ކޮވިޑް-19 އަށް ފައްސިވެފައިވާ މާބަނޑު މީހަކު ދުވަސް ނުފުރައި ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެ ކުއްޖަކު އެމެރިކާގައި މަރުވެއްޖެއެވެ.

އެމެރިކާގެ ސަން ފަރްނަންޑޯ ޖެނެރަލް ހޮސްޕިޓަލަށް ވިހާފައިވާ މި ދެކުދިން ވިހާފައިވަނީ މީގެ ދެދުވަސް ކުރިން ނަމަވެސް، އެތަނުނަ އެއް ކުއްޖަކު ނިޔާވެފައިވަނީ އިއްޔެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އުމުރުން 37 އަހަރުގެ އެ އަންހެން މީހާ ވިހާފައިވާ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މަރުވެފައިވާއިރު، އަނެއް ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާ ބުނެފައިވަނީ ޑޮކްޓަރުން އަވަހަށް އެކަމާއިގެން އުޅުނުނަމަ، ދެކުދިން ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

އެއަންހެން މީހާގެ އާއިލީ މީހަކު ބުނީ، ކުއްޖާ ނިޔާވުމުން އޭނާ ވަރަށް ހިތާމަ ކުރި ކަމަށާއި އެކަން އެގޮތަށް ވެގެން ދިޔައީ ޑޮކްޓަރުން ފަރުވާ ކުޑަ ކަމުން ކަމަށެވެ.

"އޭނާގެ ދެ ފިރިހެން ކުދިން ތިބޭ. އޭނާ އުޅުނު އުފަލުން ފަހުން ލިބުނު ދެ އަންހެން ކުދިން ގޮވައިގެން ގެއަށްދާން. އެކަމަކު އެއްކުއްޖަކު މިހާރު މަރުވީ. އަނެއް ކުއްޖާ އޮތީ ސީރިއަސް ހާލަތުގައި" އޭނާގެ އާއިލީ މީހަކު ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވަނީ ކޮވިޑަށް ފަރުވާ ހޯދުމަށެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ބަނޑަށް ތަދުވެ ވިހެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ އެކަން ހިނގާދިޔަ ގޮތް ބަލައި ދިނުމަށް ކަމާއި ބެހޭ އިދާރާތަކަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު