23:50

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެމުން ގެންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަށް އެލަން މަސްކުގެ ސުޓާލިންކް އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރުމަށް އިސްރާއީލާއި އެކީ މަޝްވަރާ ކުރަމުންދާ ކަމަށް އދ އިން ބުނެފި.

22:53

ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ އދއިން ހިންގާ ސްކޫލެއް ކައިރީގައި އިސްރާއީލުން ހަމަލާދީފި - ފޮޓޯ: ރޮއިޓާސް
ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ އދއިން ހިންގާ ސްކޫލެއް ކައިރީގައި އިސްރާއީލުން ހަމަލާދީފި - ފޮޓޯ: ރޮއިޓާސް
ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ އދއިން ހިންގާ ސްކޫލެއް ކައިރީގައި އިސްރާއީލުން ހަމަލާދީފި - ފޮޓޯ: ރޮއިޓާސް
ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ އދއިން ހިންގާ ސްކޫލެއް ކައިރީގައި އިސްރާއީލުން ހަމަލާދީފި - ފޮޓޯ: ރޮއިޓާސް

22:51

ލުބްނާންގެ ދެކުނުގެ އަވަށްތައް ކަމަށްވާ ކިއާމް، އައިޓާ އަލް ޝާބް އަދި މަރްކަބާއަށް އިސްރާއީލުން ހަމަލާތައް ދީފައިވާ ކަމަށް ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނެފި

22:11

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑަރު އަވަހާރަކޮށްލުމާއި ގުޅިގެން "100 ކަޓިއުޝާ ރޮކެޓް" ހަމަލާ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި.

21:50

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކެއް ދީފި

މިގޮތުން ޣައްޒާސިޓީގެ މީހުން ދިރިއުޅޭ ދެ ގެއަކަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުކޮށްލާފައިވޭ.

މިހާރު މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ޣައްޒާ ސިޓީގައި ފަލަސްތީނުގެ 27 މީހަކު ވަނީ ޝަހީދުވެފައި.

20:03

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ޝުޖާއިއްޔާ ރެފިއުޖީ ކޭމްޕުގައި ހިންގަމުންދާ ލާއިންސާނީ އަސްކަރީ އުދުވާނުގައި ފަލަސްތީނުގެ މިނިވަން ކަމަށް ހިތްވަރާއި އެކީ ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުން ބޭނުން ކުރަމުން ދިޔަ 50 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒުތައް ހަލާކުކޮށްލެވިއްޖެ ކަމަށް ޔަހޫދީ އަނިޔާވެރި ސިފައިންގެ ތަރުޖަމާނު ބުނެފި.

19:50

ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވަރަށް މުހިއްމު ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި.

19:45

ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލަައިފި

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ތިން މީހުން ޝަހީދުވެފައި ވަނީ އިސްރާލައި އަސްކަރިއްޔާގެ ޑްރޯންތަކުން ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި ތިބި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްްގައި.

19:44

އިސްރާއީލުގެ އަސްކަރިއްޔާގެ ޖާސޫސީ އާލާތްތަކަށް ހަމަލާ ދީފައިވާ ކަމަށް ހިޒްބުالله އިން ބުނެފި

ލުބުނާނުގެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރިއްޔާގެ "އަލް މަލިކިއްޔާ" ސައިޓަށް އަމާޒުކޮށް ސީދާ ހަމަލާތައް ދީފައިވާ ކަމަށް.

19:43

އެލޮން މަސްކްގެ ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް ސިސްޓަމް ޣައްޒާގައި ބެހެއްޓުމާއި ގުޅޭ ގޮތުން އިސްރާއީލާއި އދ އިން މަޝްވަރާ ކުރަމުން ދަނީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އިސްރާއީލުގެ ތިން އޮފިޝަލަކާއި އދގެ އޮފިޝަލަކު އެމެރިކާގެ ނިއުސް ސައިޓް އެކްސިއޯސްއަށް މައުލޫމާތު ދެމުން ބުނެފި.

19:41

ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެކޮޅަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިސްރާއީލު ސިފައިން ތައްޔާރަށް ތިބޭނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފި

19:41

ކޮމާންޑަރަކު ޝަހީދުވިކަން ހިޒްބުالله އިން ކަށަވަރުކޮށްދީފި.

އެ ޖަމާއަތުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ "ހައްޖު އަބޫ ނިމާހް" ގެ ނަމުން މަޝްހޫރު ކޮމާންޑަރު މުހައްމަދު ނިމާހް ނާސިރު ޝަހީދުކޮށްލާފައިވާ ކަމަށް.

18:31

ހަމާސް ޖަމާއަތާއި އެހެނިހެން ޖަމާއަތްތަކުން ޣައްޒާގައި ބަންދުކޮށްފައިވާ އިސްރާއީލުގެ ގައިދީން އަނބުރާ ފޮނުވާލުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށް އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޮގް އެކްސްގައި ބުނެފި

"މުޅި ގައުމު އެދެނީ އެމީހުން އެނބުރި އައުމަށް، ސާފު އަޣުލަބިއްޔަތަކުން ތާއީދު ކުރަނީ "ހޮސްޓޭޖް" އެއްބަސްވުމަކަށް"، އޭނާ ބުނެފައިވޭ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދު މަޝްވަރާތައް ހަފުތާތަކެއް ވަންދެން ހުއްޓިފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިސްރައީލުން "ދެމެހެއްޓެނިވި ހަނގުރާމަ ހުއްޓާލުމަށް" އެއްބަސްވެފައިވާ ކަމަށް ވިދާޅުވި ފަހުން.

18:24

އިސްރާއީލު ސިފައިން ޖެނިންއަށް ދިން ހަމަލާއެއްގައި މީހަކު ޝަހީދުކޮށްލައިފި.

18:23

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ނިމުމަކަށް ގެނައުމަށް ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ ގޮވާލައްވައިފި.

ވެރިރަށް ބެއިރޫތުގައި ބޭއްވި ހަރަކާތެއްގައި މިކާތީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، އެއީ ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކާ މެދު ކަންބޮޑުވާ ކަމަށާއި އެއީ އަރަބި އައިޑެންޓިޓީ އާއި ގައުމީ އަދި އިންސާނީ ވިސްނުމުގެ މައްޗަށް ބިނާކޮށް ހިންގާ ޖަރީމާއެއް ކަމަށް.

18:22

ލުބުނާނުގެ ދެކުނުގައި އޮންނަ ޓަޔަރުގެ ހޯޝް ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާގައި ހިޒްބުﷲ ގެ އަސްކަރީ ކޮމާންޑަރަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ސަލާމަތީ މަސްދަރަކާ ހަވާލާދީ ބުނެފި.

18:21

އިސްރާއީލުގެ އަސްކަރިއްޔާއިން ދެކުނު ލުބްނާނުގެ އެންމެ ބޮޑު ސިޓީ ޓަޔަރުގައި ކާރަކަށް ހަމަލާދީފައިވާ ކަަމަށް ލުބްނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި.

އަދި ޓަޔަރުގެ އަލްހައުޝް ސަރަހައްދުގައި ދިން މި ހަމަލާގައި ޒަހަމްވި ދެ މީހަކު އެމްބިއުލާންސްތަކުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވޭ.

17:37

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ "ފަލަސްތީނާއެކު ދިވެހިންް" ޓެލަތޯނަށް ލިބުނު 19،186،815.5 ރުފިޔާ ހާރިޖީ ވުޒާރާ ހަވާލުކޮށްފި.

17:20

ފަލަސްތީނުގެ ތާރީޙާ ގުޅޭ އިލްމީ ބާއްވާ ފަލަސްތީން ފޯރަމް މާދަމާ ރޭ ބޭއްވުމަށް ނިންމައިފި.

16:49

އިއްޔެ ހަވީރުން ފެށިގެން އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ގައިދީން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފި.

16:47

އިސްރާއީލުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކާމިއެލްގެ ޝޮޕިން މޯލަކަށް މިއަދު ދިން ހަމަލާގައި އެކަކު މަރުވެ ދެވަނަ މީީހާއަށް ފަރުވާދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

16:35

އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 37،953 މީހުން ޝަހީދުވެ، 87،266 މީހުން ޒަހަމްވެފައިވާ ކަމަށް ސްޓްރިޕްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 28 މީހަކު ޝަހީދުކޮށްފައިވާ ކަމަށާއި، 125 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ވަނީ ބުނެފައި.

16:34

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން ދެ އަންހެނަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފި.

16:33

ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލާއި ރެޑްކްރޮސް ފީލްޑް ހޮސްޕިޓަލުގައި ތިބި ގާތްގަނޑަކަށް ހުރިހާ ބަލި މީހުން ފިލާފައިވަނީ ޣައްޒާގެ ދެކުނުގެ ވަށައިގެންވާ ސަރަހައްދަށް އިސްރާއީލުގެ އަސްކަރިއްޔާއިން މީހުން ހުސްކުރުމުގެ އަމުރާ ގުޅިގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

ޑަބްލިއުއެޗްއޯއިން ބުނީ ހޯމަ ދުވަހު 270 ބަލި މީހުންނާއި މެޑިކަލް ސްޓާފުންނާއެކު އެތަން ހުސްކޮށްފައިވާ ކަމަށާއި މިއަދު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިތުރު ބަލި މީހުން އެތަނުން ނެރެފައިވާ ކަމަށެވެ.

"މިހާރު ޔޫރަޕިއަން ގާޒާ ހޮސްޕިޓަލުގައި ތިބީ އެންމެ ތިން ބަލި މީހުން، އައިސީއާރުސީ ފީލްޑް ހޮސްޕިޓަލުގައި ތިބީ ތިން ބަލި މީހުން. ގިނަ ބަލި މީހުން ވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ފޮނުވާފައި،" އަންގާރަ ދުވަހުގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ވޭ.

16:31

ހިޒްބުالله އާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަލާތައް ހުއްޓުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ދުނިޔޭގެ ހަކަތަ އާއި އިންފްރާސްޓްރަކްޗާގެ ޕްރެޒިޑެންޝަލް ކޯޑިނޭޓަރު އަމޯސް ހޮޗްސްޓެއިން މިއަދު ޕެރިހުގައި ފްރާންސްގެ އޮފިޝަލުންނާ ބައްދަލުކުރައްވަން ނިންމަވައިފި.

16:26

ޣައްޒާ ސިޓީގެ މެދުތެރޭގެ އަލް ސަހާބާ މަގުގައި ހުންނަ ތަބީން މިސްކިތް ކައިރީގައި ހުރި މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފި.

16:23

ޣައްޒާގައި ފަތިހުން ފެށިގެން އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި 26 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފި.

16:12

އިސްރާއީލުގެ އުތުރުގެ ކާމިއެލް ސަރަހައްދުގެ ޝޮޕިން މޯލެއްގައި ތެރޭގައި ވަޅިން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފި.

16:03

މިދިޔަ އޭޕްރީލް މަހު އިސްރާއީލުގެ ވަޒަންވެރި ބިންޔާމިން އަޗިމައިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އަހްމަދު ދަވާބްޝާގެ ހުޅަނގު އައްސޭރީގައި ހުންނަ ގެ ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

14:29

ޔަހޫދީ އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި ޣައްޒާގެ ޝުޖާއިއްޔާގައި ހުރި ހަމާސް ޖަމާއަތުގެ 50 ތަނެއް ހަލާކުކޮށްލައިފި

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި ޣައްޒާ ސިޓީގެ ޝުޖާއިއްޔާ ސަރަހައްދުގައި ހުރި ހަމާސްއަށް ނިސްބަތްވާ 50 ތަނެއް ހަލާކުކޮށްލައިފި ކަމަށާއި ޣައްޒާގެ އިރުމަތީ ސަރަހައްދަށް ވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދެވިފަ. މިއީ އިސްރާއީލުގެ ސިފައިން ފާއިތުވި ހަފްތާގައި އެ ސަރަހައްދުގެ ރައްޔިތުން ދެކުނަށް ދިއުމަށް އަންގައި، އިންޒާރު ދިނުމަށްފަހު ދިން ހަމަލާތަކެއް ކަމަށް ޔަހޫދީން ބުނޭ

އދ. ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ ގެ ޕްލޭނިންގ ޑިރެކްޓަރ ސެމް ރޯސް އަލްޖަޒީރާއަށް ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މަދުވެގެން 85،000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ ނަމަވެސް ގިނަ ބަޔަކު އަދިވެސް އެތާ ތާށިވެފައި ތިބިކަމަށް އޭނާ ބުނި

13:29

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޝުޖާއިއާ އަވަށަށް ދިން ވައިގެ ހަމަލާތަކުގައި 4 މީހުން ޝަހީދުވެ 17 މީހުން ޒަޚަމްވެއްޖެ

އަލްޖަޒީރާ އިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާ ސިޓީގެ ޝުޖާއިއާ ސަރަޙައްދުގައި އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ވަރަށް ވަރުގަދަ އަށް ހަމަލާދެމުން.

އެ ނޫސްވެރިޔާ އިތުރަށް ބުނެފައިވަނީ، މި ހަމަލާތައް އައިސްފައިވަނީ އެއްވުމެއްގައި ތިބި މީހުން އެއްވުން ނިމުމަށްފަހު އެމީހުންގެ ގެތަކަށް އެނބުރި ދާން މަސައްކަތްކުރަމުންދަނިކޮށް ކަމަށް

12:29

ޣައްޒާގެ މަޣާޒީގައި ޔަހޫދީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުވެއްޖެ

އަލް ޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ މަޣާޒީ ރެފިއުޖީ ކޭމްޕަށް މިއަދު ހެދުނު ޔަހޫދީ އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފަ.

އަލްޖަޒީރާގެ ނޫސްވެރިޔަކު ރިޕޯޓުކުރާ ގޮތުގައި، އިރުމަތީ މަޣާޒީގައި ކާރަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއަކާއި ގުޅިގެން ފަލަސްތީނުގެ ތިން ހަށިގަނޑެއް ޣައްޒާގެ ދެއިރުލް ބަލާހުގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލަށް ވަނީ ގެނެވިފަ.

11:27

ހަމާސް ޖަމާއަތުގެ ލީޑަރު ހުރިތަން މިހާރު އެނގެނީ ހަމައެކަނި ދެތިން މީހަކަށް

ލަންޑަނުގައި ހުންނަ އައްޝަރުޤުލް އަވްސަތު ނޫހުން ހަމާސްގެ މަސްދަރުތަކަކަށް ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި، ޔަހްޔާ ސިންވާރު ހުރިތަން އެނގޭނީ ހަމައެކަނި ދެތިން މީހަކަށް

"ވަރަށް ކުޑަ ބަޔަކަށް، ގިނަވެގެން ދެތިން މީހަކަށް އޭނާ ހުރިތަން އެނގެނީ. އަދި އެ މީހުން އޭނާގެ އެކި ބޭނުންތައް ފުއްދައިދީ، އެތެރެއާއި ބޭރުގައި ތިބި ހަމާސްގެ ލީޑަރުންނާއެކު މުވާސަލާތުކުރެވޭކަން ޔަގީންކުރޭ،" ނަން ހާމަނުކޮށް މައުލޫމާތު ދިން ހަމާސްގެ މަސްދަރު ބުނެފައިވޭ.

މި މަސްދަރު އިތުރަށް ބުނީ، އިސްރާއީލުން ހަމާސްގެ ފުރަތަމަ އަދި ދެވަނަ ފަންތީގެ ގިނަ ލީޑަރުން ޝަހީދުކޮށްލަން ްމަސައްކަތްކޮށްފައިވީ ނަމަވެސް، ސިންވާރަކީ ޔަހޫދީ އިސްރާއީލުން ކާމިޔާބުކަމާއެކު ޓާގެޓްކުރެވުނު މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެއް ނޫން ކަމަށާއި އޭނާ އަށް އަމާޒުކޮށް ހަމަލާ އެއް ވެސް ދެވިފައިނުވާ ކަމަށް

10:23

ފަލަސްތީނުގެ ޣައްޒާގައި ނުރައްކާތެރި ހަމުގެ ބަލިތަކެއް ފެތުރެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި.

09:49

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މަހު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ. ނަތަންޔާހޫ މި މަހުގެ ތެރޭގައި އެމެރިކާ އަށް ދާ ގޮތަށް ވަނީ ހަމަޖެހިފައި.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމަށް 271 ދުވަސްވެފައިވާ އިރު، ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 38،000 އާ ގާތްކޮށްފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު، 37،900 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި ޣައްޒާގެ %80 މީހުން މިހާރު ދިރިއުޅެމުން އަންނަނީ ޣައްޒާގެ މެދުތެރޭގައެވެ. އެއީ ޣައްޒާގެ ރަފަހާއި ހާން ހޫނުސްގެ އެކި ހިސާބުތައް ހުސް ކުރަން އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން އެންގުމާ ގުޅިގެންނެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމާއި އޭގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމެވެ.