މިވަގުތު މުޅި ދުނިޔެއަށް ކުރިމަރިވެފައިވާ ކޮވިޑްގެ ބަލި މަޑު ކަމަކީ އެކަމަކުން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ކުރަމުން އަންނަ އެއްކަމެވެ. ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރަމުން އަންނަ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ވަނީ ވެކްސިނާއި ގުޅޭ ގޮތުން އެކި ސުވާލުތަކެއް ކޮށްފައެވެ.

އެގޮތުން ބައެއް ފަރާތްތަކުން ކޮށްފައިވާ އެއް ސުވާލަކީ ވެކްސިންގެ ސަބަބުން އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ނުވަތަ އޯވާރީއަށް އެކަމުގެ އަސަރު ކުރޭތޯއެވެ.

މޭއި މަހުގެ ތެރޭގައި ސްޓީވް ރިޝް ލިޔެ، ޓްރައިލްސައިޓު ނޫހުގައި ޝާއިރު ކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ "އާރުއެންއޭ: ވެކްސިނުން ދަރިމައިވުމަށް އަސަރު ކުރާ ކަމަށެވެ. އެ އާޓިކަލް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް ވަނީ އެކަމުގެ ބިރު ގިނަ ބައެއްގެ ތެރޭގައި އުފެދިފައެވެ.

އެހެން ނަމަވެސް ސައިންސްވެރިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެ ނޫހުގައި ވަނީ ފާއިޒާ ވެކްސިނާއި ގުޅޭ ގޮތުން ބަޔަކު މީހުން ހިއްސާ ކޮށްފައިވާ ވާހަކަތަކެއް ވެސް އާއްމު ކޮށްފައެވެ. އޭގައި ބުނާ ގޮތުން ނަމަ ވެކްސިންގެ ސަބަބުން އަންހެނުންނަށް އެކި ކަހަލަ ކަންކަން ކުރިމަތިވެއެވެ. އެހެން ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް ސައިންސްވެރިން ވަނީ ނިންމާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް ވެކްސިންގެ ސަބަބުން އަންހެނުންގެ ދަރިފަނި ވުމުގެ ނިޒާމު ނުވަތަ އޯވަރީއަށް އެއްވެސް ކަހަލަ އަސަރެއް ނުކުރެއެވެ. މިއާއި ހިލާފަށް ވެކްސިންގެ ސަބަބުން އެފަރާތްތަކަށް ރައްކާތެރިކަމާއި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މައިގަނޑު ގޮތަކަށް ސައިންސްވެރިން ގަބޫލު ކުރަނީ ވެކްސިންގެ ސަބަބުން އަންހެނުންނަށް ދިމާވާ އެފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ސައިންސްވެރިން އަންނަނީ އެކަމުގެ ދިރާސާ ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ދުނިޔޭގެ އާބާދީ ދުއްވާލަން “ރޮކްފެލައިން” އުފައްދާފައިވާ އެއްޗެއް ވެކްސިނަކީ....... އެއީ އޭގެން އެއްވެސް މަންފާއެއް ނުކުރާ ބަޔޯ ވިހަ ދިޔަވަރެކެވެ.

    10
    3
  2. ފެކްޓްސް

    ސައިންސްވެރިންގެ ބަޔަކު ވަކިގޮތަކަށް ޤަބޫލު ކުރީމަ އެއި ތެދަށް ނުވަތަ ހަޤީގަތްކަމަށްވެސް އެބަވޭ! ގެއްލުން ނުވާނެއޭ ބުނާ މީހުން އެހެނެ ބުނާއިރު ވެކްސިން އުފައްދާ ކުންފުނިން ވެކްސިން އިންސާޓުތަކުގައި ލިޔެފައެބަވޭ އެއިން ދަރިމައި ވުމަށް އަސަރު ކުރޭތޯ ބަލާފައި ނުވާނެކަމަށް.. ދެން ބަލާ ބަޔަކު ބަލާފަ އެބަބުނޭ ގެއްލުން ވާކަމަށް..
    މި މީހުން އެކަން ބަލާފަނުވަނީ ނުވަތަ ބަލާފައި ނުވާކަމަށް ބުނަނީވެސް އޮޅުވާލުމަށް. އަސްލު އެމީހުންނަށް ހަމަ ހުރިހާ އެއްޗެއްވެސް އެނގޭނެ. މި މީހުންގެ ވިޔަފާރި މުދާ ހިމާޔަތްކުރުން ނޫން ކަމެއް އެބަކުރޭބާ؟

    11
    2