ނުރައްކާތެރި ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާފައިވާ ކޮވިޝިލްޑް ވެކްސިން ޖަހައިގެން ޔޫރަޕްގެ ނުވަ ޤައުމަކަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.

ކޮވިޝިލްޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދަތުރުކުރުމުގެ ފުރުސަތުހުޅުވާލާފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ، ޖާމަނީ، ސްލޯވޭނިޔާ، ގްރީސް، އައިސްލެންޑް، އަޔަލެންޑް އަދި ސްޕެއިން ހިމެނެއެވެ.

އެސްޓޯނިޔާ އިން ބުނެފައިވާގޮތުގައި އިންޑިއާ ސަރުކާރުން ބޭނުންކުރަން ހުއްދަދީފައިވާ ހުރިހާ ވެކްސިނެއް ޖަހާފައިވާ ފަރާތްތަކަށް އެޤައުމަށް ދަތުރުކުރެވޭނެ އެވެ.

ކޯވެކްސިން އާއި ކޮވީޝިލްޑް ވެކްސިން ޖަހާފައިވާ އިންޑިޔާ ރައްޔިތުންނަށް އީޔޫގެ ޤައުމުތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް އިންޑިއާއިން ވަނީ އީޔޫ އަށް އެދިފަ އެވެ.

ޔޫރައިޕިއަން ޔޫނިއަން ޑިޖިޓަލް ކޮވިޑް ސެޓްފިކެޓް ނުވަތަ ގްރީން ޕާސް ބޭނުންކުރަން ވަރަށް އަވަހަށް ފަށާނޭ ކަމަށް އީޔޫ އިން ބުނެފައިވާއިރު އީޔޫ އިން ބުނީ މިއީ ވަގުތީގޮތުން ހަދާފައިވާ އުސޫލެއް ކަމަށެވެ.

ރާއްޖޭގެ ގިނަބަޔަކުވެސް ކޮވިޝިލްޑް ވެކްސިން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ ޢަދަދު ވަރަށް މަދެވެ. އަދި ކޮވިޝިލްޑް ވެކްސިން މާލޭގައި ޖެހުން ވަގުތީގޮތުން ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ. މިއީ ގިނަބަޔަކު އެކަމާ ކަންބޮޑުވާކަމެއްކަން ފާހަގަ ކުރެވެ އެވެ.

ކޮވިޝިލްޑް ވެކްސިނަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ކޮންމެ މަހަކު 60 މިލިއަން ޑޯޒް އުފައްދަމުން އައިސް އިންޑިޔާއިން ކޮވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ވެކްސިން އުފައްދާ މިންވަރު ކޮންމެ މަހަކަށް 90 މިލިއަން ޑޯޒަށް ވަނީ އިތުރުވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު