އެމެރިކާގައި ފޭކު ބަޑިއެއް ހިފައިގެން ކުޅެން އުޅުނު 13 އަހަރުގެ ކުޑަ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި އެމެރިކާ ސިފައިން އެކުއްޖާ މަރާލައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގެ ޔޫޓިކާގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިނގި ވައްކަމާއި ގުޅިގެން ޔޫޓިކާ ފުލުހުން ދިޔައީ މުޅި އެސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުންނެވެ. އެގޮތުން 28 ވަނަ ދުވަހުގެ ރޭ 10 ޖަހާކަންހާއިރު ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޕެޓްރިކް ހުސްނޭ އާއި އިތުރު ދެ އޮފިސަރުން އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު ބަޑިއެއް ހިފައިގެން ކުޅެން އުޅެނިކޮށް އެ އޮފިސަރުން ވަނީ އެ ކުއްޖާ ގަޔަށް ބަޑިޖަހާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އުމުރުން 13 އަހަރުގެ ނިޔާހު މުވޭ ހުއްޓުވީ ދާދި ފަހުން ޔޫޓިކާގައި ފޭރުނު މައްސަލައިގައި ހޯދަމުންދާ ޝައްކު ކުރެވޭ މީހުންގެ ސިފަތަކާ އެދެމަފިރިން އެއްގޮތްވުމުން ކަމަށް ފުލުހުން ބުނެއެވެ. އޮފިސަރުން ސުވާލު ކުރަމުން ދަނިކޮށް ނިޔާހު މުވޭ ފިލަން ދުއްވައިގަތް ކަމަށް ޔޫޓިކާގެ ޕޮލިސް ޗީފް މާކް ވިލިއަމްސް ވިދާޅުވިއެވެ.

އޭނާ ދުއްވައި ގަތުމުން އޮފިސަރަކު ކުޑަކުއްޖާ ހިފެހެއްޓުމުން އަނެއް އޮފިސަރު ޖެހި ވަޒަން ގޮސް އެރީ ކުއްޖާގެ މެޔަށެވެ. އެވަގުތު އޭނާއަށް ފަސްޓްއެއިޑް ދިން ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

އެކުއްޖާގެ އާއިލާއިން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫޓިކާގެ ފުލުހުންގެ އިސްވެރިޔާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަށްފަހު މި މަރާއި ގުޅިގެން ފުލުހުންގެ ބޮޑީ ކެމެރާ ފުޓޭޖުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ފޫޓޭޖުން ފެންނަ ގޮތުގައި ފުރާވަރުގެ ކުއްޖާ ފުލުހުންނާއި ދިމާލަށް ދިއްކޮށްގެން ހުރީ ބަޑިއެއް ކަމަށް އޮފިސަރުން ދިޔައީ ބުނަމުންނެވެ. އަދި އެ ކުއްޖާ ފިލަން އުޅުމުން އޮފިސަރުން އޭނާ ހިފައި ހައްޔަރުކޮށް އޭނާ ގެންގުޅުނީ އަސްލު ހަތިޔާރެއް ކަމަށް ހީކޮށް ބަޑިޖެހީއެވެ. ނަމަވެސް ބެލިބެލުމުން އެގުނީ އެއީ އަސްލު ހަތިޔާރެއް ނޫން ކަމާއި އެއީ އޭނާ ކުޅެން ގެންގުޅުނު އެއްޗެއް ކެމެވެ.

މިމައްސަލަ ހޫނުވެފައިވަނިކޮށް މުވޭ މަރާލީ ފުލުހުންގެ އޮފިސަރުން ކަމަށް މިޑްޓައުން ޔޫޓިކާ ކޮމިއުނިޓީ ސެންޓަރުގެ ޑިރެކްޓަރު ކޭ ކްލޯވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މީހުންނަށް އިންސާފު ހޯދުމަށް އާންމުން ވަނީ ގޮވާލާފައެވެ.

ނިޔާހު މުވޭގެ ދައްތަ ބުނިގޮތުގައި އޭނާ ގްރޭޑް 8 ނިންމީ މީގެ ދެ ދުވަސް ކުރިންނެވެ. ނިޔާހުގެ މައިންބަފައިން އޭނަގެ 3 ކޮއްކޮ ގޮވައިގެން މިޔަންމާއިން އެމެރިކާއަށް ހިޖުރަކުރީ މީގެ 9 އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު