20:59

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،925 އަށް އަރައިފި.

20:41

ފަލަސްތީނުގެ ޣައްޒާ ސިޓީގެ ޝުޖާއިއްޔާ ސަރަޙައްދުގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެމުން ގެންދާ ބޮޑެތި އާޓިލަރީ އަދި ވައިގެ ޙަމަލާތަކުން ސަލާމަތްވުމަށް އެތައް ސަތޭކަ އާއިލާތަކެއް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާ މަންޒަރުތައް ޣައްޒާގެ މަގުތަކުން ފެންނަމުންދާ ކަމަށް ޣައްޒާގައި ހަރަކާތްތެރިވަމުންދާ އަލް ޖަޒީރާގެ ނޫސްވެރިން ރިޕޯޓްކޮށްފި.

19:09

ޣައްޒާގެ މެދުތެރޭގައި ފަލަސްތީނުގެ ރައްޔިތުން.

Women queue for bread in Deir el-Balah in the central Gaza Strip on July 2, 2024 amid the ongoing conflict in the Palestinian territory between Israel and Hamas. (Photo by Bashar TALEB / AFP)

19:08

ޝުޖާޔާ އަވަށުގައި ފަލަސްތީނުގެ ރައްޔިތުން އަދިވެސް ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނޭ. އެ ސަރަހައްދުގައި އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުން.

19:07

ޔޫރަޕިއަން ހޮސްޕިޓަލްގައި މިހާރު ތިބީ އެންމެ ތިން ބަލި މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި. އިސްރާއީލުން މީގެކުރިން ބުނެފައިވަނީ ޣައްޒާގައި ހުރި ޔޫރަޕިއަން ހޮސްޕިޓަލް ހުސް ކުރަން ޖެހޭ ކަމަށް. އެހެންވެ، އެ އިންޒާރާ އެކުގައި ހޮސްޕިޓަލް ހުސް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

19:05

ހަމާސްގެ މުޖާހިދުން ބުނެފައި ވަނީ ޝުޖާޔާ އަވަށުގައި ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިންގެ ބަޔަކު މަރާލާފައިވާ ކަމަށް. އޭގެ އިތުރުން އެ ގްރޫޕުން ބުނި ގޮތުގައި އެ ސަރަހައްދުގައި މުޖާހިދުން ތިބެ، އިސްރާއީލްގެ ހަތަރު މަރްކާވާ ޓޭންކަށް ވަނީ ހަމަލާ ދީފައި. އެ ހަމަލާ ދީފައި ވަނީ އަލް-ޔާސީން 105 ރޮކެޓް ބޭނުންކޮށްގެން. އެ ސަރަހައްދަށް ހެލިކޮޕްޓަރު ފޮނުވައިގެން ޒަހަމްވި މީހުން ގެންދިޔަ ކަމަށް ހަމާސް އިން ބުނޭ.

މިކަމާ ގުޅިގެން އިސްރާއީލުން ވަކި އެއްޗެއް ނުބުނޭ.

18:54

ޔޫރަޕިއަން ހޮސްޕިޓަލްގައި ތިބި ބަލި މީހުން ނާސިރް ހޮސްޕިޓަލަށް ބަދަލުކުރުން.

18:44

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ޖިހާދުގެ މުޖާހިދުން ބުނެފައިވަނީ ޣައްޒާގެ އެކި ހިސާބުތަކަށް އަރައިގަނެގެން އުޅޭ އިސްރާއީލްގެ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް. އެގޮތުން އެންމެ ގިނަ ހަމަލާތައް ދިނީ ޝުޖާޔާ އަވަށުގައި ތިބި ސިފައިންނަށް ކަމަށާއި އެ ސިފައިންނަށް މޯޓަރު ޝެލުން ހަމަލާތައް ދީފައިވާ ކަމަށް އިސްލާމިކް ޖިހާދު ގްރޫޕުން ބުނެފައިވޭ.

18:41

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،925 އަށް އަރައިފި. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 87،141 މީހުން ޒަހަމްކޮށްލާފައިވޭ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 25 މީހުން ޝަހީދުކޮށްލައި 81 މީހުން ޒަހަމްކޮށްލި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވޭ.

 

15:13

ޣައްޒާގެ ނަރުދަމާ އާއި ފެން ޑީސެލިނޭޝަން ޕްލާންޓަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ފާޑު ކިޔައިފި.

15:13

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ފަލަސްތީނުގެ 8،572 ދަރިވަރަކު އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި 100 ދަރިވަރުން ޝަހީދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ވަފާ އިން ރިޕޯޓްކޮށްފި.

15:12

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުން ފަލަސްތީނުގެ 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްފަލަސްތީނުގެ ޕްރިޒަނަރސް އެފެއާޒް އޮތޯރިޓީން ބުނެފި

މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކަކީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހިނގާ ކަމެއް.

އަދި ހުޅަނގު އައްސޭރިން ފަލަސްތީނުގެ 9،400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، އިރުމަތީ ގުދުސް ހިފާފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށް ގައިދީން ބަލަހައްޓާ އިދާރާއިން ބުނެފައިވޭ.

13:37

ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި، އެތައް ސަތޭކަ އާއިލާއެއް ބޮޑު ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ ސަބަބުން ފުރާނައަށް ޓަކައި ދުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފި

އިސްރާއީލުގެ އަސްކަރިއްޔާއާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަރުކަށި އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން. މިކަމުގެ ސަބަބުން އާންމުންގެ އިތުރު ގެއްލުންތައް ލިބި، ބާކީ ހުރި އާންމު ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތައް ވަނީ ބިމާހަމަވެފައި.

13:34

އިސްރާއީލުގެ އަސްކަރިއްޔާއިން އަންދާޒާކުރާ ގޮތުގައި ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ހިންގާ އަސްކަރީ އޮޕަރޭޝަން ނިންމުމަށް އިތުރު ހަތަރު ހަފުތާ ބޭނުންވާނެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ސިޓީގައި ބާކީ ހުރި ޓަނަލްތައް ނައްތާލުމަށް އަސްކަރިއްޔާއަށް އިތުރު ހަފުތާތަކެއް ބޭނުންވާ ކަމަށް.

12:03

އިޒްރޭލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެގައުމުގެ 44 ސިފައިން ޒަޚަމްވެފައިވާކަމަށް އިޢުލާނުކޮށްފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގައި ތިބި 14 ސިފައިންވެސް ހިމެނޭކަމަށް އަލްޖަޒީރާއިން ބުނޭ.

އިސްރާއިލުގެ އަސްކަރިއްޔާއިން ވެސް ބުނެފައި ވަނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޖުމްލަ 4،021 މީހުން ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޣައްޒާއަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި ޒަހަމްވި 2،032 މީހުން ހިމެނޭ ކަމަށް.

11:10

އިސްރާއީލުން މީހުން ދިރިއުޅޭ ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން ޝަހީދުވެ، ހާން ޔޫނުސްގެ އިރުމަތީގެ ހަ މީހަކު ޒަހަމްވެއްޖެ

11:09

ޚާން ޔޫނުސްގެ އިރުމަތީ ސަރަހައްދަށް ނެރެފައިވާ އިވެކުއޭޝަން އޯޑަރުގެ މާނައަކީ "އާންމުގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަންނާނެ"ކަން ކަމަށް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު) އާއި ކްރިޓިކަލް ތްރެޓްސް ޕްރޮޖެކްޓް (ސީޓީޕީ) އިން އެންމެ ފަހުން ނެރުނު ހަނގުރާމައިގެ މައިދާނުގެ ރިޕޯޓުގައި ބުނެފި.

11:08

އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި މިއަދު ފަތިހު ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

 

 

11:06

ޚާން ޔޫނުސް ފިލައިގެން ދާ މީހުން "އަލްމަވާސީ ހިއުމެނިޓޭރިއަން ޒޯން" އަށް ދާން ޖެހޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ނެރުނު އާ ޕޯސްޓެއްގައި ބުނެފި

މީގެ ކުރިން ކުރި ޕޯސްޓެއްގެ ގާތްގަނޑަކަށް 13 ގަޑިއިރު ފަހުން "މިހާރުން މިހާރަށް ހިއުމެނިޓޭރިއަން ޒޯނަށް ދާންޖެހޭ" ކަމަށް ބުނެފައި ވަނީ ކޮން ތަނެއްގައި ކަމެއް ބަޔާން ކުރުމެއް ނެތި.

11:03

އިސްރާއީލުގެ ހަރުކަށި ފިކުރުގެ އޮފިޝަލުން ބޭނުންވަނީ ޣައްޒާއާއި ލުބްނާނުގައިވެސް ވަޒަންވެރިވާން ކަމަށް އެޑްވޮކޭސީ ގްރޫޕުން ބުނެފި.

10:45

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ފަލަސްތީނުގެ ކުޑަ އަވަށެއް ކަމަށްވާ އުމް އަލް ޚައިރަށް އިސްރާއިލު ވަޒަންވެރިން ވަދެ ހިންގި ރެއިޑްގެ ސަބަބުން ހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނުއިރު، އެ ކަންތައް ހިނގައިރު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެއްވެސް ކަމެއް ނުކޮށް އެތަނުގައި މަޑުކޮށްލައިގެން ތިބި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފި.

09:41

އިސްރާއީލުގެ އަސްކަރިއްޔާއިން ފަހަކަށް އައިސް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަަމަށް ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ރިޕޯޓްކޮށްފި.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ދެކުނުގައި އޮންނަ ކިޒާން އަބޫ ރަޝްވާން އަވަށަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބޮމުގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ އިތުރު ތިން މީހަކު ވަނީ ޒަހަމްވެފައި.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން ކުޑަކުއްޖަކު ވެސް ވަނީ ޝަހިދުވެފައި.

09:37

ނޫރު ޝާމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައި - ފޮޓޯ: އޭއެފްޕީ
ނޫރު ޝާމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައި - ފޮޓޯ: އޭއެފްޕީ
ނޫރު ޝާމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައި - ފޮޓޯ: ރޮއިޓާސް
ނޫރު ޝާމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައި - ފޮޓޯ: ރޮއިޓާސް
ނޫރު ޝާމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައި - ފޮޓޯ: ރޮއިޓާސް

09:32

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އިތުރު ދެ ސިފައިންގެ މީހަކު މަރުވެފައިވِާއިރު، ގިނަބަައެއްގެ ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

09:04

ފަލަސްތީނަށް އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ބޭތިއްބުމުގައި އިންޑޮނޭޝިއާއަށް އެއްބާރުލުން ދޭން ބޭނުންވާކަން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންގަވައިފި.

08:44

ފަލަސްތީނުގެ އުމުރުން 17 އަހަރުގެ ޒުވާނަކަށް ހަމަލާދީފައި ވަނީ ހެބްރޮންގެ އުތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ބެއިޓް އުއްމާރަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ ހަމަނުޖެހުން ހިންގައިގެން ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

08:37

ޣައްޒާގެ ދެކުނުގެ ސިޓީދޫކޮށް ދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެމީހުންގެ މޯބައިލް ފޯނަށް މެސެޖްތައް ލިބުމުން ފަލަސްތީނުގެ ރައްޔިތުން ޚާން ޔޫނުސްގެ އިރުމަތީ ސަރަހައްދުތައް ދޫކޮށް ފިލަން ފަށައިފި.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެކަކު ބުނީ މީހުން ހުސްކުރުމުގެ އަމުރަށް ފަހު ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަަމަށް

އޮކްޓޯބަރު މަހުން ފެށިގެން ކަރަންޓު ނުލިބޭ ޣައްޒާއަށް އަނދިރިކަން ފެތުރިފައި އޮތް ދަނޑިވަޅުގައި ގިނަ ބަޔަކަށް ވަނީ ފައިމަގުގައި އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައި.

08:35

އިސްރާއީލުގެ ޖަލުތަކުގައި އަނިޔާކުރުމަކީ ފުޅާ ދާއިރާއެއްގައި އަދި ސިސްޓަމެޓިކް ކަމެއް ކަމަށް އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްތީނުގެ ގައިދީން ބުނެފި.

މިދިޔަ އޮކްޓޯބަރު މަހު ޣައްޒާގައި ގަތުލު އާންމު ފެށި ފަހުން ކުޑަކުދިންހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައި.

ފަލަސްތީނުގެ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ އިރުމަތީ ސަރަހައްދުތައް ވަގުތުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެންގުމާއި ގުޅިގެން، ޔޫރަޕިއަން ހޮސްޕިޓަލާއި ޚާން ޔޫނުސްގެ ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓް ކޭމްޕުތައް ދޫކޮށް ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ގޮސްފިއެވެ.

އިސްރާއީލުން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މިތަން ހުސް ކުރަން އެންގިއެވެ. އަދި މިތަނުގައި ގަތުލު އާންމުތައް އެތައް ފަހަރަކު ހިންގާފައި ވެއެވެ.

މިގޮތުން އެންމެ ފަހުން ނެރުނު އަމުރުގައި ވަނީ އިސްރާއީލުން އިރުމަތީ ޚާން ޔޫނުސް ހުސްކުރުމަށެވެ.

މިއާއެކު ޚާން ޔޫނުސް ދޫކޮށްލަން މަޖުބުރުވެފައިވާ އާއިލާތައް މިތިބީ، އެ އާއިލާތައް ދެން ދާނެ އިތުރު ތަނެއް ނެތިއެވެ. މައިގަނޑު ގޮތެއްގައި އެ މީހުން ދިރިއުޅެމުން ދަނީ އެމީހުންގެ ހަލާކުވެފައިވާ ގެތަކުގެ ބާކީ ހުރި ބައިތަކުގައެވެ. ޣައްޒާގައި އެއްވެސް ތަނެއް ރައްްކާތެރިއެއް ނޫނެވެ. ކޮންމެ ތަނަކަށްވެސް ނިރުބަވެރިން ދަނީ ބޮން އަޅާ ސުންނާފަތި ކުރަމުންނެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 37،900 މީހުން ޝަހީދުވެ 80،060 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމާއި އޭގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމެވެ.