ކޮވިޑް-19 ޖެހިގެން ހަ ގައުމަކުން މިއަދު މިހާތަނަށް ގިނަ ބަޔަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ބައިނަލްއަޤުވާމީ އިދާރާއަކުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 16 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އިންޑޮނޭޝިއާއިންނެވެ. އެގައުމުން މިއަދު މިހާތަނަށް 1،007 މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ހިމެނެނީ ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އިންޑިއާ، ރަޝިއާ، އިރާން، މެކްސިކޯ އަދި ފިލިޕިންސްއެވެ.

އިންޑިއާއަށް ބަލާއިރު، އެގައުމުން މިއަދު މިހާތަނަށް 117 މީހަކު މި ބަލީގައި މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 408،189 އަށް އަރާފައެވެ. ރަޝިއާއިން 749 މީހަކު މަރުވެ އެގައުމުން ބަލި ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 143،002 އަށް އަރާފައެވެ.

އިރާނުން 165 މީހަކު މިއަދު މިހާތަނަށް މަރުވެފައިވާއިރު، މެކްސިކޯއިން 232 މީހަކު ވަނީ މަރުވެފައެވެ. އަދި ފިލިޕިންސްއިން 105 މީހަކު ވަނީ މަރުވެފައެވެ.

މިއަދުގެ މިހާތަނަށް 11 ގައުމަކުން ގިނަ ބަޔަކު މަރުވެފައިވާއިރު، އެދުވަހަކަށް މަރުވާ މީހުންގެ އަދަދު ބަލާ ވަގުތާއި ހަމައަށް މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ގައުމުތަކުން މަރުވި މީހުންނާއި އެކީ މިއަދު މިހާތަނަށް ބަލި ފެތުރިފައިވާ 220 ގައުމަކާއި ސަރަހައްދަތަކުން މަރުވި މީހުންގެ އަދަދު ވަނީ 3،089 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު