ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުގެ ސިންގަލް ނޭޝަނަލް ކަރިކިއުލަމް (އެސްއެންސީ) އާއި އެ ކޮމިޓީގައި ތިބި ދީނީ އިލްމުވެރިން ގުޅިގެން ޕާކިސްތާން ސްކޫލް ކުދިންގެ ފޮތްތައް ބަލަން ފަށައިފިއެެވެ.

ދީނީ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ޕާކިސްތާން އެޑިއުކޭޝަނަލް ސާކިއުލާގައި ވަރަށް ކުރީއްސުރެ މައްސަލަތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. ޕާކިސްތާނުގެ އެޑިއުކޭޝަނަލް ސިސްޓަމް ބިނާވެފައިވާ ގޮތުން ޒަމާނަށް ދަރިވަރުން ހޭލުންތެރިކުރުމުގެ އެއްވެސް ބައެއް ހިމަނާފައިނުވާކަން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

ލިޔުންތެރިޔާ އަދި ޑޮކްޓަރ، ޕާވެޒް ހުޑްބޯއީ ދާދި ފަހުން އާންމު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެސްއެންސީގެ ޓީމުން ފޮތްތައް ސުޕަވައިޒްކޮށް، ދީނީ ގޮތުން ރަނގަޅުނޫން ކަމެއް ކަމަށް ބުނެ ދަރިވަރުންގެ ސުކޫލުު ފޮތްތަކުގައި އިންސާނުންގެ ގުނަވަންތައް އެނގޭ ފަދަ ކުރެހުންތައް ނުވަތަ ޑައިގްރާމްތައް ނުހިމެނުމަށް ޓެކްސްޓް ފޮތްތަށް ޕަބްލިޝްކުރާ ފަރާތްތަކަށް އިންޒާރު ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައިންސް ފޮތްތައް ހިމެނެއެވެ.

ދަރިވަރުންނަށް ބަޔޮލޮޖީ ކިޔަވައި ދިނުމުގައި ޑައިގްރާމްތަކަކީ މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. ބައެއް ފިލާވަޅުތަކުގައި ކުދިންނަށް ފަހުމް ވާނެހެން ކިޔައިދިނުމަށް ޑައިގްރާމްތައް ބޭނުން ކުރެއެވެ. އެހެން ކަމުން ޑައިގްރާމްތަކާއި ނުލައި ބަޔޮލޮޖީ ކިޔަވައިދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެ ލިޔުމުގައިި ފާހަގަ ކޮށްފައިވެއެވެ.

ޕާކިސްތާނުގައި އުރަމަތީގެ ކެންސަރާއި ބިސްރަވައިގެ ކެންސަރު ޖެހިގެން މަރުވާ މީހުން ގިނައެވެ. އަހަރެއްގެ މައްޗަށް ހާހެއްހައި މީހުން ބިސްރަވައިގެ ކެންސަރުގައި ޕާކިސްތާނުން މަރުވާ ކަމަށް ލަފާކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ކުދިންނަށް "އުރަމަތި" އަދި "ބިސްރަވަ" ފަދަ ނަންތައް ބުނުން ވެސް ވަނީ ލަދުވެތި ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރުގެ އަލާމާތްތައް ފެނުން ކަމުގައި ވިޔަސް އެކަން ހާމަކުރަން ލަދުން ތިބެނީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހުމަ

    ބިސްރަވައަކީ ކޮބައިތޯ؟

    • ޙ

      އޯވަރީ

  2. ނާނީ

    ވަގުތުގެ ކުދިން ކޮޅު ހާދަމޮޅުވެއްޖެއޭ
    އަލުގަނޑުވެސް މހިތައްއަރަނީ ބިސްރަވަ އެއީ ކޮންއެއްޗެއް ބާވައޭ
    އިގޭކުއްޖަކު ކިޔާދީބަލ

  3. ހުސޭނުބޭ

    ރާއްޖޭގައި ވިއްޔާ ދާނީ ތީގެ ދިމާ އިދިކޮޅަށް
    ވަނާތައް އިތުރަށް ފާޅުކުރާނީ

    7
    2
  4. ދޮންބިސް

    ޙަ އުދަ ސަޅި ޔުނީފޯމެކޭ..
    ބިސްރަވަ އެ އީ އޯވަރީ ތަ.؟ ނޭގޭތީ އަހާލީ ހަމަ.
    ޑަ އިގްރަމް ދަ އްކާލަބަލަ.

  5. މުޙައްމަދު

    މިހާރު ހިތަށް އަރާ ސައިންސް ސްޓްރީމް ކިޔެވުން ނަމައޭ