އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް ސާވިސް (ސީއައިއޭ) ގެ ފުރިހަމަ ސަމާލުކަން ޖާސޫސު ކުރާ ގައުމުތަކަށް ދޭން ފަށައިފިއެވެ.

ސީއައިއޭއިން ދުނިޔޭގެ ޖާސޫސު ކުރާ ބޮޑެތި ގައުމުތަކަށް ފުރިހަމަ ސަމާލުކަން ދޭން ނިންމާފައިވާކަމަށް ހާމަކޮށްފައި މިވަނީ ސީއެންއެން އިންނެވެ. ސީއެންއެން އިން ރިޕޯޓުކުރާގޮތުގައި ސީއައިއޭއިން މިހާރު ވަނީ ޗައިނާ އާއި ރަޝިއާ ފަދަ ދެކޮޅުވެރި ފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމުގެ ގޮތުން، އެ ގައުމުން ޖާސޫސް ކުރާ ނެޓްވޯކްތައް ދެނެގަނެ އަތުލައިގަތުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ އެ ސާވިސްގެ މުވައްޒަފުން ދޭން ފަށައިފައެވެ.

ނިރުބަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގާ ވަރުގަދަ މިޝަންތަކަށްވުރެ ބޮޑަށް ޖާސޫސު ކުރާ ފަރާތްތަކާއި ދެކޮޅަށް ހިންގާ މިޝަންތައް އިތުރުކުރުމުގެ ގޮތުން ޖާސޫސު ކުރާ ގައުމުތަކުގެ ބަހާއި އެފަދަ ގައުމުތަކަށް ގޮސް ޓެކްނޮލޮޖީގެ އެހީގައި މައުލޫމާތު ހޯދުމަށް މީހުން ތަމްރީނުކުރުމަށް މިހާރު ވަނީ އަމާޒު ފަށާފައިއެވެ.

9/11 ގެ ހަމަލާއަށްފަހު ސީއައިއޭގެ މުވައްޒަފުންނަށް ދީފައިވާ މިނިވަންކަން އިތުރުވެފައިވާއިރު ކުރިޔަށް އޮތް ތަނުގައި ބޭރުގެ ބިޔަ ގައުމުތައް ޖާސޫސު ކުރަން ފެށުމުން އެފަދަ ފަރާތްތަކަށް އޮންނަ ރައްކާތެރިކަން ކުޑަވެގެންދާނެކަމަށްވެސް ބެލެވެއެވެ. އެއީ އެހެން ގައުމުތަކުން ސީއައިއޭގެ އެޖެންޓުންނަށް ލޯ އަމާޒުކުރާނެކަމަށް ބެލެވޭތީއެވެ.

އާ ސިޔާސަތުގެ ދަށުން ސީއައިއޭގެ މިޝަން ސެންޓަރުތަކުން ވަކި ޖިއޮގްރަފިކް ސަރަހައްދުތަކަށް އިސްކަން ދީގެން ޖާސޫސު ކުރުމުގެ ކަންކަން ރޭވިގެން ކުރިޔަށް ދާނެއެވެ. ނަމަވެސް މިއީ ސީއައިއޭއަށްވެސް ފަސޭހަކަމަށް ނުވާނެ ސަބަބަކީ ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ބާރުވެރި އަދި މުއްސަނދި ގައުމުތަކަކަށް ވާތީއެވެ.

ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް ވިދާޅުވީ މި ބަދަލަކީ ހަމައެކަނި ޗައިނާއަށް ރައްދު ދިނުން ނޫން ކަމަށެވެ.

ބޭރުގެ މަސްދަރުތަކުން ބުނާގޮތުގައި މިއީ އޭޖެންސީގެ މުސްތަގުބަލާ މެދު އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ގަދަވެގަތުމަށް ގެނެސްފައިވާ ބަދަލެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އެމީހުން ބޭނުން ކަންތައް ކޮށްފި އެވެ. އަރަބި ގައުމުތައް ބޮން އަޅާ ސުންނާ ފަތި ކޮށްފި އެވެ. ހަމަ އެކަނި މުސްލިމުން ލޭބަލް ވާ ގޮތައް ޓެރަރިޒަމްގެ ގާނޫނު ތަކެއް ހަދައިފި އެވެ.

    7
    1