. ނަމަވެސް އެކަމުގައި އިސްރާއީލުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށް ވަނީ ބުނެފަ.

22:22

ނިރުބަވެރި އިސްރާއީލުގެ ބޭނުމަކީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން އެތަން ދޫކޮށް ފޮނުވާލުން ކަމަށް ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ތައިބޭގެ މޭޔަރު، ސުލައިމާން ޚައުރިޔާ ވިދާޅުވެއްޖެ.

21:12

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކުގައި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ރަމައްﷲގެ އިރުން އޮންނަ އަވަށެއް ކަމަށްވާ ސިލްވަދް، ހެބްރޮން ކައިރީގައި އޮންނަ ޤަލްޤަސް އަދި ޤުސްރާގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ.

20:46

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި ވިއެއްނާގައި ގިނަ ބަޔަކު މުޒާހަރާ ކޮށްފި.

 

19:46

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް ވައިގެ މަގުން ދިން ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ "ވަފާ" ނޫހުން ރިޕޯޓް ކޮށްފި. އެ ނޫހުން ބުނި ގޮތުގައި އެމީހުން މިހާރު ވަނީ ޚާން ޔޫނިސްގައި ހުންނަ ނަސީރު ހޮސްޕިޓަލަށް ގެންގޮސްފަ.

19:40

ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ޓޭންކުތަކުން ޣައްޒާ ސިޓީގެ ހުޅަނގުދެކުނުން އޮންނަ ޓަލް އަލް-ހަވާގައި އާންމުން ދިރިއުޅޭ ގެތަށް ވަށާލައިފި.

19:06

ލުބުނާނުން ފޮނުވާލި މިސައިލްގެ ބައެއް ބައިތައް އިސްރާއީލުގެ މިސްގަވް އެމް ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް. އަދި ހަމަލާގެ ބަދަލު ހިފުމުގެ ވާހަކައެއް ވެސް އާންމު ކޮށްފައެއް ނުވޭ.

19:04

މިހަފްތާގެ ތެރޭގައި ނިރުބަވެރި އިސްރާއީލުން ޝުޖާޔާ ސަރަހައްދަށް ދިން ހަމަލާގައި ގާތްގަނޑަކަށް 60،000-80،000 މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާއިން ބުނެފި.

18:30

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހުގެ ހުޅަނގަށް ދިން ޑްރޯން ހަމަލާއާއި ގުޅިގެން އެސަރަހައްދު ދޫކޮށް މީހުން ދަނީ-- ފޮޓޯ: އޭއެފްޕީ

17:32

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރީޖް ރެފިއުޖީ ކޭމްޕަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ "ވަފާ" ނޫހުން ރިޕޯޓް ކޮށްފި.

ބުރީޖް ކޭމްޕުގެ ގެއަކަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވާއިރު، އެހެން މީޑިއާތަކުން ވަނީ ޝަހީދުވި މީހުންގެ އަދަދު އެއަށްވުރެ އިތުރުވެދާނެ ކަމަށް ވެސް ރިޕޯޓް ކޮށްފަ.

17:30

ނިރުބަވެރި އިސްރާއީލުން ބުރީޖް ކޭމްޕަށް ދިން ހަމަލާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފަލަސްތީން ރެޑްކްރެސެންޓުން ފަށަައިފި.

 

17:21

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ހުޅަނގުއުތުރުން އޮންނަ އަލް-މަވާސީ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން ދީފައިވާ ގެއްލުން-- ފޮޓޯ: އޭއެފްޕީ

17:19

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު ހެނދުނު ދިން ހަމަލާގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

17:17

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރީޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ ބައެއް މީހުން ޝަހީދުކޮށްލައިފި.

"އަލްޖަޒީރާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން މި ހަމަލާދީފައިވަނީ އެކޭމްޕުގައި ހުންނަ ގެއަކަށް އަމާޒުކޮށް. މި ހަމަލާދީފައިވަނީ ބޮން އަޅައިގެން ކަމަށް ވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފަ.

15:26

ފަލަސްތީނަށް ތާއީދުކޮށް ޔަމަނުގައި ކުރިއަށްދާ އައުޓްޑޯ އާޓް އެގްޒިބިޝަންގެ ތެރެއިން - ފޮޓޯ: އީޕީއޭ
ފަލަސްތީނަށް ތާއީދުކޮށް ޔަމަނުގައި ކުރިއަށްދާ އައުޓްޑޯ އާޓް އެގްޒިބިޝަންގެ ތެރެއިން - ފޮޓޯ: އީޕީއޭ
ފަލަސްތީނަށް ތާއީދުކޮށް ޔަމަނުގައި ކުރިއަށްދާ އައުޓްޑޯ އާޓް އެގްޒިބިޝަންގެ ތެރެއިން - ފޮޓޯ: އީޕީއޭ

15:22

ޣައްޒާ ސިޓީގެ މެދުތެރޭގެ މުނިސިޕަލް ޕާކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފި.

15:22

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނިރުބަވެރި ހަމަލާތަކުގައި މިހާތަނަށް 37،834 މީހުން ޝަހީދުވެ، 86،858 މީހުން ޒަޚަމްވެފައިވާ ކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެފި.

އޭގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ރިޕޯޓިން ޕީރިއަޑްގައި ފަލަސްތީނުގެ 40 މީހަކު ޝަހީދުވެ 224 މީހުން ޒަހަމްވެފައިވާ ކަމަށް މިނިސްޓްރީން ބުނޭ.

13:45

ވޭތުވެދިޔަ ގަޑިއިރު ތެރޭގައި، އިސްރާއީލުގެ އަނިޔާވެރި އަސްކަރީ ބާރުތަކުން ޣައްޒާގައި ފެން ބެހާ ތަންތަނުގެ ތެރެއިން އެއް ތަނުން ފެން ފުޅިތަކަށް ފެން އަޅަން މަސައްކަތްކުރަމުންދިޔަ ފަލަސްތީނުގެ ބަޔަކަށް ހަމަލާދީފި. މި ހަމަލާގައި އެއް ޢާއިލާއެއްކަމުގައިވާ އަލް-ޣާޒީ ޢާއިލާގެ ފަސް ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ

13:38

ފަލަސްތީނުގެ ޣައްޒާ ގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތެއް ކަމަށް ވާ ސިވިލް ޑިފެންސް މައި އޮފީހަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާއެއްގައި 3 މެޑިކުން ޝަހީދުވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި.

12:19

އިސްރާއީލީ ބާރުތަކުން ދެކުނު ލެބަނަންގައިވާ ހިޒްބުއްލާގެ އަމާޒުތަކަށް ބޮން އަޅައިފި

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް ގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ ތަރުޖަމާނެއް ބުނިގޮތުގައި އިސްރާއީލުގެ އަސްކަރީ ބާރުތަކުން ދެކުނު ލުބުނާންގައިވާ ހިޒްބުއްﷲ ގެ އަސްކަރީ އަމާޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީ އެތަންތަން ސުންނާފަތި ކޮށްލާފައިވާނެ ކަމަށެވެ.

އިސްރާއީލީ ޔެދިއޯތް އަހަރޯނޯތް ނޫހުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި، އިސްރާއީލްގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ހިޒްބުﷲ ޖަމާއަތުގެ އެކި އަސްކަރީ އަމާޒުތަކަށް ވަނީ ހަމަލާދީފަ. މީގެ ތެރޭގައި ޒަބްކިން ސަރަހައްދުގައިވާ އެ ޖަމާޢަތުގެ ސިފައިންގެ ތަނަކާއި، ޚިޔާމް ސަރަހައްދުގައިވާ ދެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ސައިޓަކާއި، އަލް-އަދީސާ ސަރަހައްދުގައިވާ ހިޒްބުއްލާގެ އިމާރާތެއް ހިމެނޭ

މީގެ ކުރިން ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ބުނެފައިވަނީ އިސްރާއީލުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ހަނގުރާމައެއް ކުރަން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ ސިފައިން ހަނގުރާމައަކަށް ތައްޔާރަށް ތިބިކަމަށް އޭނާ ބުނޭ

11:37

އދ. އިން ރިޕޯޓުކުރާ ގޮތުގައި، ފަލަސްތީނުގެ ޣައްޒާ ސިޓީގެ ޝުޖާއިއްޔާ ސަރަހައްދުގައި އިސްރާއީލުން ކުރިއަށް ގެންދާ އެއްގަމުގެ ހަމަލާތަކުގެ ސަބަބުން، ޣައްޒާ ސިޓީގެ އިރުމަތި އަދި އުތުރު އިރުމަތީ ސަރަހައްދުތަކުން މަދުވެގެން 60،000 - 80،000 އާ ހަމައަށް މީހުން ވަނީ އެ ސަރަހައްދުން ނުކުމެގެން ރައްކާތެރިކަން ހޯދުމަށް ޣައްޒާގެ އެހެން ސަރަހައްދުތަކަށް ގޮސްފަ

މީގެ އިތުރުން، ދެކުނު ގާޒާގެ އަލް-މަވާސީ ސަރަހައްދުގައި އިސްރާއީލުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ދަނީ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފަ

10:55

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސް މައި އޮފީހަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސިއްހީ ހިދުމަތްދޭ 3 މީހުން ޝަހީދުވެފައިވާ ކަމަށް އެ އެޖެންސީން ބުނެފި

ފަލަސްތީނުގެ ސިވިލް ޑިފެންސް އޭޖެންސީގެ ޓީމުތައް އަބަދުވެސް ތިބެނީ ކޮންމެ ކުއްލި ހާދިސާއަކަށްވެސް އަވަސްވެގަތުމަށް ތައްޔާރަށް ނަމަވެސް، ފަހަކަށް އައިސް އެ ޖަމިއްޔާ އަސވަނީ ޣައްޒާގައި ތިބި އެމީހުންގެ އަމިއްލަ އެކުވެރިންނަށް ޔަހޫދީ އިސްރާއީލުން ދޭ ހަމަލާތަކަށް އިޖާބަދޭން ޖެހިފަ

މި ހަފްތާގައި، އެ އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މެދު ޣައްޒާގެ ނުސައިރާތުގައި ހުރި އެ އޭޖެންސީގެ މައި އޮފީސް ކައިރީގައި އިސްރާއީލުން ރޭގަނޑު ދިން ވައިގެ ހަމަލާއެއްގައި އެ އޭޖެންސީގެ 3 މެޑިކުން ވަނީ ޝަހީދުވެފަ

09:17

އިސްރާއީލުގެ ޗެނަލް 12 އިން ހިންގި ސާރވޭއަކުން ދައްކާގޮތުގައި، އިސްރާއީލުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ދެކޭގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަލުން އިންތިޚާބަށް ކުރިމަތިލައިގެން ނުވާނެ އަދި ސިޔާސީ މައިދާނުން ދުރައްދާން

ސާރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 27 އިންސައްތަ މީހުން އެދެނީ އޭނާ އިސްރާއީލުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމަށް ނަމަވެސް 66 އިންސައްތަ މީހުން ދެކޭގޮތުގައި އޭނާ މަޤާމުން ފައިބަން ޖެހޭ

ނެތަންޔާހޫގެ ކަނާތްފަރާތުގެ ދީނީ ހަރުކަށި ފިކުރުގެ ޕާޓީތަކަށް ވޯޓުދޭ މީހުންގެ ތެރެއިންވެސް، އޭނާ އަލުން ކުރިމަތިލާން ޖެހޭނެކަމަށް ދެކެނީ އެންމެ 53 އިންސައްތަ މީހުން

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޝުޖާޔާ ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އެބަދެއެވެ. އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށުގައި ފެށި ގަތުލުއާންމުގެ ސަބަބުން 600،000 މީހުން އެ ސަރަހައްދު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން އިސްރާއީލުން ރޭގައި ވަނީ ޣައްޒާ ސިޓީ އަށް ވައިގެ ހަމަލާތަކެއް ދީ ފަލަސްތީނުގެ ހަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. މި ހަމަލާގައި އެކަނި ވެސް 15 މީހުން ޒަހަމްވިއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ މަގާޒީ ރެފިއުޖީ ކޭމްޕަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމާއި އޭގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމެވެ.