ކޮވިޑް-19 ގެ ސަބަބުން ފުރަބަންދު ކޮށްފައިވާ ޗައިނާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޒިއާންގައި ދިރިއުޅެމުންދާ މީހުންގެ ގެތަކުގައި ބޭނުންވާ ވަރަށް ކާބޯތަކެތި ނެތްކަމަށް ބުނެ އާދޭސް ކުރަން ފަށައިފިއެެވެ.

އެ ސިޓީގައި ކޮވިޑް ހުއްޓުވުމަކަށް ގެނެއުމަށްޓަކައި 13 މިލިއަން މީހުން ގޭގައި ތިބުމަށް އަންގާފައި ވެއެވެ. އެހެން ނަމަވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެއެވެ. އެ ސިޓީ ބަންދުކޮށްފައި އޮންނަތާ ނުވަ ދުވަސް ވަެއްޖެއވެެ.

ސަރުކާރުން އެހީގެ ތަކެތި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ބަޔަކު ހަމަޖައްސާފައިވީނަމަވެސް މީސްމީޑިއާގައި ގިނަ ރައްޔިތުން ދަނީ އެމީހުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ހުސްވަމުން ދާކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ފުރަބަންދުކޮށްފައިވާ އެ ސިޓީގައި ކާބޯތެއްޗާއި ޒަރޫރޫ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުގައިޓަކައި ކޮންމެ ގޭބީސީއަކުން އެކަކަށް ބޭރަށް ދެވޭ ގޮތް ހަމަޖައްސާފައި ވެއެވެ. ނަމަވެސް މިދިޔަ ހޯމަ ދަވަހު ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައި ވެއެވެ. މިހާރު ކޮވިޑް ޓެސްޓް ހެދުން ފިޔަވައި އެހެން ކަންތައްތައް ކުރުމަށްޓަކައި ރައްޔިތުން ބޭރަތް ދިއުން ވަނީ އެ ސިޓީގައި މަނާ ކޮށްފައެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެނިގެންގޮސްފައިވަނީ ޒިޔާންގައި ކާބޯތަކެތި މަދު ކަމަށް ބުނެ ފުލުހުންނާއި މީހުން ޒުވާބު ކުރަމުންދާ މަންޒަރެވެ.

ވީޑިއޯގައި މީހަކު ކަމާބެހޭ ފަރާތްތަކަށް އޭނާގެ އާއިލާގައި ކާބޯތަކެތި އެއްކޮށް ހުސްވެފައިވާ ވާހަކަ ބުނެއެވެ. އަދި އަންހެނަކު އެމީހުން ފުރަބަންދުކޮށްފައި ގޭގައި ތިބޭތާ 13 ދުވަސް ވީ ކަމުގައި ބުނާ އަޑުވެސް އިވިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު