މިރެއަކީ މީލާދީ އާ އަހަރު ފާހަގަ ކުރާ ދުވަސް ކަމަށްވާއިރު، ދުނިޔޭގެ ބޮޑެތި ސިޓީތަކުން އަންނަނީ މި ދުވަސް ފާހަގަ ކުރުމަށް ބޮޑެތި ހަރަކާތްތަކެއް ބޭއްވުމަށް މަހެއްހާ ދުވަސް ކުރިން ތައްޔާރީތައް ވާން ފަށާފައެވެ.

ބޮޑެތި ގައުމުތަކުގައި އާ އަހަރު ފާހަގަ ކުރަން ތައްޔާރީތައް ވަމުން އައި ނަމަވެސް ކޮވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން މިސިޓީތަކުގެ ތެރެއިން ބައެއް ސިޓީތައް ވަނީ އެކުޅިވަރުތައް ނުބާއްވާނެކަން ހާމަ ކޮށްފައެވެ.

އެމެރިކާގެ މެޑިކަލް އެޑްވައިސަރ ޑރ. އެންތޮނީ ފައުސީ ބުނެފައިވަނީ އާ ވޭރިއެންޓް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެއްވެސް ގައުމެއްގައި އެފަދަ ކުޅިވަރުތައް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އާ އަހަރުގެ އިވެންޓްތައް ކެންސަލް ކުރި ބައެއް ސިޓީތައް:

ގްރީސްގެ ކެޕިޓަލް އެތެންސް: ގްރީސްގެ ހެލްތް މިނިސްޓްރަ ތޭނޮސް ޕްލެވްރިސް ބުނެފައިވަނީ އޮމިކްރޮންގެ ސަބަބުން މިއަހަރު ފާހަގަ ކުރަން ނިންމާފައިވާ ހުރިހާ ކުޅިވަރުތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ޖޯޖިއާގެ ސިޓީއެއް ކަމަށްވާ އެޓްލާންޓާ: އެޓްލާންޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް ކެންސަލް ކޮށްފައިވަނީ އެގައުމުގައި އަނެއްކާ ވެސް ކޮވިޑްގެ ވޭދަނަތައް އިތުރުވާން ފެށުމާއި ގުޅިގެންނެވެ.

ޖަރުމަންވިލާތުގެ ވެރިރަށް ބާލިން: ބާލިންގެ އާ އަހަރުގެ އިވެންޓްތައް ކެންސަލް ކޮށްފައިވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނާތީ އެގައުމުގައި ހަރުކަށި ފިޔަވަޅު އެޅުމާއި ގުޅިގެންނެވެ.

މި ސިޓީތަކުގެ އިތުރުން އާ އަހަރުގެ އިވެންޓްތައް ކެންސަލް ކޮށްފައިވަނީ އެޑިންބާގް، ލަންޑަން، ނިއުދިއްލީ، ޕެރިސްގެ އިތުރުން ރޯމް އެވެ.