ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރަޗީގެ ފްލެޓެއްގެ ތެރެއިން ކޮށައި ކުދި ކޮށްލާފައި އޮތް ފިރިހެނެއްގެ ކައިރީގައި ނިދަން އޮތް އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުންނަށް އެކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވަނީ އެސަރަހައްދުގައި ދިރިއުޅެމުން އަންނަ ބައެއް ފަރާތްތަކުންނެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ލިބުނު މައުލޫމާތަކަށް ކަރަޗީގެ ފްލެޓަކަށް ވަން އިރު ކޮށާލާފައި އޮތް އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑު ކައިރީގައި އަންހެނަކު ނިދާފައި އޮތްތަން ފެނުނު ކަމަށެވެ.

އެ އިމާރާތަކީ އެއީ ސައްދާރު ސަރަހައްދުގެ ބާ ވެފައިވާ އިމާރާތެއް ކަމަށާއި ފިރިހެން މީހާގެ އެކި ގުނަވަންތައް ހުރީ އެކި ތަންތަނުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގައުމުގެ ފުލުހުންގެ ސީނިއާ އޮފިސަރެއް ކަމަށްވާ ޒުބެއިރު ނަޒީރު ބުނެފައިވަނީ މިކަމާއި ގުޅިގެން އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ކައިރިން ހަށިގަނޑުގެ ބައިތައް ފެނުމުން އެ ފިރިހެން މީހާ މަރާލާފައިވަނީ އޭނާ ކަމަށް ތުހުމަތު ކޮށް ކަމަށެވެ.

ނަން ހާމަ ކޮށްފައިވާ ނުވާ އުމުރުން 45 އަހަރުގެ އެ އަންހެން މީހާ އެކަން ކޮށްފައިވަނީ ކޮން ތާރީހެއްގައި ކަން އަދި ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެއީ ވަރަށް ފަހުން ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އަންހެން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި. އެއީ އަންހެން މީހާގެ ހެދުމުގައި ގިނަ އަދަދަކަށް ލޭހުރި. އަދި ވަޅި އަކާއި މަރުތޭލެއް ވެސް ވަނީ އެތަނުން ފެނިފައި" ޒުބެއިރު ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މަރުވެފައި އޮތީ އެ އަންހެން މީހާގެ ފިރިމީހާ ކަމަށެވެ. އެހެން ނަމަވެސް އަންހެން މީހާ އެކަމަށް ދެކޮޅު ހަދާ ކަމަށާއި އަންހެން މީހާ ބުނެފައިވަނީ އެއީ އޭނާގެ ދައްތަ ކައިވެނި ކޮށްގެން އުޅޭ ފިރިހެން މީހާ ކަމަށް ބުނެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައްބު

    ކޮއްކޮ އަށްމާ ނިދުނީތާ !! ތީ ދައްތަ ކުރިކަމަކާ ވައްތަރީ //