23:40

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޝެއިޚް ރަޑްވަން ސަރަހައްދުގެ އިމާރާތަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 3 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުން ބުނެފި.

22:17

ކުއްލި ހާލަތެއް މެދުވެރިވެގެން އެމަޖެންސީގައި ތުރުކީއަށް ޖެއްސި އިސްރާއީލް ފްލައިޓަކަށް ތެޔޮ ފޯރުކޮށްދޭން އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހަދައިފި

 

21:23

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަން ބިން އަޑިން އެކި އެކި ބިންގަރާސްތަކުގައި ވެސް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފި.

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ އިތުރުން ފަލަސްތީނިއަން އިސްލާމިކް ޖިހާދުން ވަރުގަދަ ކުރިމަތިލުންތަކެއް ޣައްޒާގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހިނގަމުން.

20:30

ނިރުބަވެރި އިސްރާއީލުން ނަބްލުސްގެ ދެކުނުން އޮންނަ ޤިބްލިޔާ އަވަށުގައި ފަލަސްތީނު މީހުން ދިރިއުޅެމުން އަންނަ ގެތަކަށް ހަމަލާ ދޭން ފަށައިފި.

19:49

ފަހުގެ ތަފާސްހިސާބުތައް:

އިސްރާއީލް:

  • މަރާލި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުކޮށްލި މީހުންގެ އަދަދު: 37،877
  • ޒަހަމްވި މީހުންގެ އަދަދު: 86،969

ހުޅަނގުއައްސޭރި:

  • ޝަހީދުކޮށްލި މީހުންގެ އަދަދު: 553
  • ޒަހަމްވި މީހުންގެ އަދަދު: 5،300

މި ތަފާސްހިސާބުތަކަކީ އަލްޖަޒީރާ، ފަލަސްތީނުގެ ހެލްތް މިނިސްޓްރީ، ފަލަސްތީން ރެޑް ކްރެސެންޓް، އިސްރާއީލުގެ އަސްކަރިއްޔާގެ އިތުރުން އިސްރާއީލުގެ ސޯޝަލް ސެކިއުރިޓީ އޭޖެންސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް.

18:49

ނިރުބަވެރި އިސްރާއީލުން އިއްޔެ ޣައްޒާގެ ޝެޖައިޔާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ތެރެއިން އިސްރާއީލް ސިފައިންގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ސިފައިންގެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

18:22

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާގައި ހަތަރު މީހަކު ޝަހީދުކޮށްލައިފި.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބެއިތް ލާހިޔާ ސަރަހައްދަށް ދިން ހަމަލާގައި ދެ މީހަކު ވަނީ ޝަހީދުކޮށްލާފަ. އަނެއް ދެ މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ޓޫފާ ސަރަހައްދަށް ދިން ހަމަލާގައި ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފަ.

18:21

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ޓުލްކަރެމް ސަރަހައްދުގައި އޮންނަ ނޫރް ޝާމް ކޭމްޕަށް ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް ވަފާ ނޫހުން ރިޕޯޓް ކޮށްފި.

ވަފާ ނޫހުން ބުނީ މި ހަމަލާގައި ހަތަރު މީހަކަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް.

18:01

ނިރުބަވެރި އިސްރާއީލުން ރަފާހުގެ ދެކުނުގެ ގެއަކަށް ދިން ހަމަލާގައި ފަލަސްތީނުގެ ހަ މީހެއްގެ ހަށިގަނޑު ޚާން ޔޫނިސްގައި ހުންނަ ނަސީރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. މި ހަމަލާގައި ޝަހީދުކޮށްލި މީހުންގެ އަދަދު ސީދާ އެނގިފައި ނުވާއިރު، ގިނަ އަދަދެއްގެ މީހުން ހުދު ކުލައިގެ ކޮތަޅަށް ލައިގެން ގެންދާ މަންޒަރު ފެނިގެން ދޭ.

17:16

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުން އޮންނަ ޝުޖާޔާ ސަރަހައްދަށް ދެމުން އަންނަ ހަމަލާތައް ހަފްތާއެއްހާ ދުވަހަށް ދިގު ދެމިގެން ގޮސްދާނެ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި.

17:15

ލުބުނާނުގެ ދެ އަވަށެއް ކަމަށްވާ ހުލާއާއި ކިލާގައި ލުބުނާނުގެ ހިޒްބުﷲގެ ހަނގުރާމަވެރިން ތިބި ސައިޓްތަކަށް ބޮމުގެ ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުން މިފަދައިން ބުނެފައިވާއިރު، ހިޒްބުﷲއިން ވަނީ އިސްރާއީލާއި ހިނގި ކުރިމަތިލުމެއްގައި އެމީހުންގެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފަ. ހިޒްބުﷲއިން ބުނި ގޮތުގައި ޝަހީދުކޮށްލާފައިވަނީ މުސްތަފާ ހަސަން ޔާސީން ނަމަކަށް ކިޔާ މީހެއް

ހިޒްބުاللهގެ މީހުން-- ފޮޓޯ: އޭޕީ

17:13

ނިރުބަވެރި އިސްރާއީލުން ޚާން ޔޫނިސް ސަރަހައްދަށް ދިން ހަމަލާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޖަނާޒާގެ ކަންކަން އާއިލާއިން ކުރިއަށް ގެންދަނީ-- ފޮޓޯ: ރޮއެޓާސް

17:06

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 43 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި

 

15:11

ފަލަސްތީނުގެ ޣައްޒާގެ މަދު މަސައްކަތްކުރާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ތެޔޮ ނުލިބިއްޖެނަމަ 48 ގަޑިއިރުތެރޭގައި ކަރަންޓު ކެނޑި، ފުރާނަ ސަލާމަތްކުރާ މެޑިކަލް އާލާތްތައް މަސައްކަތް ނުކުރެވޭ ހިސާބަށް ދާނެ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފި

"އަޅުގަނޑުމެން ގުޅުންހުރި ހުރިހާ ބައިނަލްއަޤްވާމީ އަދި އިންސާނީ އެހީދޭ މުއައްސަސާތަކަށް ގޮވާލަނީ އަވަހަށް މިކަމަށް އިޖާބަދީ، ބޭނުންވާ ތެޔޮ ގެނެސްދިނުމަށް،" ޣައްޒާގެ ސިއްޙަތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވޭ

ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުން ޣައްޒާގެ ގިނަ ކަރަންޓު އިންފްރާސްޓްރަކްޗަރ ހަލާކުވެފައިވާތީ، ހޮސްޕިޓަލްތައް ފުރާނަ ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑަށް ބަރޯސާވަނީ ތެލުން ހިންގާ ޖަނަރޭޓަރުތަކަށް ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނޭ

13:32

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ރަފަހްގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި. އަދި މި ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނޭ.

13:30

ޣައްޒާގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔަކު ކިޔައިދިން ގޮތުގައި ޝުޖާޔާ އަވަށުގައި އިސްރާއީލް ސިފައިން، ހަމާސްގެ މުޖާހިދުންނާ ކުރިމަތިލަމުންދާތާ މިއަދަށް ހަތަރު ދުވަސް ވަނީ ވެފައި. ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުގައި ތިބީ ތާށިވެފައި ކަމަށް އެ ނޫސްވެރިޔާ ބުނެފައިވޭ. އެމީހުންގެ އަތުގައި ކާބޯތަކެތި ނެތް އިރު، ބައެއް މީހުން ޒަހަމްވެފައި ފަރުވާ ނުލިބިވާ ކަމަށާއި އެމްބިއުލާންސްތަކަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ކަމުގައި ނޫސްވެރިޔާ ކިޔައި ދިން.

ނޫސްވެރިން ވެސް އެ ސަރަހައްދަށް ދިއުމަށް އުނދަގޫވެފައިވާ ކަމަށް އޭނާ ކިޔައި ދިން.

އިސްރާއީލްގެ ހަމަލާއެއްގައި ޒަހަމްވި ފިރިހެނަކާއި އޭނާގެ ދަރިފުޅު ވަނީ އިންޑޮނޭޝިއަން ފީލްޑް ހޮސްޕިޓަލަށް ގެނެސްފައި. އެއީ އުތުރުގައި ހުންނަ ހޮސްޕިޓަލެއް.

13:26

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ ސިޓީ އަލް-ދަރާޖު އަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައި އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފައި. މި ހަމަލާ އަމާޒުވެފައި ވަނީ އިސްރާއީލްގެ ސިފައިން ޝުޖާޔާ އަވަށަށް އަރައި ހަމާސްގެ މުޖާހިދުންނާ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި.

 

13:24

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ ހަ މީހުން ހައްޔަރުކޮށްފި.

13:10

އިސްރާއީލްގެ އަސްކަރިއްޔާ އިން ކުރިއަށް އޮތް މަސްތަކުގައި ވެސް ޣައްޒާގައި ތިބޭނެ ކަމަށް ރިޕޯޓުތައް ބުނޭ. ނަތަންޔާހޫ ކުރިން ބުނެފައިވަނީ ހަމާސް ބަލި ކުރެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް.

10:36

ޔަމަނުގެ އަލް މަޚާ (މޮޗާ) ގެ ހުޅަނގު ދެކުނުން 13 ނޯޓިކަލް މޭލު (24 ކިލޯމީޓަރު) ދުރުގައި ހިނގި ހާދިސާއެއްގެ ރިޕޯޓް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި.

10:34

އިސްރާއީލުން ޣައްޒާގެ އުތުރުގެ ދާރާޖް އަވަށަށް ވައިގެ މަގުން ހަމަލާދިންއިރު، ދެކުނު ރަފަހްއަށް ދިން ބޮޑު ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަަމަށް އަލްޖަޒީރާއިން ބުނެފި.

މީގެ ކުރިން ރޭގެ ވަގުތެއްގައި ވެސް އިސްރާއީލުން ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސް އަށް ވަނީ ދެ ވައިގެ ހަމަލާއެއް ދީފައި.

މި ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު އަދި ސާފެއް ނުވޭ.

10:32

އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުމުގެ ހަރަކާތްތައް ފުޅާކުރުމަށް ނިންމި ނިންމުން ސައުދީން ކުށްވެރިކޮށް ކުށްވެރިކުރާ ކަމަށް ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފި.

10:04

ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ހުރި އިމާރާތެއްގައި ރޯވެ، އިސްރާއީލްގެ ގިނަ އަދަދެއްގެ ބަޔަކު ރޭ ފިހިއްޖެ.

09:37

ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލައި އިސްރާއީލްގައި މުޒާހަރާ ކުރަނީ.

09:33

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ޣައްޒާ ސިޓީގައި ހިންގަމުންދަނީ ގަތުލުއާންމުތަކެއް ކަމުގައި ހިއުމަން ރައިޓްސް މޮނިޓާ ގްރޫޕަކުން ހާމަކޮށްފި. އެ ތަނުން ބުނި ގޮތުގައި ގަތުލުއާންމުތައް ހިންގަނީ ޝުޖާޔާ އަވަށުގައި އާއި ދައިދާ އަވަށުގައި.

"އަހަރުމެންގެ ފީލްޑް ޓީމަށް ރިޕޯޓު ލިބޭ ގޮތުގައި ގިނަ ބަޔަކު ޝަހީދުކޮށްލައި، އެމީހުންގެ ތަންތަނަށް ދަނީ ބޮން އަޅަމުން." އެ ގްރޫޕްގެ ޗެއާމަން ރަމީ އަބްދުލް ވިދާޅުވި.

އިސްރާއީލުން ޝުޖާޔާ އަވަށަށް އެރުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް 600،000 މީހުން ދިޔަ ކަމަށްވޭ.

09:30

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ބޮޑެތި ރެއިޑްތަކެއް ރޭ ވެސް ވަނީ ހިންގާފައި. އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑްސް ބޭނުންކޮށްފައި.

09:27

އިސްރާއީލްގެ އަސްކަރީ ޖެޓުތަކާއި ހެލިކޮޕްޓަރުތަކުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަނީ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޝުޖާޔާ ސަރަހައްދަށް އެރުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްގެ މުޖާހިދުންނާ ދެމެދު އަދިވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނެއްކޮޅުން ހަމާސްގެ ސީނިއާ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް މިހާރަކު ނުލިބެއެވެ. އެކަމަކު، ހަމާސް އޮތީ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމާ ގުޅޭ ގޮތުން ޕޮޒިޓިވްކޮށް ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމާއި އޭގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމެވެ.