ކުއްލި ހާލަތެއް މެދުވެރިވެގެން އެމަޖެންސީގައި ތުރުކީއަށް ޖެއްސި އިސްރާއީލް ފްލައިޓަކަށް ތެޔޮ ފޯރުކޮށްދޭން އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހަދައިފިއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޗެނަލް12" އިން ބުނި ގޮތުގައި އިސްރާއީލުގެ ގައުމީ އެއާލައިން އެލް އަލް ކުއްލި ގޮތަކަށް ޖައްސާފައިވަނީ ތުރުކީގެ އަންޓަލްޔާ އެއާޕޯޓަށެވެ. އެއާޕޯޓަށް ޖެއްސުމަށްފަހު އެފްލައިޓުން ވަނީ އެމީހުން އިސްރާއީލުގެ ވެރިރަށް، ޓެލް އަވިވްއަށް ދަތުރު ކުރުމަށް ތެޔޮ ފޯރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެކަމާއި އެއާޕޯޓުގެ މުވައްޒަފުން ވަނީ ދެކޮޅު ހަދާފައެވެ.

ތެޔޮ ފޯރުކޮށްދޭން ތުރުކީ އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހެދުމާއި ގުޅިގެން އެ ފްލައިޓް ވަނީ ތެޔޮ ހޯދުމަށް ގްރީސްގެ ރޯޑްސްއަށް ދަތުރުފަށާފައެވެ.

"ޗެނަލް12" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އިސްރާއީލުން ފުރައިގެން ޕޮލޭންޑުގެ ވާސޯއަށް ދަތުރު ކުރަމުން ދިޔަ އެ ފްލައިޓް ކުއްލި ގޮތަކަށް ޖައްސާފައިވަނީ އެ ފްލައިޓުން ދަތުރު ކުރަމުން ދިޔަ މީހަކު ބަލިވެގެން ފަރުވާ ބޭނުން ވެގެންނެވެ.

އޭނާއަށް ފަަރުވާ ދޭން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާ ކަމަށް ރިޕޯޓް ކުރި ނަމަވެސް އޭނާ ބަދަލު ކޮށްފައިވަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

"ޗެނަލް12" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފްލައިޓް މިރޭގެ ވަގުތެއްގައި އިސްރާއީލަށް ޖައްސާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޒީމާ

    އެކަމު އަހަރެމެން ސައްތައިން ސައްތަ މުސްލިމް ޤައުމުގައި އިސްރާއީލު މީހުނަށް މަރުހަބާ ކިޔާ އެމީހުންނަށް ގޮޑުދޮށްތައް ދޫކޮށްލާފަ

    45
    4
    • ހަސަނުގެ ދަރި ލަތީފް

      ތުރުކީއާ އަހަރެމެންނާތަ ތިޔަ އަޅާ ކިޔަނީ މަމެންނަކީ ބޭރު ގައުމު ތަކުގެ އެހީއާ ނުލާ އުޅެވޭ ބަޔެއް ނޫން ތުރުކީއަށް އަމިއްލައަށް ކަންތައްތައް ކުރެވޭ. ބޭރުގެ އެހީއެއް ނުލިބުނަސް. ޢިޒްރޭލް ޕާސްޕޯރޓް މަނާކުރަން ވާހަކަ ދައްކާލާއިރަށް އެމެރިކާއިން ގޮވާލީ އެމީހުންދޭ އެހީ ނުދޭނެ ކަމަށް
      ދެން އިންޑިއާއިން މަނާ ކުރާނީ ބޭސްފަރުވާއަށް މީހުން އެގައުމަށް ދިއުން. މިފަދަ އެތައް ކަމެއް

      3
      7
  2. ވިސްނާ

    ޢަހަރެންގެ ޚިޔާލަކީ އިޒްރައިލް ޔަހޫދީން ގެންނަންވީ، ޑަބަލްކޮށް އެމީހުންއަތުން ފައިސާ ނަގާނީ ޑަބަލްކޮށް ޗާރޖް ކުރާފައިސާއަކީ ފަލަޡީން ފަންޑަށް އަޅާއެއްޗަކަށް ހަދަންވީ، މިކަން ޢިއުލާނކޮށް އެންމެންނަށް އެގޭނެހެން ކުރާނީ.

    14
    2