2022 ވަނަ އަހަރަށް ސަލާމަތީ ގޮތުން އެންމެ ނުރައްކާ ބޮޑު ގައުމުތައް ކަމަށް ބެލެވޭ ގައުމުތަކުގެ އާ މެޕެއް ހާމަކޮށްފިއެވެ.

ދުނިޔޭގެ މެޑިކަލް އެންޑް ސެކިއުރިޓީ ސްޕެޝަލިސްޓުން ކަމަށްވާ އިންޓަރނޭޝަނަލް އެސްއޯއެސްއިން ހާމަކުރި މި ޗާޓުގައިވާގޮތުން އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި ސޫރިޔާ، ލީބިޔާ އަދި އަފްޣާނިސްތާން ހިމެނެއެވެ. މި ޗާޓު އެކުލަވާލުމަށް ބަލާފައިވާ ދާއިރާތަކުގެ ތެރޭގައި ގައުމުތަކުގެ ސިޔާސީ ހަމަނުޖެހުންތަކާއި، ނިރުބަވެރި އަމަލުތައް، ސިޔާސީ މަޤްޞަދެއްގައި ހިންގާ ހަމަނުޖެހުންތަކާއި، ހަނގުރާމައާއި، އިޖްތިމާޢީ ހަމަނުޖެހުމާއި، މާރާމާރީއާއި، ކުދި ކުށްތައް ހިމެނެއެވެ.

މި ޗާޓު އެކުލަވާލުމުގައި ކޮންމެ ޤައުމަކަށްވެސް ރޭޓިންގ ދިނީ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރގެ ހަރުދަނާކަމާއި، ޞިނާޢީ ގުޅުންތަކުގެ ޙާލަތާއި، ސަލާމަތީ އަދި ކުއްލި ޚިދުމަތްތަކުގެ ހަރުދަނާކަމާއި، ޤުދުރަތީ ކާރިސާތަކަށް ޤައުމު އޮތް މިންވަރަށް ރިޢާޔަތް ކޮށްފައި އެވެ.

ފަސް ދަރަޖައަކަށް ނުރައްކާތެރިކަން ބަހާލާފައިވާގޮތަށް ހަދާފައިވާ މި ޗާޓުގެ އެންމެ ކުޑަމިންވަރަށް ނުރައްކާތެރިކަން އޮތް ގައުމުތަކުގެ ދަރަޖަ "އިންސިގްނެޓިވް" ލިބިފައިވަނީ ހަމައެކަނި ހަތް ގައުމަކަށެވެ. އެއީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ އައިސްލޭންޑް، ޑެންމާކް (އަދި ގްރީންލޭންޑްގެ އޮޓޮނޮމަސް ޓެރިޓަރީ)، ނޯވޭ، ފިންލެންޑް، ސްވިޒަލެންޑް، ސްލޮވީނިއާ އަދި ލަގްޒެމްބާގް އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކާ އެކު، އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ، އިނގިރޭސިވިލާތަކީ ވެސް "ލޯ" ރިސްކުގެ ގޮތުގައި ދަރަޖަ ކުރާ ގައުމުތަކެވެ.

ސަލާމަތީ ގޮތުން އެންމެ ބޮޑު ނުރައްކަލެއް އޮތް ގައުމުތައް ކަމަށްވާ "އެކްސްޓްރީމް" ގެ އިންޒާރު ދީފައިވާ ގައުމުތައް މައިގަނޑު ގޮތެއްގައި އަންނަނީ އެފްރިކާ ނުވަތަ މެދުއިރުމަތީގެ ހިސާބުތަކަށެވެ. ޖުމްލަ 14 ގައުމެއް މި ލިސްޓުގައި ހިމެނޭއިރު އެއީ އަފްޣާނިސްތާން، ޔަމަން، ސޫރިޔާ، ލީބިޔާ، މާލީ، ސޯމާލިއާ، ދެކުނު ސޫދާން އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިތުރުން މޮޒަމްބީކް، ނައިޖީރިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔޫކްރެއިން، ޕާކިސްތާން، އިރާގް އަދި މިސްރުގެ ބައެއް ސަރަހައްދުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާނިވާއިން

    ފޭކް ލިސްޓެއް.

    15
    3
  2. އެންގްރީ ބާރޑް

    ކޮން ނުރައްކާތެރި ޤައުމުތަކެއް ލިސްޓު ކުރާކަށް..ތިހުރީ ހައްތަހާވެސް އެމެރިކާ އިސްވެ އޮވެ ނުރައްކާތެރި ޤައުމުތަކަކަށް ބަދަލު ކޮށްފަ ހުރި ޤައުމުތައް..އެހެން މީހުންގެ ދުލަށް ދަމަން ނޫޅެ...

    26
    2
    • ފަހި

      އެންމެ އަމާން ގައުމުގެ ލިސްޓުތައް އެއީ ޓްރިޕެއް ޖައްސާލަން ވީނު.

  3. އައިސަ

    ބޭނުންވަނީ މެދު އިރުމައްޗާ މީހަކު ވައި ވެސް ނޭލޭހައި އެތަންތަން ނުރައްކާތެރިކަމަށް ދައްކުވަން. އެއީ އެތަންތާ މުސްލިމުން ގިނަވީމަ ޒަޔަނިސްޓުން މޭކަރާތީ

  4. މުބީނު މާރނީ

    ދޮގު މަޢުލޫމާތު! މިއީ ތެދެއް ކަމަށް ވަނީނަމަ ޔުކްރެއިން ގަ ތިބި ދިވެހި ކިޔަވާ ކުދިން ގެންނަން ވީނު. ޑޮކްޓަރުކަން ކިޔަވާ ކުދިން ވެސް ބައިވަރު ޔުކްރެއިން ގައި ތިބޭނެ.

  5. ފަގުޑި

    ރާއްޖޭގެ ނަން ތިޔާ ލިސްޓުގާނެތީ ކޮންހެނަކުންތޯ.... ސައްތައިން ސައްތަވާ ތަންކޮޅުތޯ؟؟!%$#

    3
    1
  6. އަހުމަދު

    ދުނިޔޭގަ ދަތުރުކުރަން މިހާރުހުރި ނުރއްކާ ގައުތަކަކީ
    އެމެރިކާ
    އިގިރސިިލާތް
    އިންޑިއާ
    ދިވެހިރާއްޖެ