އިންޑިއާގައި މުސްލިމް އަންހެނުންނަށް ނޭނގި އެމީހުންގެ ފޮޓޯ ޖަހައި، އެއީ "ވިއްކާ އަންހެނުން" ކަމަށް ބުނެ އިސްތިހާރު ކުރާ އެޕްލިކޭޝަނެއްގެ މައްސަލަ ބައެއް އަންހެނުން ފުލުހުންނަށާއި، ކަމާބެހޭ އެހެން އިދާރާތަކަށް ހުށަހަޅައިފި ކަމަށް "ބީބީސީ" އިން ބުނެފިއެވެ.

"ސުއްލި ޑީލްސް" ނަމުގައި ހަދާފައިވާ އެޕްލިކޭޝަނަށް ލާފައި ހުންނަ ފޮޓޯއަކީ މުސްލިމް އަންހެނުން އެމީހުންގެ އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ މީސް މީޑިއާ އެކައުންޓްތަކުގައި ބޭނުން ކުރާ ފޮޓޯތައް ކަމަށް އެއަންހެނުން ވަނީ "ބީބީސީ" އަށް މައުލޫމާތު ދެމުން ބުނެފައެވެ.

މިއެޕްލިކޭޝަންގައި ފޮޓޯ އާއްމުކޮށް ވިއްކާ އަންހެނެއް ކަމަށް ބުނެ އިސްތިހާރު ކޮށްފައިވާ އެކަކި ހަނާ ހާން އެވެ. ޕައިލެޓެއް ކަމަށްވާ ހަނާ ބުނާ ގޮތުގައި އޭނާގެ ސަމާލުކަމަށް މިއެޕްލިކޭޝަން އައީ އޭނާގެ ރަހުމަތްތެރިޔަކަށް އޭނާގެ ފޮޓޯ ފޮނުވުމުންނެވެ. ހަނާ އެޕްލިކޭޝަން ބަލާލިއިރު އެޕްލިކޭޝަންގައި އޭނާގެ ބައެއް ރަހުމަތްތެރިންގެ ފޮޓޯތައް ވެސް ހުއްޓެވެ. ހަނާ އަށް ވަނީ 83 އަންހެނެއްގެ ފޮޓޯ ޖަހައި، މިއެޕްލިކޭޝަންގައި އެމީހުން ވިއްކަން އިއުލާން ކޮށްފައިވާކަން ފާހަގަ ކުރެވިފައެވެ.

މުސްލިމް އަންހެނުން ބުނާ ގޮތުގައި މިއެޕްލިކޭޝަނަކީ ހިންދޫ އިން މުސްލިމުންނަށް ފާޑުކިޔައި މުސްލިމުންގެ އަގު ވައްޓާލުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރުވި ބޮޅެކެވެ. ހަގީގަތުގައި އަންހެނުން ވިއްކުމުގެ އެއްވެސް ކަމެއް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަކަށް ނުގެންދެއެވެ.

"އަހަރެންނަކީ އަންހެނެއް. އަހަރެމެންގެ އަޑު ކަނޑުވާލަން ވެގެން ކުރަމުން އަންނަ ކަމެއް މިއީ." ހަނާ ބުންޏެވެ.

މިއީ މުސްލިމް އަންހެނުންނަށް އިންޑިއާގައި މިފަދަ ކަމެއް ކުރިމަތި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހު ވެސް އިންޑިއާ އާއި ޕާކިސްތާންގެ ގިނަ އަދަދެއްގެ މުސްލިމް އަންހެނުންގެ ފޮޓޯ އާއްމުކޮށް އީދުގެ އުފަލުގައި ވިއްކާ އަންހެނުންތަކެއް ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯއެއް ދައުރު ކޮށްފައި ވެއެވެ.

އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕް ކުރުން އެންމެ ގިނައިން ކުރިމަތިވާ އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވެސް ބޮޑުވަޒީރުކަމާއި ނަރެންދްރަ މޯދީ ހަވާލުވި ފަހުން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    މުސްލިމުންނާ ތިވަރުގެ އަދާވާތްތެރި ވެރިކަމެއް އޮތް އިންޑިއާއިން މުސްލިމުންނަށް ހެޔޮއެދިގެން ކޮންކަމެއްތޯ ކުރާނީ؟ ދިވެހިގައުމަށް އެހީ ދެނީ މުގައުމަށް އަތްގަދަކުރަންކަން ދިވެހިގެ ވެރިކަމުގާ ތިބި ބަޔަކަށް ނޭނގުނަސް ދިވެހި ރައްޔިތުން ހަނދާން ބަހައްޓާނެ.

    2
    1
  2. ޙަސަނާ

    މިރާއްޖޭގަވެސް 65 ގޮޑި އަތުޖެހުނުފަހުން އުޅެފަނޫޅޭނެގޮތެއް ލާދީނީ ގުރޫޕުގަޑައް އެއުޅެނީ ނީގިގެން މިތާވެސް ވެރިކަންކުރަނި މޯދީ ގެ އޯޑަރައް މޮދީ ބޭނުންގޮތައް..