ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރިކޯޑު ޕުއާޓޯ ރީކަން އަށް ނިސްބަތްވާ އެމީލިއޯ ފްލޯރެސް މާކަޒް ނަމަކަށް ކިޔާ މީހަކު ހަދައިފިއެވެ. ބުދަ ދުވަހު ދުނިޔޭގެ ރިކޯޑު ރެކޯޑު ފޮތުން މާކަޒް ޖާގަ ހޯދާފައިވާ އިރު އޭނާގެ އުމުރަކީ 112 އަހަރާއި 327 ދުވަހެވެ.

މާކާޒް އުފަންވެފައިވަނީ 1908 ވަނަ އަހަރު ކެރޯލީނާ އަށެވެ.

އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން މާކާޒް ބުނީ އެއީ މީހުންނަށް އޯގާތެރިވުމާއި ދީލަތިވުން ކަމަށެވެ. އަދި އޭނާގެ ބައްޕަ އޭނާއަށާއި އޭނާގެ އާއިލާގެ އެހެން މީހުންނަށް ދަސްކޮށްދިން ކަންކަމަކީ އެއީ ކަމަށް މާކާޒް ބުންޏެވެ.

ކުޑަކުރި މާކާޒް ކުރި މަސައްކަތަކީ އާއިލާ އާއެކު ދަނޑުވެރިކަން ކުރުމެވެ. އޭނާ ތައުލީމު ހާސިލް ކުރީ އެންމެ ތިން އަހަރު ދުވަހަށެވެ. މާކާޒްގެ އާއިލާއިން ދިރިއުޅުމަށް ކުރާ މަސައްކަތަކީ އުއްދަނޑި ހެއްދުމެވެ.

މާކާޒް 75 އަހަރުވަންދެން ކައިވެނިކޮށްގެން ހުރީ އެންޑްރޭ ޕެރޭޒް ޑޭ ފްލޯރެސް އާއެވެ. ދެމީހުންނަށް ހަތަކު ކުދިން ލިބިފައިވާއިރު މާކާޒްގެ އަންހެނުން 2010 ވަނަ އަހަރު ވަނީ މަރުވެފައެވެ.

އެންމެ ފަހުން ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެންމީހާގެ ރެކޯޑު ހަދާފައި ވަނީ ރޯމާނިޔާ ދުމިޓްރޫ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފާއިތުވި އަހަރު މަރުވެފައިވާއިރު އޭނާގެ އުމުރަކީ 111 އަހަރާއި 219 ދުވަހެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އަކީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ކޭން ތަނަކާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ އުމުރަކީ 117 އަހަރާއި 41 ދުވަހެވެ. ތަނަކާ އުފަންވެފައި ވަނީ 1903 ވަނަ އަހަރުގެ ޖަނަވަރީ 2 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާވިމް

    "އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން މާކާޒް ބުނީ އެއީ މީހުންނަށް އޯގާތެރިވުމާއި ދީލަތިވުން ކަމަށެވެ." އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތް މީ. އުމުރު ދިގުވާން އެދޭނަމަ ގާތް ތިމާގެ މީހުންނަށް އޯގާތެރިވެ، އަޅާލާ އުޅުމަށް.