މިއަދު އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނުގެ ފޭރިގަނެފައިވާ ބިމުގައި ތިބި އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު، މިއީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރެކެވެ.

މިއަދު ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހިމެނޭ މި ޒުވާނާ ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ އިރުމަތީ އަވަށެއް ކަމުގައިވާ ރަފާހުގައެވެ. އިސްރާއިލްގެ އަނިޔާވެރި ސިފައިން މި ޒުވާނާ ޝަހީދުކޮށްލީ އޭނާއަށް ބަޑިން ޙަމަލާ ދީގެންނެވެ.

ޝަހީދުވެގެން އެ ޒުވާނާ ވެއްޓިފައި އޮތްއިރު އޭނާގެ މޫނުމަތިން ފެނިގެންގޮސްފައިވަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ، ފަލަސްތީނުގެ ބިން ފޭރިގަނެ އެ ބިމުގައި އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ އެމްބަސީއެއް ހުޅުވާތީ އެކަމާއި ދެކޮޅަށް މިއަދު ފަލަސްތީނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ. އޭނާ ޝަހީދުވިއިރު، އެކި ވަރުގެ އަނިޔާތައް ލިބިފައި ހުއްޓެވެ.

މިއަދު ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާގައި މިލިއަނެއްހައި މީހުން ބައިވެރިވަމުންދާއިރު، އެފަރާތްތަކާއި ދެކޮޅަށް އިސްރާއިލް ސިފައިން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ތެރެއިން، ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 41 މީހަކު ޝަހީދުކޮށްލައި ދެހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުނަށް ބަޑިން ޙަމަލާ ދީފައިވާކަމަށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ، "އެމްނެސްޓީ އިންޓަނޭޝަނަލް" އިން ބުނެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ދެމީހުން އަޑީގައި ބިތެ ފަލަސްތީނުގެ ކުށެއްނެތް ޢާންމުންނާއި ދެކޮޅަށް، ޔަހޫދީ ސިފައިން ލައްވައި ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ޖަރީމާތަކުގައި މީގެ ކުރިންވެސް އެތައް ހާސް ބަޔަކު ޝަހީދުވެފައި ވެއެވެ.

 


ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން:

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قال الله تعالى:"وَلا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لا تَشْعُرُونَ" (البقرة:154)
މާނައީ: "އަދި ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނީ މަރުވެފައިވާ ބައެކޭ ތިޔަބައިމީހުން ނުބުނާށެވެ. ކިއެއްހެއްޔެވެ. އެމީހުންނަކީ ދިރި ތިބި ބައެކެވެ. އެހެންނަމަވެސް ތިޔަބައިމީހުންނަށް އެކަމެއް އިޙްސާސެއް ނުކުރެވެއެވެ."

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قال الله تعالى:"إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ" (التوبة: 111)
މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ، މުއުމިނުންގެ ނަފްސުތަކާއި މުދާތައް ގަނެލެއްވިއެވެ. އެއީ އެބައިމީހުންނަށް އޭގެ ބަދަލުގައި ސުވަރުގެ ޖަޒާއެއްގެ ގޮތުގައެވެ. އެބައިމީހުން ﷲގެ މަގުގައި ހަނގުރާމަކޮށް ހަދާނެއެވެ. ފަހެ އެބައިމީހުން ޢަދުއްވުން ޤަތުލުކޮށް މަރާނެއެވެ. އަދި އެބައިމީހުން ޤަތުލުވެ (އެބަހީ ޝަހީދުވެ) ދާނެއެވެ."

ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަހީދަކަށް ހަތް ނިޢުމަތެއްވާކަމުގައި، ރަސޫލު ﷲ ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. އެއީ:

1. އޭނާގެ ހަށިގަނޑުން އެންމެ ފުރަތަމަ އޮހޮރޭ ލޭތިއްކާއިއެކު، އޭނާގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދެއެވެ.
2. މަރުވުމުގެ ކުރިން ސުވަރުގޭގައި އޭނާއަށްވާ ދަރަޖަ އޭނާއަށް ދައްކާލެވެއެވެ.
3. ކައްވަޅުގެ ޢަޛާބުން އޭނާ ސަލާމަތްވެގެން ވެއެވެ.
4. އެންމެ ބިރު ބޮޑުވެގެންވާ ދުވަހު (އެބަހީ ޤިޔާމަތް ދުވަހު) އޭނާއަށް އަމާންކަން ލިބިގެން ވެއެވެ.
5. އޭނާގެ ބޮލުގައި ފަޚުރުވެރިކަމުގެ ތާޖެއް އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްވެސް މުޅި ދުނިޔެއާއި އެދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
6. ސުވަރުގޭގައި ހަތްދިހަ ދެ ޙޫރުލް ޢީނުން އޭނާގެ އަނބީންގެ ގޮތުގައި ވެއެވެ.
7. އަދި އޭނާގެ ތިމާގެ މީހުންކުރެ ހަތްދިހަ މީހުން ނަރަކައިން މިންޖު ކުރުމަށް، އޭނާއަށް ޝަފާޢަތްތެރިވެވޭ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޫޔައުގޫބު

    ޏަތަންޏާހޫއަށްވުރެ 2 ހަރަމުގެ ވެރިޔޭ ކިޔާގެން އުޅޭ ސަލްމާން މާނުބައި. ސައުދީން ޓްރަމްޕަށް ކީ މަރުހަބާއިން މިކަން ސާފު. މުސްލިމު ވެރިންނަކީ މިހާރު ދީނަށް އޮތް މުސީބާތެއް

  2. ޢަހްމަދު މުހައްމަދު

    ސުބުޙާނައްލާހް

  3. ދޮންތި

    ޫުސުބްހާނައް ﷲ.

  4. މުހަންމަދު.

    ރާއްޖޭގެ އިދި ކޮޅުމީހުން ވެސް ޔަހޫދީންގެ ފަސްބައިގައި އެލި،އެބައި މީހުންގެ ގާތު ރާއްޖެބަދުނާމު ކުރަނީ، ޔަހޫދީންނަށް ކުރާ ތާއީދު ބޮޑުކަމުންނެވެ.

    • ޖައްވު

      ޔަހޫދީންގެ ފަސްފައިގަ އެލިގެންތިބީ ސައުދީ ރަސްކަމުން އޭގަ އެލިގެން ތިބީ މިހާރު މިއިތް ސަރކާރު..މޮޅެތި އަނގަ ނުތަޅާ

      • ރީނދޫ

        ސައުދީ ސަރުކާރުން ކުރާ ކަންކަން މިސަރުކާރާ މަތި ކުރުމަށް ވުރެ ކެރަފާ ނަސީމް އިޒްރޭލަށް ގޮސް ޔަހޫދީންނާއި ސައްލާ ކުރި ވާހަކަ ދެއްކިއްޔާ މާ ތާހިރުވާނެ.

      • ހިދް

        ދެމީހުންވެސް އަންގަނުތަޅާ !!!!

  5. ޫމަ

    އަސްލުވެސް

  6. Anonymous

    އުއްތަމަ ފަނޑިޔާރުވެސް ސަހީދެކޯ

  7. ދިވެހިމީހާ

    ދިވެހިންނަށް އިޒްރޭލާ ދެކޮޅަށް ކުރާ ކަންކަމުގައި ބައިވެރިވާން ދެވޭބާ؟
    ފަލަސްތީނުގައި ތިބި މީހުން އެކަނި އޮތް ކަމެއްބާ؟