ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އިތުރު ދެ ސިފައިންގެ މީހަކު މަރުވެފައިވِާއިރު، ގިނަބަައެއްގެ ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ މެދުތެރޭގެ ނެޓްޒާރިމް އެކްސިސްގައި ހިނގި ކުރިމަތިލުންތަކުގައި ނިރުބަވެރިންގެ ދެ ސިފައިން މަރުވެ، ސިފައިން ޒަހަމްވެފައި ވެއެވެ.

ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ބުނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނެޓްޒާރިމް ކޮރިޑޯގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ސީރިއަސް ކުރިމަތިލުމެއް ހިނގާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ ތިން މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ.

އަދި އެ ހާދިސާގައި އިސްރާއީލު ސިފައިންގެ ދެ މީހަކު މަރުވެ، 14 މީހުން ޒަހަމްވެފައިވާ އިރު، އަށް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.