ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައިސް، ވެރިރަށް ޓައިޕޭ އަށް ބިންހެލުމެއްގެ މިއަދު އަސަރުކޮށްފިއެވެ.

ޓައިވާންގެ ސެންޓްރަލް މޫސުމާ ބެހޭ ބިޔުރޯ އިން ބުނީ ބިންހެލުން އައި 6.5 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށެވެ. ބިންހެލުން އައީ އިރުއުތުރު ޔިލާން ކައުންޓީ އަށް ޓައިވާން ގަޑިން މެންދުރު 01:11 ގައި ބިމުގެ 67 ކިލޯމީޓަރު އަޑިންނެވެ.

ނަމަވެސް މި ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއްކޮށްފައި ނުވެއެވެ. އެކަމަކު، ބިންހެލުން އައި ގަޑީގައި ވެރިރަށް ޓައިޕޭގެ ބޮޑެތި އިމާރާތްތައް ވަރަށް ބޮޑަށް ތެޅުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބިންހެލުން އައުމާ ގުޅިގެން ރޭލު ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޓައިޕޭގައި ތިބި ބައެއް ނޫސްވެރިން ބުނީ ބިންހެލުމުގެ އަސަރު 30 ސިކުންތު ވަންދެން ކުރި ކަމަށެވެ. އަދި މިއީ ބިންހެލުމުގެ އަސަރު މި އަހަރު މިހާ ބޮޑަށް ކުރި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ނޫސްވެރިން ބުނެއެވެ.