ކޮވިޑް-19 އާއި ގުޅިގެން އިންސާނާގެ ހަށިގަނޑަށް އެކި ކަހަލަ ބަދަލުތައް އަންނަ ވާހަކަ އަބަދު ވެސް މީހުން ދައްކަމުން ދެއެވެ. އޭގެ ތެރޭގައި މި ބަލީގެ ސަބަބުން އިންސާނާގެ ބޮލުގެ އިސްތަށި ފައިބާ ވާހަކަވެސް ހިމެނެއެވެ.

މިއީ އުމުރުން ހަތް އަހަރުގައި ކޮވިޑް ޖެހިގެން ބޮލުން އިސްތަށި ފައިބަން ފަށާފައިވާ ކެނެޑާއަށް އުފަން ސީޑާ ހާލް ނަމަކަށް ކިޔާ ކުއްޖެއްގެ ވާހަކައެވެ.

ސީޑާގެ އާއިލާ މީހުން ކޮވިޑަށް ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ މި ބައްޔަށް ފައްސިވެފައިވަނީ ސީޑާގެ މަންމަ ހާލް އެވެ. ހާލް އަކީ ކޮވިޑް ޖެހޭ ބަލި މީހުންނަށް ގޭގޭގައި ފަރުވާ ދެމުން އައި ލައިސަންސް ނަރުހެކެވެ.

ހާލް އަށް ކޮވިޑް ޖެހިފައިވާ ކަން އެނގިފައިވަނީ އޭނާގެ ހިތް މާ ބޮޑަށް ތެޅި ހުން އައިސް ގައިގައި ރިއްސަން ފެށުމުންނެވެ. އެކަން އެގޮތަށް ދިމާވާން ފެށި ހިސާބުން އޭނާ ވަނީ ކޮވިޑަށް ފައްސިވެފައިވާ ކަމަށް ބުނެފައެވެ. އެއާއި އެކީ 14 ދުވަހުގެ ކަރަންޓީނެއް އޭނާ ފުރިހަމަ ކުރިއެވެ.

ހާލް ކޮވިޑަށް ފައްސިވެގެން ކަރަންޓީނުގައި ހުރިއިރު، އޭނާގެ ފިރިމީހާ އާއި ދެ ކުދިންގެ ގައިން ފެނިގެން ދިޔައީ ބަލީގެ ކުދި އަލާމަތްތަކެވެ. ހާލް އަކީ ދިގު މުއްދަތަކަށް ބޭސް ކުރަމުން އަންނަ މީހެއްކަމުން އޭނާ ގިނަ ދުވަސް ހޭދަ ކޮށްފައިވަނީ އެނދުމަތީއެވެ.

އޭނާގެ ދެ ކުދިންގެ ތެރެއިން ސީޑާގެ ހާލު ދުވަހުން ދުވަހަށް ގޯސްވަމުން ދިޔައެވެ. އެހެން ނަމަވެސް ފެނިގެން ދިޔައީ އާދަޔާ ހިލާފު އަލާމާތްތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ހޮޑު ލުމުގެ އިތުރުން ބޮލުން އިސްތަށި ފައިބާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެކަން ވަރަށް އަވަހަށް ހިނގީ. ކޮންމެ ދުވަހަކު އެތައް އިސްތައްޓެއް ފައިބާ" ހާލް ބުނެފައިވެއެވެ. އަދި އެކަން އެގޮތަށް ވުމުން ސީޑާ ވަރަށް ދެރަވިއެވެ. އެކަމާއި ހިތާމަ ކުރާ ކަމަށް ހާލް ވަނީ ބުނެފައެވެ.

ސީޑާގެ ބޮލުން އިސްތަށި ފައިބާތީ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ބުނެފައިވަނީ ކޮވިޑް ސަބަބުން އެފަދަ ކަންކަން ދިމާވާކަމަށެވެ. އެހެން ނަމަވެސް އަދި ވެސް އެކަން ކަށަވަރު ކުރުމަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ހާލް ބުނެފައިވަނީ ސީޑާގެ ބޮލުގެ އެއްވެސް އިސްތައްޓެއް ވެސް ނެތް ހިސާބަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް ބަލިން ރަނގަޅުވެ ބޮލުގައި އިސްތަށިތައް ފަޅަން ފަށާފައިވާ ކަމަށެވެ. ސީޑާގެ ބޮލުގައި އިސްތަށިތައް ފަޅަން ފެށި ހިސާބުން ހާލް ބުނެފައިވަނީ ކުޑަ ކުއްޖެއް ނަމަވެސް މިވަގުތު އޭނާއަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ތި ވެދާނެ ކޮވިޑައި ގުޅިގެން ދޭ ވެކްސިންގެ ސަބަބުން ވާގޮތެއްކަމަށް.

    3
    5
    • 😒

      ރަނގަޅަށް ކިޔާފަ ލިޔެބާ. އެއޮތީއެންނުން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހޭ ތޯ ބަލަން އުޅޭ ވާހަކަ.