ސައުދީ އަރަބިއްޔާ އަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާތީ، އެޤައުމުގައި މާދަމާއަކީ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

މިކަން އިއުލާންކުރީ ސައުދީގެ ރޯޔަލް ކޯޓުންނެވެ.

ސައުދީގެ އިތުރުން ވެސް އިސްލާމީ ގިނަ ގައުމުތަކަކަށް މާދަމާ އަކީ އީދު ދުވަހެވެ. އޭގެތެރޭގައި ޔޫއޭއީ އާއި ބަހްރެއިން އާއި އޮމާންގެ އިތުރުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނީޝިޔާ ހިމެނެއެވެ.

ހަނދު ސާބިތުކުރުމާއި، ފަލަކީ ހިސާބުތަކުގެ މައްޗަށް ރިއާޔަތްކޮށް ހަނދު ފެނިއްޖެކަން ނުވަތަ މަސްފެށި ނުވަތަ މަސް ނިމިއްޖެކަން ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީ ދީނީ އިލްމުވެރިންނާއި، ދީނީ މުއައްސަސާތަކާއި، ގައުމުތަކުގެ ސަރުކާރު ތަކުގެ އަތްމަތީގައެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކަށް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ 17 މެއި 2018 ވީ ބުރާސްފަތި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަދީޖާ

    تقبل الله منا ومنكم، عيد مبارك

  2. އަލީ

    ފަލަކީހިސާބައްވެސް ރައީސް ޔާމީ ވަރެއްނެތް. މިހާރު ބޮޑެތި ޤައުމުތަކުންވެސް ބަލަނީ ރާއްޖޭގެ ނިންމުންތަކައް.