ސްރީލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެގައުމުގެ ބައެއް ހިސާބުތަކަށް ހޮނު އަޅައި ތިން މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުން ހޮނު އެޅުމާ ގުޅިގެން ތިން މީހުން މަރުވެފައިވަނީ ޓްރިންކޮމާލީ ޑިސްޓްރިކްޓުންނާއި ބަދުއްލާ އިންނެވެ.

އިއްޔެ އިން ފެށިގެން ލަންކާ އަށް ކުރަމުންދާ ވިއްސާރައިގެ އަސަރު 8000 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށާއި 252 މީހަކު މިހާތަނަށް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން 200 އަށްވުރެ ގިނަ ގެއަށް ގެއްލުންވެފައިވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ސަބްރަގަމުވާ ޕްރޮވިންސަށް 150 މިލި ލީޓަރު އަދި ބައެއް ހިސާބުތަކަށް 100 މިލި ލީޓަރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެތެރޭގައި އުވާ ޕްރޮވިންސާއި ގޯލް އަދި މަޓާރާ ޑިސްޓްރިކްޓް ހިމެނެއެވެ.

ލަންކާ އަށް ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރު ލަންކާ އަށް ކުރި ވިއްސާރާގައި ވަނީ 200 އަށްވުރެ ގިނަ މީހުން މަރުވިއިރު 78 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލ މީހާ

    ހިސާބައްވުރެ ނުލަފާ ވީމާ ވާނީ ތިހެން. އަދި ހޮނު އެޅޭ ލެއް މަދު.

    • ލަންކާ މީހާ

      މަ ކީއްކުރީ ނުލަފާ ވެގެން!

  2. މަ

    އަސްތަޤްފިރްﷲ