އިންޑޮނޭޝިއާއަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

އިންޑޮނޭޝިއާގައި މިގޮތަށް ކަނޑައަޅާފައިވަނީ، އެޤައުމުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ އިސްލާމީ ކަންކަމާއި ބެހޭ ޚާއްސަ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

މި ބައްދަލުވުމުގައި އިންޑޮނޭޝިއާގެ ދީނީ ކަންކަމާއި ބެހޭ މިނިސްޓަރ ލުޣްމާން ހާކިމް އާއި އެޤައުމުގެ ބޮޑެތި މުސްލިން ޖަމާޢަތްތަކުގެ އިސް ލީޑަރުން ބައިވެރިވެފައިވެއެވެ.

އިންޑޮނޭޝިއާއަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމެވެ.

އިންޑޮނޭޝިއާގެ އިތުރުން، އަންނަ ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ އާއި އޮސްޓްރޭލިއާގެ އިތުރުން ޖަޕާން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮނިޔަތް

    ޢަފިރިން ބަލާއް ބޭނުމީ ރާއްޖެއަށް ރޯދަވޭދުވަސް

  2. ނޯވޭ

    ޖޫން 1 ރޯދަމަހުގެ ފުރަތަމަ ދުވަހަށް ހަދާލެވޭކަށް ނީންނާނެތަ.