އެމެރިކާގެ މޯގޭޖް ކުންފުންޏެއް ކަމަށްވާ ބެޓަ.ކޮމް ގެ ޗީފް އެގްޒެކެޓިވް ޒޫމް ކޯލެއްގައި 900 މުވައްޒަފުން ވަޒީފާއިން ކަނޑާލުމުން އޭނާ "ހޫނު ފެނަށް" ލައިފިއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ކުރި ވީޑިއޯ ކޯލެއްގައި އެތައް ސަތޭކަ މުވައްޒަފުން ވަކި ކުރި ވީޑިޔާ މީސްމީޑިޔާގައި ދައުރުވެ އެތައް ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ. އަދި އޭނާއާއި މެދު ފިޔަވަޅު އެޅުމަށް އެތަށް ބަޔަކު ވަނީ ގޮވާލާފައެވެ. ބެޓަ.ކޮމް އިން މިހާރު ވަނީ ވިޝާލް ގަރްގް މަގާމުން އެކަހެރިކޮށް، ކުންފުނީގެ ބޯޑުން އޭނާގެ މައްސަލަ ބަލަން ފަށައިފައެވެ.

ގަރްގް ބުނީ ވިޔަފާރި ކުރިއެރުވުމަށާއި މަސައްކަތުގެ ފެންވަރު އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް އެ މަސައްކަތްތެރިން އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާކަމަށެވެ.

"މި ކޯލްގައި އުޅޭނަމަ، ތިބާއަކީ ވަކިކުރާ މީހުންގެ ތެރެއިން ބަދުނަސީބުވެރި ގްރޫޕުގެ މީހެއް" އެ ކޯލުގައި އޭނާ ބުންޏެވެ.

ސީއީއޯ 900 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެ ކޯލްގައި މައުލޫމާތު ދިނީ ބަންދު ދުވަސްތަކުގެ ކުރިން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އީމެއިލްއަކަށް އިންތިޒާރު ކުރެވިދާނެ ކަމަށާއި، އޭގެ ސަބަބުން ލިބޭނެ ފައިދާތަކާއި، ކަނޑާލާނެ ގޮތުގެ ތަފްސީލު މުވައްޒަފުންނަށް ދެވިދާނެ ކަމަށް ގަރްގް މުވައްޒަފުންނަށް އެންގިއެވެ.

ފޯޗުން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަރްގް ވަނީ ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ އެކުވެރިންނާއި ކަސްޓަމަރުންގެ އަތުން "ވައްކަން" ކުރީ އިހުސާންތެރިކަމެއް ކަމެއް ނެތުމުން ކަމަށާއި އެމީހުންނަކީ ދުވާލަކު ދެ ގަޑިއިރު މަސައްކަތް ކުރާބައެއްކަމަށް ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު