މިދިޔަ ހަފުތާގައި ހެލިކޮޕްޓަރު ވެއްޓިގެން މަރުވި އިންޑިއާގެ އަސްކަރީޔާގެ ވެރިޔާ،ޖެނެރަލް ބިޕިން ރާވަތުއާ ގުޅޭ ގޮތުން ބަދުބަސް ބުނެ މީސްމީޑިއާގައި ޕޯސްޓުކުރާ މީހުން ހައްޔަރުކުރުމުގެ މަސައްކަތް އެގައުމުގެ ސަލާމަތީ ބާރުތަކުން ފަށައިފިއެވެ. އެގޮތުން މިހާތަނަށް އަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

ހެކިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި ޖެނެރަލް ބިޕިން ރާވަތު އާއި އަނބިކަނބަލުންގެ އިތުރުން އިތުރު 11 މީހުން ވަނީ މަރުވެފައެވެ. މި ހުރިހާ ފަރާތްތަކަކީވެސް ހެލިކޮޕްޓަރުން ދަތުރުކުރަމުން ދިޔަ މީހުންކަން ފާހަގަ ކުރެވެއެވެ.

ޖެނެރަލް ބިޕިން އަކީ އެތައް އަހަރެއް ވަން އިންޑިއާގެ އަސްކަރިއްްޔާގެ އެކި މަގާމުތަކުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާވެސް ވަރަށް އަރިސް މީހެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު އޭނާ އާއި ދިމާއަށް އެގައުމުގެ ރައްޔިތުން ބަދުބަސް ބުނަނީ އަސްކަރިއްޔާގައި އުޅުއްވި އިރު ކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.

ބިޕިން ކޮށްފައިވާ ލާއިންސާނީ ކަންކަމުގެ ތެރޭގައި އޭނާގެ ކާރުގެ ކުރީގައި އެގައުމުގެ ރައްޔިތަކު ބަނދެފައި ބޭއްވިވާހަކަތައްވެސް ދެކެވެއެވެ. އަދި އެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވިއެވެ.

އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ބިޕިން އަށް ބަދުބަސްބުނި މީހުންގެ ތެރެއިން ފުރަތަމަ މީހުން ހައްޔަރުކޮށްފައި ވަނީ ރާޖަސްތާން ސްޓޭޓުންނެވެ. އެކި ހިސާބުތަކުން އިންޑިއާގައި މި މައްސަލައާއި ގުޅިގެން މީހުން ހައްޔަރުކުރަމުންދާއިރު މީސްމީޑިޔާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެކު ހިޔާލުފާޅުކުރާ ފަރާތްތައްވެސް އެކި ނަންނަމުގައި ހައްޔަރުކުރާކަމަށް އެގައުމުގެ ރައްޔިތުން ފަހަކަށް އައިސް ބުނަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމާސާ

    ނިކަން ހައްޔަރުކޮށްބަލަ.... ތިއީ ކަޝްމީރުގެ ރައްޔިތުން މަރާލާފައި ހުރި ލާއިންސާނީ އެއްޗެއް.

    36
  2. އަރުޗަނާ

    އެންމެބޮޑު ޑިމޮކްރަސީ އޭކިޔައގެން އަނގަ ފުޅާކުރާއިރު މީ ކަންތައް ހުރިގޮތަކީ. ސަރުކާރުން ހިތްހަމަ ނުޖެހޭގޮތަކަށް އަނގަ ހުޅުވާލިޔަސް ޖަލަށް! ތާހިރެއްނު.

    38
  3. ވިސްނާފިކުރު ކުރާށެވެ.

    ވިސްނާ ކަންކަމުން ޢިބްރަތް ލިބިގަންނާށެވެ.އެއޮއްގަދަބާރުގަ އުޅެފަ އެންމެ ފަހުވަގުތު ނުވެސް ދަންނަ ބައެއްގެ ތރޭގަ ނިމި އެދިޔައީ ކުރެވުނު އަމުރުދަށުގަ ހުރި އެކަކުވެސް ނެތް އެއޮއްވަރުގަދަ މޮޓޯކޭޑެއްވެސް ނެތް ދުނިޔެއަކީ މިކަހަލަ ތަނެއް

    12
  4. އައްޑޫ މީހާ

    ލާއިންސާނީ އަމަލު ހިންގާ މީހުން ނިމިގެންދާނީ ވަރަށް ހިތި ގޮތަކަށް އެއީ މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު ކަމުގައި ވިޔަސްމެ އަދި ތިޔަ މޯދީވެސް ހިމެނޭ ގޮތައް މިބުނީ އިންޑިއާގެ މުސްލިމުންގެ ލޭ އެއްވެސް ހުރުމަތެއް ނެތި އޮހޮރުވަމުން އެދަނީ އޭގެ ހިތި ނަތީޖާ ފެންނާނެ