އެމެރިކާގެ އަވަށްތަކެއްގައި އަލިފާން ރޯވެ، އެތައް ހާސް ބަޔަކު މަރުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް ދާންޖެހިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ކޮލޮރާޑޯގެ އުތުރުގައި އޮންނަ އަވަށްތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ހިސާބުތަކަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާނުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދާން ދަތުރު ފަށާފައެވެ. ނަމަވެސް ބައެއް މީހުން އަލިފާންގަނޑު އަވަށްތަކަށް ފެތުރިގަތް އިރުވެސް އަވަށުން ބޭރަށް ނުނިކުމެވި ތާށިވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ރައްކާތެރި ސަރަހައްދުތަކަށް ނުދެވި ތާށިވެފައި ތިބި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ސަބަބުން މުޅި ފަޒާ ވަނީ ނުސާފު ވެފައެވެ. ގިނަ ބަޔަކު އެއްފަހަރާ އަވަށްތައް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދަތުރު ފެށުމުން މަގުތަކަށް ވެސް ވަނީ ބާރު ބޮޑުވެފައެވެ.

ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބުނާ ގޮތުގައި ހޫނު ގަދަވުމުގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން ވެސް އަލިފާން ނިއްވުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

https://twitter.com/KnitsRose/status/1476652161433944064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1476652161433944064%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.rt.com%2Fnews%2F544862-colorado-wild-fires-evacuations%2F

އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެ އެތައް ބަޔަކަށް ނުރައްކާ ބޮޑުވެފައި ވާއިރު މީގެ ކުރިން އެންމެ އާއްމުކޮށް އަލިފާން ރޯވާ ސަރަހައްދު ކަމަށްވާ ކެލިފޯނިއާއަށް މިހާރު އަންނަނީ އާދަޔާއި ހިލާފަށް ބޯކޮށް ސްނޯ ފައިބަމުންނެވެ. މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއަހަރަކީ ކެލިފޯނިއާ އަށް ތާރީޚްގައި ވެސް އެންމެ ގިނަ އަދަދަކަށް ސްނޯ ފައިބާނެ އަހަރަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެމެރިކާގެ ނުބައިކަން ދުނިޔޭގެ އެންމެނަށް ބޮޑުވެ އެއްވެސް ބަޔަކަށް އެކަން ކޮންޓްރޯލްނުވީމާ، ތިޔައީ މާތް ﷲ އެމެރިކާގެ މައްޗަށް ލައްވާ ކޯފާތަކެކެވެ. އެކަލާނގެ އިރާދަފުޅާއެކު 2022 ވަނަ އަހަރަކީ އެމެރިކާއަށް ބޮޑެތި ކޯފާތަކެއް ލައްވާނެ އަހަރެއް ކަމުގައި ވާނެއެވެ. އެމެރިކާއާއި އިންޑިއާގެ އަނިޔާވެރިކަމުން އެކަލާނގެ އަޅަމެން ސަލާމަތްކުރައްވާށިއެވެ.

    11
    • ނަން

      އެކަލާނގެ އިރާދަފުޅާއެކު އެމެރިކާއާއި އިންޑިއާގެ މީހުނައް ހެއޮ ވިސްނުން ދެއްވާ މުސްލިމް ވާނެ

  2. ރަން ރީނދޫ

    ކަރްމާ އެޓް ވޯކް.މީިހުންގެ ގެދޮރަށް ބޮން އަޅާ އަންދާލާފަ،ހިތްހަމަޖެހުން ނުލިބުނު ތާ ދޯ

  3. އަލްޖިބްރާ

    އެމެރިކާއަށް އަދިވެސް ވާވަރު ކުޑަ !