އިންޑިއާގައި ހައްޔަރު ކޮށްގެން ގެންގުޅުނު 23 ވެލާ ސަލާމަތް ކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނީ، އެގައުމުގެ ސިޓީއެއް ކަމަށްވާ ގުރުގްރާމްގައި ހައްޔަރު ކޮށްފައިވާ 23 ވެލާ ހޯދާފައިވަނީ އެތަކެތީގެ ވިޔަފާރި ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ސަލާމާތް ކޮށްފައިވާ ވެލާގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ ވެލާ ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރުމަށްފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ވެލާގެ ވިޔަފާރި ކުރަން އުޅުނު ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން ވެސް ފުލުހުންނަށް ވަނީ އެ ސިޓީގައި ވެލާގެ ވިޔަފާރި ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް އޭރު އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާގައި ވެލާގެ ވިޔަފާރި އަކީ ހުއްޓުވިފައިވާ ކަމެއް ނޫނެވެ. ދުވާލެއްގެ މައްޗަށް އެތައް ވެލައެއް މަރާ ކަމަށް ވެސް ރިޕޯޓްތަކުން ދައްކައެވެ. އެހެން ނަމަވެސް އެފަދަ އަމަލުތައް ހިންގަނީ ވަގަށް ކަމުން އެފަރާތްތަކާއި މެދު ފިޔަވަޅު ނޭޅި ގިނަ ފަހަރު މުޖުތަމައުގައި އެ އަމަލުތައް ތަކުރާރު ކުރަމުން ގެންދެއެވެ.

އިންޑިއާގައި ވެލާ ކަހަނބު ހިމާޔަތް ކޮށްފައިވަނީ 1972 ވަނަ އަހަރުގެ ތެރޭގައެވެ. އެގަވައިދުގައި ބުނާ ގޮތުން ނަމަ، ވެލާ ހިފައި އެތަކެއްޗަށް އަނިޔާދޭ ފަރާތްތަކަށް އެއްލައްކަ ރުޕީސް އިން ޖޫރިމަނާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިންޓި

    ކިތަށް މުސްލިމުން މަރާލިތޯ ބަލާބަލަ!