23:22

ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިންނާއި ފަލަސްތީނުގެ ބައެއް މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޖާލާ މަގުގައި ހުންނަ އަބްދުލް އާލް ޖަންކްޝަން ކައިރީގައި ތިބި މީހުންގެ އެއްވުމަކަށް ބަޑީގެ ހަމަލާތަކެއް ދީފި

އަލްޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން މަދުވެގެން ދެ މީހަކު މަރުވެ، މަދުވެގެން 10 މީހުން ވަނީ ޒަހަމްވެފަ

22:13

ލުުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހަމަލާދިފައިވަނީ ލުބުނާނުގެ އައިޓަރޫން އާއި އައިޓާ އައްޝާބް ސަރަހައްދުގައި ހުރި ދެ އިމާރާތަކަށް. މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވޭ.

22:01

ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ހިޒްބުއްﷲ ޖަމާއަތާއި އާއި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް އިތުރަށް ބޮޑުވެ، ފުޅާވެދާނެކަމުގެ ބިރު އޮތުމާއެކު، ހިޒްބުއްﷲ ޖަމާއަތުން ހަނގުރާމައިގެ ތަފާތު ސިނާރިއޯތަކަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި

 

21:41

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން ޣައްޒާގައި ހުންނަ ހަމާސް ޖަމާއަތުގެ ބައެއް ތަންތަން ސުންނާފަތިކޮށް ނިމިފައިވާ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި.

20:31

ޣައްޒާގެ މެދު ތެރޭގައި ގައިންގަޔަށް އަރާ ބަލި ހިމެނޭހެން ގިނަ ބަލިތަކެއް ފެތުރެން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

ޣައްޒާގެ ބޭސް ވިއްކަމުން އަންނަ ސާމީ ހާމިދް އާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، ސާފު ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ ތުއްތު ކުދިންގެ މެދުގައި ހަމަށް ޖެހޭ އެކި ބަލިތައް ޖެހެމުން އަންްނަ ކަމަށް. ހާއްސަކޮށް، ޗިކެންޕޮކްސް، ހެޕަޓައިޓިސް ފަދަ ބަލިތައް ޖެހެމުން އަންނަ ކަމަށް ވަނީ ބުނެފަ.

20:13

އިސްރާއީލުގެ ދެކުނުގައި އޮންނަ އަމިޓައި އަސްކަރީ މަރުކަޒަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ފަލަސްތީނިއަން އިސްލާމިކް ޖިހާދުގެ އަލް-ޤުދުސް ބްރިގޭޑުން ބުނެފި.

20:05

ނިރުބަވެރި އިސްރާއީލުން ނަބްލުސްގެ ދެކުނުން އޮންނަ މަޑާމާ ސަރަހައްދަށް ވަދެގަންނަނީ-- ފޮޓޯ: ގުދުސް ނިއުސް

18:45

ޣައްޒާ ތެރޭގައި އިސްރާއީލް ސިފައިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އެމީހުންގެ މީހަކު މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

18:26

ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާއާއި ހިނގި ކުރިމަތިލުމެއްގައި އިސްރާއީލް ސިފައިންގެ ގިނަ ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ހަމާސް ޖަމާއަތުން އަލް-އަޤްސާ ބްރިގޭޑުން ބުނެފި.

18:26

ނިރުބަވެރި އިސްރާއީލުގެ ރަފާހުގެ މުސާބޭ ސަރަހައްދަށް ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ ޒުވާން ފިރިހެނަކު ޝަހީދުކޮށްލާފަައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ވަނީ ފަލަސްތީނުގެ 23 މީހަކު އެކި ސަރަހައްދުތަކުން ޝަހީދުކޮށްލާފަ.

17:08

ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ފަލަސްތީނަށް ނިސްބަތްވާ އިތުުރު ނޫސްވެރިއަކު ޝަހިދުކޮށްލައިފި.

 

15:37

ނޫރު ޝާމްސް ކޭމްޕަށް އިސްރާއީލުން ވަނުމަށްފަހު ހާލަތު ދައްކުވައިދޭ މަންޒަރު ފެންނަ ވީޑިއޯއެއް އަލްޖަޒީރާއިން އާއްމުކޮށްފި

15:18

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ 16 މީހަކު ހިފަހައްޓާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

14:10

އިސްރާއީލުން ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ދޫކޮށްލުމުން ބަންދުގައި ތިބި މީހުންގެ ގާތް ތިމާގެ މީހުން އަލްއަޤްޞާ ހޮސްޕިޓަލަށް ޖަމާވެއްޖެ

14:10

އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ ދޫކޮށްލުމާ ގުޅިގެން ޝިން ބެޓް އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ވެރިޔާ މަގާމުން ވަކިކުރުމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރު ބެން-ގްވީރު ގޮވާލައިފި.

13:35

12:35

އިސްރާއީލުގެ ޖަލުތައް ފުރިފައިވާތީ އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ އާއި ފަލަސްތީނުގެ އެތައް ބަޔަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނެފި.

ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލު ސިފައިން ޣައްޒާއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ސީދާ އަދަދެއް ނޭނގެ.

12:34

އިސްރާއީލުގެ ބަންދުން މިނިވަންވުމާ ގުޅިގެން އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ ވަނީ ފަލަސްތީނުގެ ގައިދީންނަށް ކާބޯތަކެއްޗާއި ބުއިމާއި އަނިޔާ ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާލަތްތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ކަށަވަރުކޮށްދީފައި.

އޭނާ ވިދާޅުވީ އިސްރާއީލު ސިފައިންގެ އެތައް ސަތޭކަ މެޑިކަލް ސިފައިންނަށް އަމާޒުކޮށް އަނިޔާގެ ސަބަބުން އެތައް ގައިދީއަކު ޝަހީދުވެފައިވާ ކަމަށް.

އޭނާ ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީނު މީހުން އަލްޝިފާ ހޮސްޕިޓަލް ހިމެނޭ ގޮތަށް އެ ތަން އަލުން އާރާސްތު ކުރާނެ ކަމަށް.

އިސްރާއީލުން ހިންގާ ޖަލުތަކުގައި އަބޫ ސަލްމިއާ ބަންދުކޮށްފައި ވަނިކޮށް އޭނާއަށް ވަރަށް އަނިޔާވެރި އަނިޔާތަކެއް ދީފައިވާ ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައި.

12:33

ލުބުނާނުގެ ދެކުނުގެ ހޫލާ އާއި ރަބް އަލް ތަލަތީން އަވަށްތަކުގެ އިމާރާތްތަކަށް ވެސް ބޮން އެޅީ އެއީ ހިޒްބުالله އަށް ނިސްބަތްވާ ބައެއް ކަމަށް ވާތީ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

12:03

ޣައްޒާގެ ކައިރީގައި ހުންނަ އިސްރާއީލުގެ އާބާދީތަކަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފި، އަލްޤުދުސް ބްރިގޭޑުން ބުނެފި.

 

11:30

ޣައްޒާ ސިޓީގައި ހުންނަ އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލާމިއްޔާ އިސްރާއީލު ސިފައިން ދޫކޮށްލާފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފި

އަބޫ ސަލާމިއްޔާ ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ކޮމްޕްލެކްސްގައި އިސްރާއީލުގެ ފުރަތަމަ އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން.

11:18

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ސިލްސިލާ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ކްފަރު ކިލާ އާއި އަލް ބަޔާދާ ހިމެނޭ ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފި.

އާމީ ރޭޑިއޯއިން ބުނީ މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހިޒްބުﷲ ގެ ތަންތަނަށް ކަމަށް ރިޕޯޓްތައް ބުނާއިރު އިއްޔެ ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 18 މީހަކު ޒަހަމްވެފައިވާ ކަމަށް.

11:08

އިސްރާއީލުގެ ފުލުހުން އެ ގައުމުގެ މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަަށް ނުކުމެ - ފޮޓޯ: އޭޕީ
އިސްރާއީލުގެ ފުލުހުން އެ ގައުމުގެ މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަަށް ނުކުމެ - ފޮޓޯ: އޭޕީ
އިސްރާއީލުގެ ފުލުހުން އެ ގައުމުގެ މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަަށް ނުކުމެ - ފޮޓޯ: އޭޕީ
އިސްރާއީލުގެ ފުލުހުން އެ ގައުމުގެ މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަަށް ނުކުމެ - ފޮޓޯ: އޭޕީ

11:00

އިސްރާއީލުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރޭމަށް އިސްރާއިލުގެ އަސްކަރިއްޔާގެ ދެ ބުލްޑޯޒަރަކުން ހަމަލާދީ މަގުތައް ހަލާކުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

10:37

ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ - ފޮޓޯ: އަނަޑޯލް
ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ - ފޮޓޯ: އަނަޑޯލް
ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ - ފޮޓޯ: އަނަޑޯލް
ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ - ފޮޓޯ: އަނަޑޯލް

10:37

ދެކުނު ލުބުނާންގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ 18 ސިފައިން ޒަހަމްވުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް ޔަހޫދީ އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފަ

އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި ވާ އަވަށްތަކަށް، އޭގެ ތެރޭގައި ކިލާ އަދި އަލްބިއާދާ ހިމެނޭގޮތަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ

ސިފައިންގެ ރޭޑިއޯއިން އިތުރަށް ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކުރެވިފައިވަނީ ހިޒްބުއްﷲ ގެ ތަންތަނަށް ކަމަށާއި، މިއީ އިއްޔެ ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ 18 ސިފައިންނަށް އަނިޔާވުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާއެއް ކަމަށެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އެ އަސްކަރިއްޔާ އަށް ހަމަލާދޭ ހުރިހާ ފަރާތްތަކަށް ރައްދުގައި ވަރަށް ހިތި ހަމަލާތަކެއް ދޭނެ ކަމަށް

 

10:36

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގުދުސްގެ ބައެއް އަވަށްތަކަށް އިސްރާއީލް ސިފައިން ރޭ ވަނީ ހަމަލާދީފި.

09:40

ރަތް ކަނޑުގެ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އެއިލަތުގެ މުހިންމު އަމާޒަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންސް އިން ބުނެފި

އެމެރިކާގެ އަސްކަރިއްޔާއިން ބުނަމުން ދިޔައީ، ހޫތީންގެ ތިން ޑްރޯން، ރަތް ކަނޑުން ވައްޓާލާފައިވާ ކަމަށް.

09:38

އެމެރިކާގެ އަސްކަރިއްޔާއިން ރަތް ކަނޑުގައި ތިބި ހޫތީންގެ ތިން ޑްރޯން ހަލާކުކޮށްލާފައިވާ ކަމަށާއި، އެ ޑްރޯންގެ ސަބަބުން އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށާއި ވިޔަފާރީގެ އުޅަނދުތަކަށް "ނުރައްކަލެއް" ކުރިމަތިވި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފި

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޝުޖާޔާ ސަރަހައްދަށް ވަނީ އަރާފައެެވެ. އެ ސަރަހައްދުގައި ވަށާލައިގެން ޔާހޫދީ ސިފައިން ތިބިއިރު، އެކަމަކުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްގެ މުޖާހިދުންނާ ދެމެދު އަދިވެސް ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

އަލްޒަޒީރާއިން ބުނީ ޝުޖާޔާގައި އިސްރާއީލުގެ ޓޭންކުތައް ކުރިއަށް ޖެހެމުންދާއިރު، އާންމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 37،877 މީހުން ޝަހީދުވެ 86،969 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމާއި އޭގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމެވެ.