ފާއިތުވެދިޔަ ދެ ދުވަހު އިންޑިއާގެ މައި ސިޓީކަަމަށްވާ ދިއްލީީގައި ކޮވިޑް-19 އަށް ފައްސިވާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގައި ރޭގަނޑު ގަޑީގައި ކާފިއު ހިންގަން ނިންމައިފިއެވެ.

ކޮވިޑާއި ގުޅިގެން އެ ސިޓީގައި ރީނދޫ ސަމާލު ވަނީ ނެރެފައެވެ. މިއާއެކު މިއަދު މެންދުރު 3:00 ޖެހިއިރު ފިޔަވަޅުތައް އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ދިއްލީގައި 50 އިންސައްތަ މޯލްތައް ފިހާރަތައް ހުޅުވަން ހުއްދަ ދީފައިވާއިރު، ކައިވެނި ޕާޓީތައް ބޭއްވޭނީ 20 މީހުންނާއި އެކުގަައެވެ.

އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، އޮފީސްތަކާއި، ބޭންކްތައް ހިންގޭނީ 50 އިންސައްތަ މުވައްޒަފުންނާއި އެކުގައި ކަމަށް ބުނެފައި ވެެއެވެ. އަދި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10:00 ޖަހަންދެންނެވެ.

ދިއްލީގައި މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިިރު، އެއް ދުވަސް ތެރޭގައި އެ ސިޓީގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ހަ މަސް ފަހުން އާ ރެކޯޑެއް ހަދާފައެވެ. އެގޮތުން އިއްޔެ 331 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު