މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ތަރައްގީ ކުރުމަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރު 64 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފިއިން ބުނުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެއްޖެއެވެ.

މިހާރުގެ ސައުދީ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒްގެ ވިސްނުންފުޅުގެ ދަށުން ޗައުދީ މޮޑާން ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިމާރިޗްމަހު ސައުދީގައި ވަނީ ސިނަމާއެއް ހުޅުވުމަށް ނިންމާފައެވެ. މިދިޔަ ޑިސެމްބަރު މަހު ވަނީ ސައުދީގައި ސިނަމާ ހިންގުމުގެ ހުއްދަ ދީފަ އެވެ

މީދިޔާ ރިޕޯޓްތަށް ބުނާ ގޮތުން މިއަހަރު އެކަނިވެސް މުނިފޫހި ފިލުވުމުގެ ފަސް ހާހަށްވުރެ ގިނަ އިވެންޓް ބޭއްވުމަށް ސައުދީން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 300 ސިނަމާ ސައުދީގައި ގާއިމްކުރުމެވެ. ސައުދި އަރަބިއްޔާއިން ބުނީ މިމަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް 24 މިލިއަން ޑޯލަރުގެ ފައިދާއެއް ލިބޭނެ ކަމަށް ޤަބޫލު ކުރާކަމަށާއި 30،000 ވަޒީފާގެ ފުރުސަތުވެސް އިތުރުވެގެން ދާނެ ކަމަށެވެ.

ސައުދީގެ ރަސްގެފާނު ދަނީ ސައުދި އަރިބިއްޔައަކީ "މޮޑާން " ގައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ސައުދީން ވަނީ ގިނަ ދޫތަކެއް ފަހަކަށް އައިސް ދޭންފަށާފައެވެ. މިގޮތުން މިދިޔަ މަހު ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ދީފަ އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމީދު

    ދެން ރާއްޖޭގަ އުޅޭ ސައުދީ ޝޭޙުން ބުނަން އޮތީ ކީކޭތޯ.. މީއުޒީކް ހަރާމް ވީއީރު
    ސައުދޫގަ ބޮޑު އަގުބޮޑު އޮޕެރާ ހޯލެއް އެހަދަނީ މަދަހަ ކީޔާކަށެއް ނޫން..

  2. ޖިންނި

    ކިތަންމެ ރޭވުމެއް ރޭވިޔަސް އިބްނު ސުޢޫދުގެ ވަބާއިން އިސްލާމީ އުއްމަތް ސަލާމަތްވުން ވ ގާތްވެއްޖެ - އިންޝާﷲ -