އެސްޓްރާޒެނިކާ ވެކްސިނުން 20 ހަފްތާއަށް ފަހު ކޮވިޑް-19 އަށް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ އިން ދައްކާފައިވާ ގޮތުގައި ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނުން ވެސް ވެކްސިން ފުރިހަމަ ކުރާތާ 20 ހަފްތާއަށް ފަހު ލިބޭ ރައްކާތެރިކަން އެންމެ %10 އަށް ވެއްޓޭނެއެވެ.

މި ދިރާސާގެ މައުލޫމާތު އިޢުލާން ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުންނެވެ.

އިނގިރޭސިވިލާތުގެ ހެލްތު އެންޑް ސެކިއުރިޓީ އެޖެންސީން އާއްމުކުރި މައުލޫމާތުތައް ބުނާ ގޮތުގައި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑް ވައިރަހުން ރައްކާތެރި ކޮށްދޭ މިންވަރު 20 ހަފްތާއަށް ފަހު ދަށަށް ދިޔަ ނަމަވެސް ވެކްސިންގެ ބޫސްޓާ ޝޮޓެއް ނުވަތަ ތިން ވަނަ ޑޯޒެއް ޖެހުމުން ކޮވިޑުން ރައްކާތެރި ވެވޭ މިންވަރު މައްޗަށް ދެއެވެ.

ތިން ވަނަ ޑޯޒަށް ފަހު ކޮވިޑުން ރައްކާތެރި ކޮށްދޭ މިންވަރު %81 އަށް އިތުރުވާ ކަމަށް ދިރާސާ އިން ވަނީ ދައްކާފައެވެ.

މިރޭ އާއްމު ކުރި ދިރާސާ އިން އިތުރަށް ދައްކާފައިވާ ގޮތުގައި ޑެލްޓަރ ވޭރިއަންޓަށް ވުރެ އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މިންވަރު މަދެވެ. މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ޑެލްޓަރ ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދަށްވުރެ އޮމިކްރޮން ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުވެއެވެ.

ދިރާސާގެ އިތުރު މައުލޫމާތައް ބަލާއިރު ވެކްސިން ނުޖަހާ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ވަރަށް ހާލަތު ގޯސްވުމުގެ އަށް ގުނަ ފުރުސަތެއް އެބައޮތެވެ.

އިނގިރޭސިވިލާތުން ބުނާ ގޮތުގައި 20 ހަފްތާއަށް ފަހު ވެކްސިންގެ އަސަރު ކުރާ މިންވަރު ދަށަށް ދާކަން ފާހަގަ ވުމުން މިހާރު ކަށަވަރުވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކުރިން ލަފާކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 🤔🤔🤔

    ދެން ކީއްކުރަން ބޭކާރުން ޖެހިއެއްޗެއް

  2. Thank

    ބޭނުމެއް ނެތް